ދިވެހިންނަށް ޔޫޕީއައި ބޭނުންކުރެވޭ ގޮތް ވުމުން އިންޑިއާގައި ދިވެހިންނަށް ވެސް އެ ގައުމުގެ ރަސްމީ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް، ނަގުދު ފައިސާ ބޭނުން ނުކޮށް މުއާމަލާތް ކުރެވޭނެ
އިންޑިއާގެ ޔޫޕީއައި ބޭނުންކޮށްގެން ފައިސާ ދެއްކޭ އެކި ހިދުމަތްތަކުގެ ކިއުއާރްކޯޑުތައް އިންޑިއާގެ ފިހާރައެއްގެ ކައުންޓަރުމަތީ ބަހައްޓާފައި: ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން މި ހިދުމަތް ދިވެހިންނަށް އިންޑިއާގައި ވެސް ބޭނުންކުރެވޭނެ. -- ފޮޓޯ: ޓެކްކްރަންޗް
25 ޖުލައި 2025 - 20:15
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނީ މި އެއްބަސްވުމާ އެކު، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހިވާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ އެވެ. މިއާ އެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާ އެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާ އެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ." އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ އެ ބޭންކުގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ވެސް ހަދައިފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މިއީ އެމްއެމްއޭ އިން ކުރިޔަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލައި ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ މަސައްކަތުގެ ބައެކެވެ. މަގްސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށް، މާލީ ބައިވެރިވުން އިތުރު ކުރުމާއި ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލައި ހިދުމަތްތައް ތައާރަފް ކުރުމަށް ރާވާފައިވަނީ އެމްއެމްއޭ އިން ބުނި ގޮތުގައި ދެމަރުހަލާއަކަށް ބަހާލައިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ އެވެ. މިއާ އެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާ އެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާ އެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ." އެމްއެމްއޭ
ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމް އަންނަ އަހަރުގެ ކުރީކޮޅު ހަމަޖައްސާނެ އެވެ. އަދި ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހިވާނެ އެވެ.
މި ޚިދުމަތުގައި ކޮންމެ ގައުމަކުން ވެސް ބޭނުންކުރާނީ އެ ގައުމެއްގެ އަމިއްލަ ފައިސާ އެވެ. މާނަ އަކީ، ދިވެހިން އިންޑިއާގައި ހަރަދުކުރުމަށް އެމެރިކާ ޑޮލަރު ހޯދަން ނުޖެހި އިންޑިއާ ރުޕީސް އިން މުއާމަލާތްކުރެވުމެވެ. އަދި އިންޑިއާ މީހުންނަށް ރާއްޖޭގައި ދިވެހި ރުފިޔާއިން މުއަމާލާތުކުރެވޭނެ ގޮތް ހަމަޖެހުމެވެ.
އެންއައިޕީއެލް އިން ސިންގަޕޫރު، ސްރީ ލަންކާ އަދި ނޭޕާލް ފަދަ ގައުމުތަކުން މިހާރު ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ހިދުމަތްތައް ވަނީ ތައާރަފްކޮށްފަ އެވެ.
އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތް އަވަސްކުރުމަށް "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ކުންފުނި ވެގެންދާނީ މަރުކަޒީ ބޭންކުން ބުނި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތަށެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާ އެއްގޮތަށް ތަރައްގީކުރުމުގެ މި މޮޑެލްއަކީ ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ ފަދަ އެތައް ގައުމެއްގައި ކާމިޔާބުކަމާ އެކު ތަންފީޒުކޮށްފައިވާ މޮޑެލް އެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭ އިން ކުރާ މަސައްކަތްތަކުގައި ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގްސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މިހެން ހެދުމުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެ ގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގުވާމީ މުއާމަލާތްތައް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހައިލު
27 July 2025
ދިވެހިން ޓެމޫއިން ވިޔަފާރިކުރާތީ ޑޮލަރު ބޭރުވަނީ އޭ ކިޔާފަ ހުއްޓުވީ މިހާރު އިނޑިޔާ މީހުންނައް ތިޔަލިބޭނީ ބެންކުޜޭޓައް ޑޮލަރު ދިވެހިން ނަައް ބޮޑުއަގުގަ
ނަރުދުރަން މުހައްމައިދީ
26 July 2025
ތީގެން ފައިދާ ވާނީ ރާއްޖޭގެ ބޭންކް ގައި އެކައުންޓް ހުޅުވައިގެން އުޅޭ އިންޑިއާ ރައްޔިތުންނަށް. ނޫނީ އިންޑިއާގައި އުޅޭ މީހުންނަށް. އިންޑިއާގެ އެމޭޒަން، ފްލިޕްކާޓް، ސްނެޕްޑީލް އަދި އެހެންވެސް އޮންލައިން ތަންތަނުން ރާއްޖެއަށް ޑެލިވަރީ ނުކުރޭ.
އަހްމަދުު
26 July 2025
ވަރަށް މުހިއްމު މި ހިދުމަތް މެލޭޝިޔާއާއި އެކު ހަދަންވެސް. ޢެކްސްޗޭންޖް ރޭޓް ބމލ ބޭނުންހާ ގޮތަކަށް ނުކުޅުނިއްޔާ ވަރަށް ރަނަގަޅު ސާރވިސްއަކަށް ވާނެ.
ނާޑުވާ
26 July 2025
ވިސްނާ ފިކުރުކުރާބަޔަކަށް އެނގޭނެ މުސަތަޤްބަލުގައި ވެގެންދާނެ ގޮތް. 100 ޑޮލަރު ހުފައިގެން ދިޔައިމަ 9000 ރުޕީސް ލިބޭނެ. ޢެކަމަކު ފަވަރައިން 9000 ރުޕީސްގެ ވިޔަފާރި ކުރީމަ ނުވަތަ ޓްރާންސްފަރ ހެދީމަ 2500 ދިވެހިރުފިޔާ އެކައުންޓް އިން ކަނޑާލާނެ. އޭރުން ޑޮލަރަކަށް 25 ދިވެހި ރުފިޔާ ޖެހުނީ. މިހާރުވެސް ޕޭޕަލް ކަހަލަ ޕޭމެންޓް ގޭޓްވޭއިން ޑަލަރު ފިޔަވާ އެހެން ކަރަންސީއަކުން ޕޭމެންޓެއް ހަދައިފނަމަ ރޭޓް އިންނަނީ އަރާ މަފިފަޑީގަ ޖެހިފަ
އެނދިމަރިޔަނބު
26 July 2025
ޔޫޕީއައި ރަނގަޅަށް ނޭނގޭމީހަކު ކޮށްފައިވާ ކޮމެންޓެއް.
އެކައުންޓެންޓް
25 July 2025
އެހެންވީމާ، މިކަމަކީ ސަރުކާރުން ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމުގައި ވާނަމަ، އެމްއެމްއޭ އިން ޔޫއެސް ޑޮލަރަށް ޕެގްކޮށް ދެން ހުރިހާ ކަރަންސީތަކެއްގެ ރޭޓް ބޭންކު ތަކުން ކަނޑައަޅަން ދޫކޮށްލުމުގެ ބަދަލުގައި އައިއެންއާރް ގެ ރޭޓު ވެސް އެމްއެމްއޭއިން ކަނޑައެޅުން ވަރަށް މުހިންމު. އެހެންނޫންނަމަ މިވަނީ ކިހިނެއްކަން ރައްޔިތުންނަށް އިނގޭ ހިސާބުން ތި މުހިންމު ނިޒާމުގެ އިތުބާރާއި ބޭނުން ގެއްލިގެން ދާނެ.
އެކައުންޓެންޓް
25 July 2025
ބީއެމްއެލް އަށް ޔޫއެސްޑީ ފިޔަވާ އެހެން ކަރަންސީތަކުގެ ރޭޓް ކަނޑައަޅަން ދޫކޮށްލާފަ އޮވެގެން މިއީ އާންމުންނަށް އެއްވެސް ކުރިއެރުމަކަށް ނުވާނެ. މިހާރު ވެސް ޔުއާން، ލީރާ ފަދަ ކަރަންސީއަކުން ބީއެމްއެލް ކާޑުން ހަދާ ޕޭމަންޓުތައް ކަނޑާލަނީ ބީއެމްއެލް އިން ހިތުހުރި ރޭޓެއްގައި. ބީއެމްއެލް ފޮރެކްސް ރޭޓް ޕެގްކޮށްފައި އިންނަނީ ޑޮލަރާ. މިއަދު ރުޕީސްގެ ރޭޓަކީ ޑޮަލަރަކަށް 70 ރުޕީސްކަމަށް ބީއެމްއެލް އިން ކަނޑައަޅާފިނަމަ އެޖެހެނީ އަސްލު ރޭޓޫންނަމަ 1.5 ޑޮލަރު.
އަފްރާސިޔާބު
27 July 2025
ޑޮލަރެއް ބޭނުމެއްނުވާނެ އެމެރިކާއިން އެއްޗެއްގނެންނަ ބަޔަކަށް ނޫނިއްޔާ 2028 ގެ ފަހުން. އެހެންވީމާ ޑޮލަރަށް ޑިޕެންޑްވާކަށް ނުޖެހޭނެ. މިހާރު މިދާ ރޭޓުން ބަލަންޏާ 2030 ގައި އެމެރިކާގައި އެކަނި އެމެރިކާ ޑޮލަރު ބޭނުންކުރާނީ.
ސްޓަރސް
25 July 2025
ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވާރޗުއަލް ޓްރާންސެކްޝަން އެއް ބޭންކް އިން އަނެއް ބޭންކަށް ކުރާ މުއާމަލާތް އޯއް އޯއް އެގިގެންދަނީ އެއީ ގުދުރަތީ ނިޒާމުގެ ތެރޭން އުފައްދަވާފައިވާ ކޮމިއުނިކޭޝަން ސިސްޓަމް ގެ ބޭނުން އިންސާނުން ދުނިޔޭގައި ބޭނުން ކުރަމުންދާ ތަނޭ އޯއް ވިސްނާ މީހުންނޭ ފިކުރުކުރާށޭ އެއް ކަރަންސީ އެއް ދުނިޔެ ގަވަރން ކުރަން އެމެރިކާ އިން އުފެއްދުން އެއީ ނުބައި ކަން ދަނީ އަދު ފަޅާއަރަމުންނޭ އޯއް ލެޓް ދަ ރިދަމް ޓޭކް ޔޫ ޓު ދަ ސްޓާރސް ގޮނާ ލިވް އިން
ދަތްނެތް މިޔަރު ސައުދު އަލީ
25 July 2025
ސައުދުﷲ ހިލްމީ ހާލު ކިހިނެއް
އައްޕަ
25 July 2025
ދެން އިންޑިއާ ރުޕީސް މުއާމަލާތް ކުރުމަށްލިބޭނީ ކިހިނެއް. ހަމަ ޑޮލަރ އެކްސްޗޭންޖު ކުރަންޖެހޭނީ. މުޅި ސައުތު އޭޝިޔާގައި އެއްފައިސާއެއް ބޭނުން ކޮއްގެން ނޫނީ އެދެވޭ ހައްލެއް ނާންނާނެ
ކަކުނިބޯ
25 July 2025
ޢަހަރެންވެސް ފައިސާއިންޑިޔާއަށް ފޮނުވައިދީފާނަން އިންޑިޔާއަށް ފޮނުވާ ކޮންމެ 85ރުޕީސްއަކަށް 25ރ ދިނީމާ އޭރުން އަހަރެން ޑޮލަރ ގަނެލާފާ ފޮނުވާލަދޭނީ ތިބޭފުޅުން ޑޮލަރ ގަންނާކަށް ނުޖެހޭނެ ސަޅިދޯ