ފުލުހުންތަކެއް ރަސްމިއްޔާތެއްގައި: ހުވާކޮށްގެން ހަވާލުވާ މަގާމުތަކުގެ އުސޫލުތައް ހަރުދަނާކުރަން ޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފައިވޭ --- ފޮޓޯ/މިހާރު
13 އޯގަސްޓް 2025 - 19:09
ފުލުހަކު އޭނާގެ ވަޒީފާގެ ހުވާ ނުކިޔާ ކަމަށް ބުނި މައްސަލާގައި، ދައުލަތުގެ ހުވާކުރަންޖެހޭ މަގާމުތަކާއި ވަޒީފާތަކުގެ އުސޫލުތައް ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި މިއަދު ބުނެފި އެވެ.
ގދ. ތިނަދޫއިން މިދިޔަ މަހު ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު ވޭޕާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނުމުންނެވެ. ނަމަވެސް އެރަށު ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުމުގައި އެ ފުލުސް މީހާ ބުނެފައިވަނީ ފުލުހުންގެ ވަޒީފާގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވި ނަމަވެސް ހުވާލައިދިން ވަގުތު ހުވާ ކިޔާފައިނުވާނެ ކަމަށެވެ. ނަމަވެސް މަގާމުގެ ލިޔުމުގައި އޭނާ ސޮއިކޮށްފައިވާތީ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އެކަމާ ގުޅިގެން އަމާޒުވި އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުވާ ކުރުމާ ގުޅޭގޮތުން އެ ފުލުސް މީހާ ވާހަކަ ދައްކާފައިވަނީ ހުވަޔަކާ މެދު އެއްވެސް މީހެއްގެ ބަސްމަގު ހުންނަންވާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެކަންކަމުގައި ހާމަވި ކަންކަމަށް ބަލާއިރު، ހުވާކުރަންޖެހޭ ވަޒީފާތަކާއި މަގާމުތަކުގެ ހުވަޔާއި ހުވާގެ އިގްރާރުގައި ސޮއިކުރުމުގެ ނަތީޖާ ހިމެނޭ ގޮތުގެ މަތިން ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް ހަރުދަނާ ކުރަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގްރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެ މަތިން، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންޖެހޭ ގޮތާއި، ގާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ދެމެހެއްޓުމާއި ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ދެކެމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ފުލުސް މީހާ ދޫކޮށްލަން ނިންމި ނިންމުން ގޯސް ކަމަށެވެ. އެހެންވެ، އޭނާ ބަންދުކުރަން އަލުން ތިނަދޫ ކޯޓުގައި އެދެފިނަމަ ދެ ދުވަސް ތެރޭގައި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޮނަރަބަލް ބަކުރުބެ
15 August 2025
ހުވާކޮށްގެން ތިބެ ސަހީދު އާދަމް ބިލްޑިންގު ބިއްލޫރުިތަކާ ބަޑޭރިގޭ ކެމެރާތަކާ މުދަލަށް ގެންލުން ދިނީވެސް ދައުލަތުގެ މީޑިޔާ ޓީވީ މޯލްޑިވްސް ދޮރުވައްޓާލީވެސް . އިންސާފަކީ އިންސާފު ރިހާކުރު ފުޅިއަށް ދައުވާ އުފުލާފައި 46 މިލިއަނުގެ ވައްކަމުގައި މަތިއެޅުމެއްނޫން.
ދެރަސޮރު
14 August 2025
މަގުމަތީ މިއުޅޭ ފުލުހުން ހުވާ ކުރިކަން އަހަރެމެންނަށް ޔަގީން ނުވާއިރު އެމީހުން ބުނީމަ މަޑުކުރަން ޖެހޭނެތަ !!!
މހއމ
14 August 2025
ނުޖެހޭނެ. ޔާގީން ވީމާ މަޑުކުރަން ޖެހޭނީ.
ހުވާސާ
14 August 2025
އާންމުކޮށް ފުލުހުންގެ ވަޒީފާއަށް ވަންނަނީ "ޔޫ" ސެޓް ލިބޭ ކުދިން.. މަތީތައުލީމަށް ފުރުސަތެއް ނެތުމުން ދެން ބަލަނީ ސިޔާސީ މީހެއްގެ ފައިބުޑުން ފުލުހުން ނުވަތަ ސިފައިންގެ އަށް ވަދެވޭތޯ ދެން ބަލާ ވާނެ ގޮތް
ފަޅުމަސް
14 August 2025
އޭނާ އޮތީ ހުވާގެ އިގްރާރުގައި ސޮއި ކޮށްފައި.. އެހެންވީމަ، ޤާނޫނީ ގޮތުން އެއީ ހުވާކޮށްގެން ހުރި މީހެއް.. މީހަކު ކޯޓުގައި ދޮގެއް ހެދުމަކީ އުސޫލުތައް ބަދަލު ކުރަންޖެހޭ ކަމެއް ނޫން.. ވަކިވަކިން ހުވާ ކުރުވިޔަސް އެފަދަ މީހުން ބުނާނެ، ތިމަންނަގެ ނިޔަތަކީ އެޔެއް ނޫނޭ.. ހިތުގަ އޮތީ އެހެން ގޮތަކަށޭ.. ނިޔަތަށޭ ބަލަން ވާނީ..
ދިވެހި ދިދަ ރޮނީ
14 August 2025
ހުވާ ކޮއްގެންވެސް ހުވާއަށް ފޭކު ޖައްސާއިންވެސް ހިންގަނީ ޖަރީމާ. ކަޑައޭ
ލޮ ކޮލިޓީ
13 August 2025
ފުލުހުންގެ ގިނަ މީހުން ފުލުސް ވަޒީފާގައި އުޅެނީ ހަމައެކަނި ރުފިޔާއާމަގާމަށް. އަހުލާގެއް ގިނަ މީހުންގެ ނުހުރޭ. ސިއްރާ ފާޅުގައި ޖަރީމާ ހިންގާ. ނޫސްތަކު ހެޑުލައިނުނަ ފުލުހުންގެ ޖަރީމާ ފެނޭ.
ބައިރަހާ
13 August 2025
ހުވާގެ އިގުރާރުގައި ސޮއި ކުރެވުނީމަ އެއޮތީ ހުވާކުރެވިފައި. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ މީހަކު ވާހަކަ ތަކެއް ދެއްކީމަ ދެން ތިބި ބަޔަކަށް ބލވެރިކަން ޖެހެން ޖެހޭތަ؟ ދުނިޔޭގެ އެހެންތަންތާގައިވެސް ކަންކުރަނީ އެހެން. ހެއްދެވިފަރާތްދެކެ ގަންނާކުރައްވާ ބިރުން ހުވާނުކޮށް މުސާރަނަގަން ހަމަ އޯކޭއެއްނުންތަ؟
ޑަމީ
13 August 2025
ހުރިހާ ހަޑި މުޑުދާރު ކަންތަށް ކުރަން ދަސްކޮށް ދެނީ އެންމެ މަތިން ފެށިގެން. ހާސަކޮށް އިށްޒަތްތެރި މަޖްލިސް މެންމްބަރުން. މަތިން ފެށިގެން ހަރުދަނާ ވެ ޑިސިޕުލިން ވެގެން މަގުމަތި ހިސާބު ރަނގަޅު ކުރެވޭނީ. ކުޅަދާނަ އިހްލާސް ތެރި ވެރިންތަކެށް އުފެދިގެން ނޫނީ މި މުޑުދާރު ކަންކަން ރަނގަޅެށް ނުވާނެ.
ދަށްގޮހޮރޭ
14 August 2025
ބަލޭ ފުލުހުންނަކީ ކުޑަކުދިންތޭ ކޮޕީ ކުރަން ވިޔާނުދާހަ ކަމެއް؟
ކޮމިސަނަރު
13 August 2025
އަނެއްކާ ހުވާކުރަންވީ އޭ
ވަނޫދު
13 August 2025
ހައިކޯޓު ފަނޑިޔާރުންގެ ސުވާލުކުރުމުގެ އުސޫލުވެސް ހަރުދަނާ ވާންޖެހޭ. ކަމާ ނުވެސް ގުޅޭ ސުވާލުތަކެއްކޮށް މުޅި މައްސަލައިގެ އަސްލު ބަހުސްގެ ބޭރުން ސުވާލުކޮށް މޮޅު ހުކުމް ކުރިޔަސް ނުވާނެ. ފުލުހަކު މަސްތުވާތަކެތި ގެންގުޅެގެން އޭނާގެ އަދަބު ބޮޑުވާނެކަމަށް ނުވަތަ ތަފާތުވާނެ ކަމަށް ގާނޫނަކު ނޯވޭ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ދޮގު ވާހަކަ ދެއްކުމަކީ ފުލުހުންގެ އުސޫލު ނުވަތަ ހުވާކުރާ އުސޫލު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން
މަގޭމިބުނީނު
14 August 2025
ޢާންމު މީހަކު ކުށެއް ކުރުމާއި ހުވާކޮށްގެން ހުންނަ މީހަކު ކުށެއްކުރުން ތަފާތުވާނެ. ތަފާތުވާންވެސް ޖެހޭނެ. އަދި އަމުދުން ފުލުހުންނަކީ ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުށްކުރުމުން މީހުން ދުރުކުރުމަށް ޤާނޫނީ ޒިންމާއާ މަތިވެގެން ތިބޭ ބައެއް. އެމަސައްކަތް އެމީހުން ފަށަނީ މާތްﷲ ގަންދީ ކުރާ ހުވަޔަކުން. ހުވާކޮށްގެން ހުންނަމީހާ ކުށްކުރީމަ އަދަބު ދެގުނަ ބޮޑުވާން ޖެހޭނެ. ހުވަޔާ ޚިލާފުވި ދައުވާވެސް ކުރެވެން ޖެހޭނެ.