ރައީސް މުއިއްޒު، ލަންކާގެ ރައީސް ޑިސަނަޔަކެ އަށް ވެލާނާ އިންޓަނޭޝަނަކް އެއާޕޯޓުން މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
28 ޖުލައި 2025 - 08:32
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގެންފި އެވެ.
ޑިސަނަޔަކެ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސެނަޔަކެ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މި އަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
ރައީސް މުއިއްޒާއި ލަންކާގެ ރައީސް ޑިސަނޔަކެ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ދުވަހުގެ އެ ދަތުރުފުޅުގައި ދެ ގައުމުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، ލަންކާގެ ރައީސް ޑިސަނަޔަކެގެ ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ އެވެ.
ލަންކާގެ ރައީސަށް މަރުހަބާ ދަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުށަހެޅި ހަރަކާތެއް އެ މަނިކުފާނާއި ރައީސް މުއިއްޒު ބައްލަވައިލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޑިސަނަޔަކެ އަށް ރަސްމީކޮށް ރާއްޖެ އިން މަރުހަބާ ދެންނެވުން އޮންނާ މިއަދުގެ މެންދުރުފަހު ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެމްއޯޔޫތަކެއްގައި ސޮއިކުރުން އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުމްތާޒް.
29 July 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް މިގައުމުގެ ކަންކަން އެހެން ލެވެލްއަކަށް ގެންދާނެޔޭ. މިކަންކަން އިތުރު ކުރަން ޖެހޭ. މިގައުމު ކުރިޔަށް ދާނީ އޭރަށް..
ސިއްބަތް އަޒީޒް
29 July 2025
މަރުހަބާ ރައްޔިތުން. މީ އުފާކުރަން ޖެހޭ ކަމެއް.
މިގްދާދްް
28 July 2025
ދިވެހިންގެ ވިސްނުން ހާދަ ކޮށްޓޭ ހިތަށް އަރާ. ލަންކާ ރައީސް ރާއްޖެ އައުން އެއީ ރާއްޖެއަށް ލިބޭނެ ފަހުރަކަށް ނުވޭތޯ. އެމީހެއްގެ އަތުން އެއްޗެއް ލިބެންޏާ އެކަނިތަ ފަހުރަކަށް ވަނީ.
އަސްލަންޓެ
28 July 2025
ލަންކާގެ އިގްތިސޯދް ގޯސްކޮށް އޮތުމަކީ މިއަދު އަހަރެެމެން ލަންކާ ބާކީ ކޮށްފަ އެއްލާލަންވީ ސަަބަބެއްނޫން. އެމީހުން އެންމެ ހާލުގަ ޖެހުނުދުވަހުވެސް ރައީސް މުއިއްޒު މި ދިއްކޮށްލަނީ ދެގައުމު އެކީ ކުރިޔަށް ދިޔުމަށް އެހީތެރިކަމުގެ އަތެއް. މިއީ މި ގައުމު ފަހުރުވެރިވާ ފަދަ ވެރިންނަކީ.
އައިމިނާ
28 July 2025
ލަންކާގެ ޙާލަތާއި ބައްދަލު ވާވަރުގެ ހެދުންކޮޅެއް އެހެންނޫންތޯ. މަރުޙަބާ!
އައިމިނާ
28 July 2025
ލަންކާގެ މިހާރުގެ ޙާލަތާއި ފެންވަރުގަ ހެދުންކޮޅު ތުރުކުރައްވައިގެން ހުންނެވިހެން ހީވޭ.
އެމެރިކާ.
28 July 2025
ޢެމްޑިޕީގެ ބޮލުރޮދި ކެޑިފަ ހުރި ގުރޫޕް ކޮމެންޓު ކުރަން ފެށީދޯ؟
މޮޔަނުގޮވާ
28 July 2025
ކަލޭމެނާ ދެކޮޅަށް އެއްޗެހި ބުނާ ކޮންމެ މީހަކީ އެމްޑީޕީ މީހެއްނޫން.
މޮޔަކަލޭގޮވާ
28 July 2025
އެމްޑީޕީއޭ ބުނީމަ ވަރުތިވަނީ. ދެކޮޅަށް ތިބީ ހަމަ ހުސް އެމްޑީޕީ މީހުން. އެހެން ހުރިހާ ރައްޔިތުން ތިބީ ނުލާހިކު ހިތްހަމަޖެހިގެން.
ހުނައިން
28 July 2025
ހުރިހާ ގައުމެއްގެ ލޯބި މި ރައީސް ހޯއްދަވާނެ. ޝުކުރިއްޔާ ރައީސް
ޖަނާބް
28 July 2025
ވަކި ގައުމަކާ ތަފާތެއް މި ރައީސް ނުކުރާނެ. ހުރިހާ ގައުމަކާ ވެސް ހަމަހަމަ. ސާބަހޭ ރައީސް
ސިޔާމް އަހްމަދު
28 July 2025
އަވައްޓެރި ގައުމުތަކާއި ދިވެހިރާއްޖެ މިވަނީ ފާއިތުވި ދެ ދައުރުގަ ގުޅުން ހީނަރުވެފަ. މި ފެންނަނީ ގުޅުން ރަނގަޅުވާތަން.