ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ ޝަމްހީދު މަޖިލިހުގައި ވާހަކަ ދައްކަވަނީ.
11 އޯގަސްޓް 2025 - 15:49
ދައުލަތުގެ މަސް ކުންފުނި މިފްކޯ އިން އެންސިސިސް މަސް ފެކްޓަރީއާ ހަވާލުވާން ނިންމާފައިވާއިރު، އެ މުއާމަލާތުގެ ކަންކަން އޮޑިޓް ކުރަން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ގޮވާލައްވައިފި އެވެ.
އެންސިސް އިން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ މަސް ފެކްޓަރީ މިފްކޯ އަށް "ލިބިގަތުމަށްޓަކައި" ދިރާސާއެއް ހަދާފައިވާ ކަމަށް މިފްކޯ އިން ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މިފްކޯ އިން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެންސިސްއާ އެކު އޭގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެންސިސް ކޭނަރީއާ ގުޅޭ މައުލޫމާތު:
● ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 އިގައި. މިއީ މާލެ ސަރަހައްދުގައި ހެދި މި ފަދަ ފުރަތަމަ ފެކްޓަރީ.
● އިންވެސްޓްމަންޓުގެ އަގު: 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)
● މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައިވޭ.
● ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭ.
● ސެޕްޓެމްބަރު 2023 ގައި ކޭނަރީ ބަންދުކުރުމާ ހަމައަށް 200 އެއްހާ މުވައްޒަފުން މަސައްކަތްކުރި. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުން.
● ކޭނަރީގެ ބިމުގެ ޖާގަ: 50،000 އަކަފޫޓު.
● ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެމްބަރު ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބަޖެޓު މިހާ ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއްގައި އެއީ ނިންމަންޖެހޭ ކަމެއްތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި މާޒީ އަށް ބަލާއިރު މިފްކޯއަކީ ވެސް ދައުލަތަށް ބޭނުންވާ ތަނެއްތޯ ބަލަން އޭނާ އެދިވަޑައިގަތެވެ.
ޝަމްހީދު ވިދާޅުވީ، އެންސިސް ކުންފުނި ގަންނަން ބޭނުންވާ ފައިސާ ހުރި ނަމަ ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ދޭންވީ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވިގޮތުގައި ބީލަމުގެ އުސޫލަށް ފައްތައިފި ނަމަ އަގުހެޔޮކޮށް ވެސް ފެކްޓަރީއެއް ލިބިދާނެ އެވެ.
ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ގާބިލްކަން ހުރި އެންސިސް ކޭނިން ފެކްޓަރީ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރު ނުކޮށް ހުރިހާ ބާވަތަކުން އެކި ރަހަތައް އެކުލަވާލައިގެން މަސްދަޅާއި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުން ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ތެލާއި ފެނުގައި ބަންދުކުރާ ދަޅުމަހާއި ޗިލީ ސޯސް އާއި ސަން ފްލާވާ އޮއިލްގައި ބަންދުކުރާ ދަޅު މަސް ވެސް ހިމެނެ އެވެ.
ދުއިސައްތައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އައި އެންސިސްގެ ކޭނަރީ ސެޕްޓެމްބަރު 2023 ގައި ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ.
އެހާ ހިސާބާ ޖެހެންދެން ރާއްޖޭގައި އެންމެ ފުޅާކޮށް މަސް ގަންނަމުން އައި އަމިއްލަ ކުންފުނި, އެންސިސް ފިޝަރީޒްގެ ޑިރެކްޓަރު އަބްދުލް ވާހިދު އެ ދުވަސްވަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، މަސްވެރިންގެ އަތުން ކަނޑު މަސް ގަތުން ހުއްޓާލީ 25ރ. އަށް ގަނެގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.
ވާހިދު އޭރު ވިދާޅުވީ، މަސް ކޭނަރީއަކާއި ބޮޑު ފެކްޓަރީއެއް ހެދީ ބޭރުން ލޯނު ނަގައިގެން ކަމަށާއި އެހާ ބޮޑު ގެއްލުމެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
12 August 2025
އެންސިސް ވިއްކާލަންވީމާ ވިއްކާލަން އުޅުމަކީ އެމީހުންގެ ހައްގެއް. ދެރަކަމަކީ މަސްވެރިން މުޒާހަރާ ކުރާއިރަށް މަހުގެ އަގު ބޮޑުކުރުން. ކުންފުނިތަކުން މަސްބަންދުކުރަންވެސް ބޮޑުހޭދައެއްކުރާއިރު ދެކޮޅަށްވެސް ވިސްނަންވާނެ. މަހުގެ ކޮންޓްރޯލް އަގެއް ހަދައި ބަދަލު ނުގެނެސް ތިބުމުގެ ނަތީޖާ އެފެންނަނީ.
އިސްމާލި
12 August 2025
ސަރުކާރުން ކުރި ކަމެއްގެ ސަބަބުން އެންސިސް އަށް ބޮޑު ގެއްލުމެއް ވީމަ ރަނގަޅު ގޮތަކީ ކޯޓަށް ގޮސް އެކަމުގެ ހައްލު ހޯދުން. އެ ނިންމި ބަޔަކަށް ދައުވާ ކުރުން. ކޮންމެހެން، މިނިސްޓަރާ ސައި މޭޒުމަތީ ބައްދަލުކޮއް، ރައްޔިތުންނަށް ނާނގާ އަންޑަގްރައުންޑް ޑީލް ހެދުމެއް ނޫން.
70007
11 August 2025
އެންސިސް ވާހިދަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ މިސާލެއް
އެޑްމުންޑޯ
11 August 2025
ތި އެންސިސް އަކީ މަސްވެރިން އަތުން ނުއަގުގައި މަސްގަނެ އުޅުނު ބައެއް ، 25 ރ އަށް މަސްގަނެގެންވެސް ދަޅުބަންދުކުރާނަމަ އެކަން ބޮޑު ފައިދާ އާއި އެކު ކުރެވޭނެ ،
ވަވަވ
11 August 2025
އިންވެސްޓުމަންޓު ކަވަރ ވެފައި ހުރީމަކަންނޭގެ ސަރުކާރާ ނުތޮޅުނީ އެހާބޮޑަށް.
އަޅި އަލީ
11 August 2025
50 މިލިއަން ޑޮލަރތުގެ ރިސޯޓެއްގެ 20% ހިއްސާ ބަޔަކަށްވިއްކާލީ އެމީހުނަށް 20 މިލިއަން ރުފިޔާ ދެއްވާފަ! އެމްދީޕީ ވެރިކަމުގަ ކުރެއްވި ވިޔަފާރި! އައްޑޫ އަތޮޅު ސަންގިރިއްލާ އަށް ހެއްދެވިގޮތް! އެބޭފުޅުން އަރުން އަތުލައްވާ!