މާވަށުގައި މަރާލި މޫސަ: އޭނާގެ މަރުގެ ތުހުމަތުގައި އިބްރާހީމް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި.
30 ޖުލައި 2025 - 12:14
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވާލަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޫސަ 29، ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގު ކުރާ ޓީމުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ހަށިގަނޑު ބޭރަށް ފޮނުވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 10:10 ހާއިރު މޫސަގެ ކަރަށް ހަމަލާދިނީ، އެ ރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު މި ހަމަލާއާ ގުޅިގެން ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ތަހުގީގުކުރަން ހަމަ އެ ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވެ އެވެ.
މޫސަގެ މަރުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
މާވަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި މި މަރާ ގުޅިފައި ވަނީ މަސްތުވާތަކެއްޗެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ1
31 July 2025
އޮޓޮޕްސީ ހަދައި އުޅެނީ ވާނުވާ ނޭގޭ މަރުތަކުގައި، ކަނޑައެޅިގެން ގަސްދުގައި މީހަކު ވަޅިޖަހައިގެން މަރާލީމާ އޮޓޮޕްސީ ހެދުމުގެ ބޭނުމެއް އެބައޮތްބާ؟
ޒަކިއްޔާ އޮޓޮޕުސީ ނުހެދިއޭ
30 July 2025
އަސްލު އޮޓޮޕުސީ ހަދަން ޖެހޭ މީހުންގެ ނުހަދާ،،، ޙަދަން ނުޖެހޭ މީހުންގެ ހަދަނީ. ތިޔަ ސޮރު މަރާލި ގޮތް އެހާ ސާފުއިރު،، ކޮން އޮޓޮޕުސީއެއްތަ؟
ވެންގަބޯ
30 July 2025
ޕޯސްޓްމޯޓަމް ހެދުމަކީ ރާއްޖޭގައި ބޭނުން ކަމެއްނޫނެވެ ތީގެން ސަބަބުން އާއިލާއަށާއި މައްޔިތާއަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ އެބަ މަގޭ ނަޒަރުގައި 0 މެއްގެކަމެއްތީ ކުރަން ބޭކާރު ފައިސާތަކެއް ހަރަދުވަނީ ގާތިލް ފެނިއްޖެ ހަމަލާދިން ވަޅި ފެނިއްޖެ ކަރައްދިން ހަމަލާގައި އެޒުވާނާ ނިޔާވީ ދެން ކޮންކަމެއް ހޯދަން ތިއުޅެނީ ވަޅުލާންވީ އަވަހަށް ގާތިލަށް މަރުގެ އަދަބު ދިނުމަށް އަވަސް ކުރުމަށް ގޮވާލަން ދެން ނޭނގޭ މަގޭ ކަރައްކަން ވަޅިޖަހާނީ މަރަށް މަރުހިފާ އަވަސް
ވާންޗޯ
30 July 2025
ހަށިގަނޑު ފެޅުން އެއީ ހާދަ ނުރަކާ ކަމެއްކޭ
ޑރ ވާންޗޯ
31 July 2025
އާ ފަހަރެއްގަ މަރުވެސް ވެދާނެ.
އަދުހަލް
30 July 2025
ސާފު މައްސަލަތަކުގަ ދުނިޔޭގަ އޮޓޮޕްސީ ހަދާ އުޅޭތަ؟ ވާނުވާ ނޭންގޭ ގޮތަށް ހުންނަ މަރު ތަކުގަ އޮޓޮޕްސީ ހަދަނީ ދެނެގަތުމަށް މަރުގެ އަސްލު ކޮބާތޯ ބަލަން. އެކަމް ރާއްޖޭގެ ބަޔަކު ކުރިއްޔޭ ކިޔާފަ ކުރަން ޖެހޭ ކަމަކަށް ނުދެކެން ސަފުވާން ހުންނަ މައްސަލަތކުގަ! މައްޔިތާގެ ހަށިގަޑަށް އިތުރު ގެއްލުމެއް ނުދީ ވަޅުލުން އަވަސް ކުރުން ރަގަޅު ކަމަށް ދެކެން. އާއިލާއަސް ކެއްތެރިކަން ދެއްވުން އެދެން.
ޢަދުހަލު ބައްޕަ
30 July 2025
ދަރިފުޅާ ޢޮޓޮޕްސީ ހަދަންޖެހެނީ އޭނާ ކޯޓުގަ މިއަދު އިއުތިރާފްވެފަ މާދަމާ މުޅި މައްސަލައަށް އިންކާރުކޮށް ވަކީލްް އެއްގެ ވާތުފަތް ބަރުކޮށްލާނެތީވެ. އެހެންވެދާނެ ކަމަށް ބަލާފަ ހެކިއެއްކުރަން
ޢަދުހަލުގެ ބައްޕަގެ ބައްޕަ
30 July 2025
އޮޓޮޕްސީއިން ފެނޭތަ މަރާލީ ކާކުކަން؟ ލޮލުގެ ފުޓޭޖް ލިބޭތަ؟
ކާފަ އަދުހަލު
31 July 2025
ރިޕޯރޓް އޮންނާނެއެއް ދަރިފުޅާ އެ ހެދީމާ ފެންނަން
ލަބީބުގޭ ލަބޫބޫ
30 July 2025
އަަހަރެމެން ތިކަމަކާ މާކަ ފަރުވާލެއް ނެތް. ކުރެވޭ ހަމައެކަނި ސުވާލަކީ މިފަދަ ބޮޑެތި ކުއްވެރިން އާއްމުންގެތެރޭގަ މިނިވަންކަމާއެކު އުޅެވެނީ ކީއްވެތޯ؟
ދިވެހިން.
30 July 2025
މިވެސް ދިވެއްސެއް ދޯ.. ހާދަ ދެރައޭ..މަސްތުވުމަކީ ދެ ދުނިޔޭގެ ހަލާކު.. ދިރި ތިބީންނަށް ހެޔޮވިސްނުން ދެއްވާށި
ނާމްދި ކާނޫ
30 July 2025
ހަށިގަންޑު ބޭރު ގައުމަކަށް ނުގެންގޮސް އޯޓޮޕްސީ ރާއްޖޭގައި ހެދޭނަމަ ރަންގަޅުވީސް
ބަހަބަރު
30 July 2025
ދައުލަތުން އަދިބޭނުމެއް ނުވޭ .ޕޮލިސްގަ އެބަހުރި ކިޔަވާދީގެން ޑޮކްޓަރެއް ގެނެސްފަވެސް. ބުނެލީ ހަމަ.
م
30 July 2025
އޮޓޮޕްސީ ހަދަނީ ކީއްކުރަން؟ މަރުވިއިރު ހުރީ ޑްރަގްސްގަތޯ ބަލަން؟؟ ކިތައް ކުށް ކުރިތޯ ބަލަން؟
ާޕާންޑޭ
30 July 2025
އޮޓޮޕްސީ ނުހަދާ ތި ބޯކޮށި ނަމައެއް ނޫންތަ.
ސުޓައިލް ބުރޯ
30 July 2025
މިހާރުގެ ބައެއް ޒުވާނުންނަށް ރީތީ ކަށިކެޔޮގަހެއްހެން ނޫނީ ކުޅަނދުރު ހަތައެއްހެން ނޫނީ ދޫނި ހާއްޔެއްހެން ބޮލުގެ އިސްތަށިގަނޑު ހުރީމަ.