ރައީސް ޑރ. މުހައްމަދު މުއިއްޒު. ބ. ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަަވަނީ: އެމަނިކުފާނު ވަނީ ކައުންސިލުތަކުން ރާއްޖެއިން ބޭރަށް ބޭކާރު ގޮތުގައި ދަތުރުކުރައްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި.-- ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 19:26
ކައުންސިލުތަކަށް ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކައުންސިލުތަކުން ކުރަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ މައްސަލަ ވަރަށް ބޮޑެވެ.
މިފަހުން ވަނީ ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފަ އެވެ.
ބ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދު އަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެެވެ.
މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ނެންގެވީ ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކުގެ ހުރިހާ މެމްބަރުން، އެއްފަހަރާ ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކާ މައްސަލަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ދަތުރުތަކަކީ އެއްވެސް ރައްޔިތަކަށް ނުވަތަ އަތޮޅަކަށް ވެސް ފައިދާއެއް ލިބޭ ދަތުރުތަކެއް ނޫނެވެ.
"މުޅި ކައުންސިލް އޮތް ގޮތަށް ރަށު ކައުންސިލު އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ކައުންސިލުތަކަށް ބްލޮކް ގްރާންޓުދީ، ރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައި ވަނީ ރަށްރަށުގެ މުނިސިޕަލް ކަންކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލަކުން ތަޖުރިބާ ހޯދުމަށް ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ވެސް ނޫހެއްގެ ސުރުހީއަކުން ފެނިވަޑައިގަތް ކަމަށެވެ. އެކަމަކު ކައުންސިލުތަކުގެ ދައުރު ހަމަވާން މިހާ ގާތްވެފައި ވަނިކޮށް ތަޖުރިބާ ހޯދަން ޖެހޭތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
President Dr @MMuizzu meets Kendhoo residents, outlining upcoming projects and reiterating the Administration’s commitment to fulfilling community needs.#RayyithunGaathah #BaaAtollVisit pic.twitter.com/yT5Zjx0c0d
— The President's Office (@presidencymv) August 11, 2025
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މާ ސީރިއަސް ނިޒާމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް މުހިއްމު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ދަށުން މަސައްކަތް ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، ކޮންމެ ޕާޓީއަކުން ކައުންސިލަަށް އިންތިހާބުވި ނަމަވެސް އެ އޮންނަ ސަރުކާރަކާ އެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކައުންސިލްތަކަށް ލިބޭ ފައިސާ ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
12 August 2025
ބައިގަރުނުވާއިރުވެސް ތަޖުރިބާ ހޯދަންވީ. އެ ހުރިހާ ދުވަހު ކޭއްކުރީ.
މަގޭ ޚިޔާލު
12 August 2025
މަށަށް ފެނުނުގޮތުގައި މިސަރުކާރު ފެށީވެސް ބޮޑުސިންގާ އިސްރާފަކުން. މީގެކުރިންވެސް މިޤައުމުގައި ވެރިން ހުވާކޮށްފި. އެކަމަކަކު އެ ހުވާތަކަށް އެތައް މިލިޔަނުން އިސްރާފުކުރިތަނެއް އަހަރެމެން ނުދެކެން. އެއީ މިސަރުކާރުގެ ފެށުން. ދެން އޭގެފަހުން ރައީސްމީހާގެ ރަސްމީދަތުރުތަކާއި ނުރަސްމީ ދަތުރުތައް. ލިސްޓުކޮށްފިއްޔާ 100 އަށް ނާރާނެކަމެއްވެސް ނޭނގެ. އަދި ޖުލައި26ގައި ތަޅާ ބުރުއްސާލި ޢަދަދެއް އަހަރެމެންނަކަށް ނުވެސް އެނގޭ. ފުރަތަމަ ތިމާ އިސްލާހުވާންވީ.
އަލިކޮ
12 August 2025
ކެވުނު ގޮތަކަށް ކަނީ އެންމެން ބިރެއް ނެތި. ވަގުން ގެ ޖަޒީރާ ޤައުމެވެ
ދިވެހިރާއްޖެ 2.0
12 August 2025
ޕޮޓް. ކެޓަލް. ބްލެކް.
އަސްލަމްް
12 August 2025
މިއީ ވަރަށް ރަނގަޅު ވާހަކައެއް. ކައުންސިލްތަކުން އެބަޖެހޭ މިޔަށްވުރެ ޒިންމާދާރުވާން. ރައްޔިތުންނަށް ކޮންްމެވެސް އެއް ލެވެލްއެއްގައި ކަމެއް ކޮށްދޭން އެބަޖެހެއެއްނުން.
ސެމި
12 August 2025
ކޮބާތޯ ރައީސް ކޮންމެމަހަކުހެން ކުރާ ބޭކާރުދަތުރުތައްަ؟ މީގެގެއްލުން އެތައްމިލިއަނެއް! ފުރަަތަމަ އަމިއްލަމީހާ އިސްލާހުވާންވީ! ލަދު
އަހުމަދުބޭ
12 August 2025
ތިޔަކައުންސިލަރުން ލައިގެން މާމޮޅު ލާމަރުކަޒީ ނިޒާމެއްގެނެސްގެެން ރައްތަކަށް ލިބުނު ކުރިއެރުމެއް ނިކަން ދައްކަބަލަ؟ ކަރަންޓާ ފެނާއި ނަރުދަމާ، ފަޅުތަކާ، ސިއްޚީ ޚިދުމަތާ ހޮސްޕިޓާތަކާ، މަގުތަކާ ކައުންސިލަރުންގެ މުސާރައާ. އަމަން ބެލެހެއްޓުމާއި މިހުރިހައި ކަމެއް މިކޮއްދޭން މިޖެހެނީ މައިސަރުކާރުން، ކައުންސިލަރުން ތިބެނީ ޓައީ އަޅައިގެން ކޮފީބޯން، ކައުންސިލް ތަކުން ރައްތަކަށް ކޮއްދޭ ކަމެއް އޮންކަމަކަށް ނުވޭ؟ ނިޒާމް އުވައިލާ
ފޫހި
12 August 2025
ހެޔޮނުވާނެ ބޮޑު ވަފުދުގޮވައިގެން މަނިިކުފާނު ތިޔަކުރައްވާ ދަތުރުތައް މަދީތަ؟
ވައްތީން
12 August 2025
މި ގައުމު އޮތީކީ ބަޔަކު އެހީ ހޯދަންނުޖެހޭ ހާލެއްގައެއް ނޫން. ކްރެޑިޓް ރޭޓިންގް އޮތީ އިންތިހާއަށް ދައްވެފަ. ސަބަބަކީ 8 ބިލިއަން ޗާޕްކުރުން. މި ސަރުކާރުން ކުރި ހުރިހާ ދަތުރަކީވެސް ހަމަ މި އަނދަވަޅުން ގައުމު ސަލާމަތްކުރުމަށް ކުރެއްވި އިހްލާސްތެރި މަސައްކަތް.
ށސ11
12 August 2025
ރައީސް ވެސް ދެންދަށަށް ތިބި މީހުންވެސް ބޭކާރު ދަތުރާ އިވެންޓުތަށް ނުބާއްވާތި.
ސޮފްވާން ތައުފީގް
12 August 2025
އަސްލުވެސް ހާދަ ބޭކާރު ހަރެދެކޭ ކައުންސިލްތަކުން ކުރަނީ. އަމިއްލަ ދަތުރުވެސް މިކުރަނީ ޓިކެޓް ކައުންސިލް ނަމުގައި ލިޔެގެން ދަނީ