ކުރީގެ އުއްތަނަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް މުއިއްޒު މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2025 - 09:41
ޝަރުއީ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާން ދައުލަތުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި، އުއްތަމަފަނޑިޔާރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު ރިޓަޔާ ކުރެއްވި މުއުތަސިމަށް "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު" އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ލަގަބު އެރުއްވީ، ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމާއި ޝަރުއީ ދާއިރާގެ ކަންކަމާއި ޝަރުއީ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ނިންމެވުން ހަރުދަނާ ކުރުމާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކަންކަމުގައި ގާނޫނި ގޮތުން ދޭންޖެހޭ ލަފާ ދެއްވުމާއި އެ ރޮނގުރޮނގުން މުއުތަސިމު ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށެވެ.
މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާ އެކު، ރިޓަޔާވެ ވަޑައިގެންނެވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު ހާސިލް ކުރެއްވުމަށް ފަހު، މުއުތަސިމް އަދި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމު އައްޔަންކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުން#Minivan60 pic.twitter.com/JRjLoOzdvZ
— The President's Office (@presidencymv) July 27, 2025
މުއުތަސިމު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، ފެބްރުއަރީ 19، 1983 ގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުންނެވެ. އޭގެ ފަހުން، އެ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވައި ޝަރުއީ ދާއިރާއަށް ނުކުމެވަޑައިގަތެވެ.
އެ މަނިކުފާނު ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓާ އޮފް ފިލޯސޮފީ ހާސިލްކުރައްވައި އަދި ދަ ހޭގް އެކެޑަމީ އޮފް އިންޓަނޭޝަނަލް ލޯގައި ޕަބްލިކް އިންޓަނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
28 July 2025
މިބޭފުޅާއަށް މިވަރުގެ އިއްޒަތެއް ހައްގެއް ނޫން. ވިސްނާ ވިސްނާ ނޭގުނު މިއިއްޒަތް މިބޭފުޅާ އަށް އެރުވި ސަބަބެއް.
އޮނަރަބްލް ބަކުރުބޭގެ އަފީފު ބެއްޔާ
27 July 2025
އަދުލްވެރިކަމާއި އިންސާފު ކުރުމާއި ގާނޫނު އަސާސީއަށް ރައްދުކުރި މަލާމާތެއް
ޢިބޫ
27 July 2025
ހަމައެކަނި މަގާމު ވިއްކާލުމުގެ އިނާމު.
ކޮރަލް
27 July 2025
ރިޓަޔަރ ކުރާ ގިނަ ބަޔަކަށް ސިޔާސީ ބޮޑެތި މަގާމް ތައް ދީ ބޮޑު މުސާރަ އަކާ އެކު ރިޓަޔަމަންޓް ގެ ވެސް ބޮޑު އަދަދެއް ދަނީ ލިބެމުންނެވެ. މިއީ އިސްރާފެކެވެ. ރިޓަޔަރ ކުރާ މީޙުންނަށް ސިޔާސީ މަގާމް ދޭނެ ކަމެއް ނެތެވެ.
ބޮރަލްސް
27 July 2025
ރިތަޔާ ކުރާ މީހުން ގެންގޮސް ތިލަފުއްޓަށް އެއްލާލަންވީދޯ؟ އެއްވެސް ކަމެއް ނުކޮށް ހޮޅުއަށީގައި އަނގަތަޅަން ތިބި މީހުންނަށް ހިލޭ ބޭސްފަރުކޮށްދީ އަދި 5000 ރުފިޔާގެ އެލެވެންސް އެއްދީ މޫނުގައި ފުށްޖަހާދީ ހަދަންވީދޯ؟
ބޮރަލްސް މަދަރ
27 July 2025
ޑިއަރ ބޮރަލްސް، ދެޓް އިސް ދަ އައިޑިއާ އޮފް ރިޓަޔަމަންޓް.
ސައްކެޔޮބަގީޗާ
27 July 2025
ޝަރުއީ ދާއިރާއިން މީހުން ބިނާކުރި މީހެކޭ? ކީކޭ ދެން ބުނާނީވެސް. ނައީމް ގާޒީ ކައިރި އަހާލާ މުއުތަސިމް މީހުން ބިނާކުރި ހެއްޔޭ. ރީތި ޖަވާބެއް ލިބޭނެ
ޓިނު
27 July 2025
ވެރިކަން ނިމުމުގެކުރިން ޕާޓީގެ ހުރިހާ މީހުންނަށް ތިސަރުފު ދޭންވާނެ؟
ސުހާބާ
28 July 2025
ޤާސިމާއި މުޢުތަޞިމާއި ޞާބިރާއި ސަލީމަކީ ޕީޕީއެމަށް ނުވަތަ ޕީއެންސީއަށް އެއް އިރަކުވެސް ތާއީދުކުރި ބަޔެއް ނޫން. ޤާސިމް ފިޔަވައި އަނެއް 3 މީހުންނަކީ އެމްޑީޕީއަށް ތާއީދުކުރަމުން ދިޔަ 3 މީހުން. ޤާސިމަކީ އަމިއްލަ ޕާޓީއެއް ހަދައިގެން އެންމެފަހުގެ ރިޔާސީ ކެމްޕެއިނުގައި މުޢިއްޒާ ދިމާއަށް އެއްޗެހި ގޮވި މީހެއް. މުޢިއްޒު ގެ އެޅީވެސް ދައުލަތުން ވައްކަން ކޮށްގެންނޭވެސް ބުނި.
ޝެލަރީ
27 July 2025
މި ބޭފުޅާގެ އިހްލާތެރިކަމެއްހުރިނަމަ ހުސްނުއްސުއޫދު އާ އެކު އިސްތިއުފާދޭންޖެހޭ ބޭފުޅެއް
ސަސި
27 July 2025
ހުރިހާ އެއްޗެއްވެސް އަރުވަންވީ، އަގުވަޒަން ކުރުމަކީ ނެތް ކަމެއް ނޫންދޯ
އ އަހްމަދު
27 July 2025
މިއީ އުއްތަމަފަނޑިޔާރު އިސްވެހުންނަވައިގެން ރައީސް ޔާމީން އެކަހެރިކޮށްދެއްވި ދެއްވުމަށް މުއްތަސިމްއަށް ދެއްވި ހަދިޔާއެއް އުއްތަމަފަނޑިޔާރުކަމުން އިސްތިޢުފާދެއްވީމަ ނޫންނޫން މަޑުކުރައްވާ ޕެކޭޖަކާއެކު ވަޑައިގަންނަވާށޭވިދާޅުވެފަ ދެއްވި ހަދިޔާއެއް
ބަބްސް
27 July 2025
ބައެއް މީހުންނަށް އިއްޒަތްޖެހެނީ އަރުވަން ، އަނެއްބަޔަކަށް އިއްޒަތް ދެނީ ރަށްޔިތުން ހިތުން ރުހުމުން.