ހުޅުމާލޭގައި ހަދާފައިވާ އެންސިސް ކޭނިން ފެކްޓަރީ: މި ތަން ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އަންނަނީ މަޝްވަރާ ކުރަމުން ކަމަށް އެންސިސް އިން ބުނި.
12 އޯގަސްޓް 2025 - 09:10
މީގެ ދޮޅު އަހަރު ކުރިން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމާ ގުޅިގެން އެންސިސް ކޭނިން ފެކްޓަރީ ބަންދުކުރަން ޖެހި، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ފެކްޓަރީ ވިއްކާލަން ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދީގެން ހިންގަން ރާއްޖޭގެ މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން ރޭ ބުނެފި އެވެ.
ބޭންކުތަކުން ނެގި 25 މިލިއަން (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްގެން 2019 ގައި ހެދި ކޭނަރީ މިފްކޯ އަށް "ލިބިގަތުމުގެ" ދިރާސާއެއް ކޮށްފައިވާ ކަމަށާއި އޭގެ މަޝްވަރާތައް އެ ކުންފުންޏާ އެކު ކުރަމުން އަންނަ ކަމަށް މިފްކޯ އިން ހާމަކުރުމުން އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.
އެކަން ސާފުކޮށްދިނުމަށް އެންސިސް ފިޝަރީޒުން ނެރުނު ބަޔާނެއްގައި ބުނީ، ލިބެނުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޭނިން ފެކްޓަރީ ވިއްކާލުމަށް ނުވަތަ ތިންވަނަ ފަރާތަކާ ހަވާލު ކޮށްގެން ހިންގަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީގެ ކުންފުނިތައް ހިމެނޭ ކަމަށް އެންސިސް އިން ބުންޏެވެ.
... އަދި ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގެ ދަށުންނެވެ. ފެކްޓަރީ މިފަދަ އަގު ކުރުމުގައ،ި ފެކްޓްރީ ހިމެނޭ ބިމާއި މެޝިނަރީތަކާއި އިންސާނީ ވަސީލަތްތަކާއި ސަޕްލައި ކޮންޓްރެކްޓްތައް ވެސް ހިމެނޭނެ އެވެ،"--- އެންސިސް
އެކަމަކު، އެންސިސް އިން ބުނީ، މިފްކޯގެ އުފެއްދުންތެރިކަމާއި "ވެލިއު އެޑެޑް ކޭޕަބިލިޓީސް" އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޭނިން ފެކްޓަރީ މިފްކޯގެ އެސެޓްތަކުގެ ތެރެއަށް އިތުރު ކުރުމުގެ މަޝްވަރާ ވެސް ކުރިއަށް ގެންދާ ކަމަށެވެ.
ހުޅުމާލޭގައި ހަދާފައިވާ އެންސިސް ކޭނިން ފެކްޓަރީ
"އެންސިސްއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަގުނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ 23 އަހަރު ދުވަސްވީ ފަހުރުވެރި ދިވެހި ކުންފުންޏެކެވެ. އެންސިސްގެ ކޭނިން ފެކްޓްރީއަކީ މި ކުންފުނީގެ ތަރިކަ ރަމްޒު ކޮށްދ،ޭ ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މިފަދަ އަގު ހުރި އިންވެސްޓްމަންޓެއް ކޮށްފައިވަނ،ީ ހުޅުވާލެވިފައިވާ މަސްވެރިކަމުގެ ސިނާއަތެއްގައި ވާދަވެރި ވިޔަފާރިއެއް ކުރުމުގެ އަޒުމުގަ އެވެ،" އެންސިސްގެ ބަޔާނުގައި ވެ އެވެ.
އެންސިސް ކޭނަރީއާ ގުޅޭ މައުލޫމާތު:
● ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 އިގައި. މިއީ މާލެ ސަރަހައްދުގައި ހެދި މި ފަދަ ފުރަތަމަ ފެކްޓަރީ.
● އިންވެސްޓްމަންޓުގެ އަގު: 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)
● މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައިވޭ.
● ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭ.
● ސެޕްޓެމްބަރު 2023 ގައި ކޭނަރީ ބަންދުކުރުމާ ހަމައަށް 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުން.
● ކޭނަރީގެ ބިމުގެ ޖާގަ: 50،000 އަކަފޫޓު.
● ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން.
އެކަމަކު، މަހުގެ އަގު ކޮންޓްރޯލް ކޮށްފައިވާ މާހައުލެއްގައ،ި އެ ކުންފުނީގެ ކުރިމަގު ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި މަޝްވަރާތައް އަބަދުވެސް ކުރިއަށް ގެންދާނެ ކަމަށް އެންސިސް އިން ބުންޏެވެ.
"އެހެންކަމުނ،ް މިކަމާ ގުޅޭގޮތުން އަދި ފެކްޓްރީގެ ވެލުއޭޝަންއާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާތީ އެކަމާ މެދު އެންސިސް އިން ހިތާމަކުރަމެވެ. އަދި މި ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.
އެންސިސް އިން ބުނިގޮތުގައި، ކޭނިން ފެކްޓަރީއަކީ އެންމެ ޒަމާނީ މެޝިނަރީތަކާއި ވަސީލަތްތަކާ އެކު ގާއިމްކޮށްފައިވާ، އެ ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެ ތަން ހެދީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުން ނެގި ލޯނުތަކުގެ އެހީގައި ކަމަށް ވެސް ބުންޏެވެ.
"މިއީ މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި އޮތް އެންމެ އަގުހުރި އެސެޓްތަކުގެ ތެރެއިން އެއް އެސެޓެވެ،" އެންސިސްގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ، އެންސިސް ކޭނިން ފެކްޓަރީއަކީ ބައިނަލްއަގްވާމީ ސެޓިފިކޭޝަން ލިބި، އަދި އޮޑިޓް ވެސް ކޮށް، ބޭރުގެ އެކި މާކެޓްތަކަށް ދަޅުމަސް އެކްސްޕޯޓް ކުރަމުން އައި ހަރުދަނާ ވިޔަފާރިއެއް ކަމަށެވެ.
"އަދި ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގެ ދަށުންނެވެ. ފެކްޓަރީ މިފަދަ އަގު ކުރުމުގައ،ި ފެކްޓްރީ ހިމެނޭ ބިމާއި މެޝިނަރީތަކާއި އިންސާނީ ވަސީލަތްތަކާއި ސަޕްލައި ކޮންޓްރެކްޓްތައް ވެސް ހިމެނޭނެ އެވެ،" އެންސިސްގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބަލީ
12 August 2025
ޢަމިއްލަ އަށް އޮނަރަބްލް ޖަހައިގެން ކޮމެންޓް ކުރައްވާ އަފީފް އަށް ނޭގޭ އެއްޗެއްނެތް އެގޭ އެއްޗެއްވެސް ނެތް
ޢަލީ ބަލީ
12 August 2025
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މަހުގެ އަގު 25 ރުފިޔާ އަށް ބޮޑުކުރީ ވެެރިކަމަށް ވަަޑައި ގަތުމަށް މަސްވެރިންގެ ވޯޓް ހޯދުމުގެ ބޭނުމުގަ އެންމެ ހެއްވާކަމަކީ 25 އަށް ކިރުވި މަހުގެ ފައިސާ މަސްވެރިންނަށް ދީހަމަކުރީ ރައީސް މުޢީޒު ވެރިކަމާ ހަވާލުވެ ވަޑައި ގަތުމަށް ފަހު މިސަރުކާރުން އެމް ޑީ ޕީ މީހުން ކިތައްްމެ ރުޅި އަޔަސް މީ މިކަމުގެ ހަގީގަތް ކަން ހިގިގޮތް.
އޮނަރަބްލް އަފީފު ދީދީ
12 August 2025
މަސްވެރިކަމުގެ މަސައްކަތްކުރާ އަމިއްލަ ކުންފުނިތައް މިހާރުވެސް ހުރުމާއި އަދި އެންސިސް ގަންނަން ޗައިނާ އާއި ސައުދީ ޝޭޙުން ތަކެއް ޝައުޤުވެރިކަމަށް އެކުންފުނިން ހާމަކޮށްފައި ވަނިކޮށް އެތައް މިލިޔަން ޑޮލަރު ދީފައި ދައުލަތުން ތި ކުންފުނި ގަތުމުގެ ބަދަލުގައި 25 މިލިޔަން ޑޮލަރ ބޭނުންކޮށްގެން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ބޯޓް އިތުރުކޮށް ބޭރުގެ ކުންފުންޏަކުން ކޮންޓްރޯލް ކުރަމުންދާ ވިޔަފާރި ވަކިވަރެއްގައި ހިފެހެއްޓޭތޯ ބެލުން މާ ރަނގަޅު ވާނެ.
އޮނަރަބްލް އަފީފު ދީދީ
12 August 2025
މަސްވެރިކަމުގެ މަސައްކަތްކުރާ އަމިއްލަ ކުންފުނިތައް މިހާރުވެސް ހުރުމާއި އަދި އެންސިސް ގަންނަން ޗައިނާ އާއި ސައުދީ ޝޭޙުން ތަކެއް ޝައުޤުވެރިކަމަށް އެކުންފުނިން ހާމަކޮށްފައި ވަނިކޮށް އެތައް މިލިޔަން ޑޮލަރު ދީފައި ދައުލަތުން ތި ކުންފުނި ގަތުމުގެ ބަދަލުގައި 25 މިލިޔަން ޑޮލަރ ބޭނުންކޮށްގެން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ބޯޓް އިތުރުކޮށް ބޭރުގެ ކުންފުންޏަކުން ކޮންޓްރޯލް ކުރަމުންދާ ވިޔަފާރި ވަކިވަރެއްގައި ހިފެހެއްޓޭތޯ ބެލުން މާ ރަނގަޅު ވާނެ.
މެއްކު
12 August 2025
އަނެއްކާ ތީ އަގުއަރުވަން ވެގެން ޖައްސާ ގޭމެއްނޫންބާ، ދެން ސަރުކާރުން ތެޅިގަނެގެން ބޭރު ބަޔަކު އެތަން ކުއްޔަށް ނަގާފާނެތީ، ނުވަތަ ގަނެފާނެތީ އަވަސް އަރުވާލައިގެން ތިތަން ގަންނަން އުޅެފާނެ،
ގުދުގުދާބެއްޔާ
12 August 2025
ލަފާކުރެވޭގޮތުގައި އެންސިސް ބޭންކް ކޮރޮޕް ވެފައިވަނީ! ކޮންމެހެން މަހުގެ އަގު 25 ރުފިޔާއަށް އުފުލިގެން ނެއް ނޫން ތިޔައުޅެނީ! ދެން މިކުރި ކަމެކީ ސަރުކާރަށް އެސްސިސް މަސްފެކްޓަރީ ވިއްކާލަން މިއުޅެނީ! އެންމެ ފަހުން މިކަންވެސް ޗޮކޮހުން ދާނެ ކަން އިގޭތީ ދެން ބޭރު ބަޔަކަށް ވިއްކަން އުޅެނީ!
ސިސް
13 August 2025
މިރާއްޖޭގެ މިކަހަލަ އެހެންކަންތައްހިނގާ ބީދާއިން ބައިއަޅަންޖެހޭފަރާތްތައް ގިނައީކަމަށްވެސް ވެދާނެ، ނޫނީ ރައްޔިތުން އެވާހަކަ ދައްކަންފެށީމަ އޭގެ ޙަޤީޤަތް ފޮރުވާލަން ދައްކަންފެށީ ޢާވާހަކައެއް ކަމަށްވެސް ވެދާނެ
ޝަކޮޔާ
12 August 2025
ތީ އަދުނެއްތޯ؟ ސަރުކާރުބޮލުގަ އަޅުވަން
އެގޭ މީހަކު
12 August 2025
އެންސިސްއިން ޗައިނާއާ މަޝްވަރާކުރާތާ ވަރަށް ދުވަސް ވެއްޖެ. ޝިޔާމްއާ ފިޝަރީޒްގެ ސިޔާސީ ބޭފުޅުންވެސް އެމަޝްވަރާގައި ބައިވެރިވި. އެންސިސްގެ ތަންތަން ބަލަން ވެސް ބަލައިފި. ފޮޓޯވެސް ނެގި.
ރިބަވީލޯނުގެބަލާމި ޖެހެނީ
12 August 2025
މުހަންމަދު ބިން ސަލްމާނެއް ނާންނާނެ ތި މަސް ފެކްޓަރީ ގަންނާކަށް. ދެން ތާކު ހުރި އަރަތްބަކާ ވާހަކަ ދެއްކުމަކީ ސައޫދީ އާ ވާހަކަ ދެއްކުމެއް ނޫން. ލޯ ކުޑަ މީހަކާ ވާހަކަ ދެއްކުމަކީ ޗައިނާ އާ ވާހަކަ ދެއްކުމެއް ވެސް ނޫން. ކޮންމެއަކަސް ވަސީމަކީ ވ.ބަރާބަރަށް މުއައްޒަފުންނަށް މުސާރަ ދޭ މީހެއް ކަމަށް ވަނީ. ރަނގަޅު މީހަކުވާނީ ރަނގަޅު ކަމަށް.
ސަލީމު އިދުރީސް
12 August 2025
މިފުކޯތީއީ ފައިދާވާ ވިއަފާރިއެއް ކުރާ ކުންފުނެއްނޫން ތިފެކުރުރީ މިފުކޯ ބެލުމުގެ ދަށައްދިއުމަކީ ދައުލަތައް އެތުރު ބުރައަކައްވާނެ ކަމެއް