ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ).-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 އޯގަސްޓް 2025 - 00:03
ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.
އަސްހަދުގެ މައްޗަށް އުފުލާފައި ވަނީ އަނިޔާދިނުމާއި މުދަލަށް ގެއްލުންދިނުމާއި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ތިން ދައުވާއާ ގުޅޭ އަޑުއެހުންތައް ބާއްވަން ކްރިމިނަލް ކޯޓުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.
ނަމަވެސް، އެއީ ކޮން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އަސްހަދަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރަން ޖާމިނުވި މީހާ އެވެ. އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް އަޑުބަރޭ ޖަލަށް ވެސް ލި އެވެ. އޭރު އޭނާ ހުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވީ މާޗު 6، 2022 ގަ އެވެ.
އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް ޣައިރު ހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އޭރު އިއްވީ އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. އޭނާ ޖަލަށް ލީ އެނބުރި ރާއްޖެ އައުމާ އެކު އެވެ.
އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން ޖާމިނުވި މީހާ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑުމަޑޭ
17 August 2025
މީނާއަކީ މުޅިން ވެސް ސައިކަލް ދުއްވާ އިރު ފޯނުން ވާހަކަ ދައްކަމުން ދުއްވާ މީހެއް. ފޯނުން ވާހަކަ ނުދައްކަންޏާ އިންނާނީ ފޯނުން ކޮންމެސް އެއްޗެއް ބަލަން ނުވަތަ ޓެކްސްޓް ކުރަން. ފުލުހުންނަށް ވެސް މީނަ ހުއްޓުވާކަށް ނުކެރޭ. މުޅިން ވެސް ސައިކަލް ދުއްވާނީ އެއްއަތުން، އަނެއް އަތުގަ ފޯނު. އަޙްލާގުގެ ކަންފުޅެއް ވެސް ހުރި މީހެއް ނޫންމީ.
ކޮރަލް
17 August 2025
ޕީއެންސީ އަށް ނުވަދެގެން އުޅޭހެން ހީވެ އެވެ. މީނަ އަކީ އަގު ހެޔޮ ކޮށް ސަރުކާރު ބިމެއް ނަގައިގެން އަހަރު ތަކެއް ވަންދެން ވިޔަފާރި ކުރަމުން އަންނަ މީހެކެވެ ސިޔާސީ އެތައް ބަޔަކު ކުޑަ ކުއްޔެއްގަ މާލެ ގެ އެތައް މިތަނުން ބިންތައް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަނީ އެވެ. ޝުޖާ ކިޔާ މީހަކު ވެސް އެކަން އެބަ ކުރެ އެވެ. ރައްޔިތުންގެ ބިންތައް ކުޑަ ކުއްޔެއްގަ ބިޑަކާ ނުލާ ނަގާ ބޮޑު ނަފާ އެއް ހޯދަނީ އެވެ.
އަފްރާސިޔާބު
17 August 2025
ކުޑަކުލި ދައްކާކަންވެސް ނަސީބު. ޝުޖާއުގެ ތަރިކައިގައިހިމެނޭ މުދަލެއްގެ ބޭނުންކުރުމަށް ބިޑްކުރުމަކީވެސް އޭނާގެ ހެޔޮކަންނޫން ދެންކޮންކަމެއް.
ހާއިބްރީ
17 August 2025
ކުޅިވަރުގަވެސް އަހްލާގެއް ނެތް މީހެއް!
އަބްޑޫޅް +
17 August 2025
އަޑުބަރޭގެ އަޑު ބަރު ކަމުން މީހުންގެ ބޮލަށް އުނދަގޫ ވަނީ ތޯއްޗެ.
34588
17 August 2025
މިއީ ވަރަށް ޑިސިޕްލިން ދަށް މީހެއް.
ޖުމާ
17 August 2025
މިސަރުކާރު ރަނގަޅުކަމަކީ އިބޫސޯލިސަރުކާރުގަ ހިނގި އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ނުބަލާ އެހެންވެސް ގޮވައިގެން ވެރިކަންކުރާތީ. ނަތީޖާއެއްގެ އެހެންއެއްވެސް ސަރުކާރަކުން ނުގެނެވޭހާ ތަރައްގީ މިސަރުކާރުން ގެނެސްދެއްވައިފި. ރައީސް ޔާމީނު ނޫނީ މިގައުމަށްހެޔޮނޭދޭވެރިއަކުނެތްކަން ޑރ މުއިއްޒު ސާބިތުކޮށްދިނީ ބަސް މަދުކޮށް އަމަލުގިނަކޮށްގެން ނިއްްކުރިއަށް ރުލެއްނާރުވާ ތެދުވެރިކަމާ އެކީގައި.
ގޮނުއަނގަ
18 August 2025
ޥަރަށް ބޮޑު ތެދެއް. އެންމެ ބޮޑު ޚިޔާނާތަކީ ވެރިކަމުގެ މުއްދަތު 3 ދުވަކަށްވުމުން ޤާނޫނުގައި ވެރިޔަކަށް ދީފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ލިބެންހުރި އެތައް ބައިވަރު ފައިސާއެއް ވަކި މީހަކަށް އެކަނި މާފު ކޮށްދިނުން. މިކަން ނުބަލާތީ ދިވެހި ރައްޔިތެއްގެ ހައްޘިއްޔަތުން މިސަރުކާރު ކުށްވެރި ކުރަން. މިކަން ބަލައިދުނުމަށްވެސް ގޮވައިލަން. މިކަހަލަ މައްސަލަތައް ނުބަލަނީ ނެގޭ ސަރުކާރުތަކުގެ އެހީތެރިކަން ހޯދަން. ބައިއަޅަން.
މުބީނުބޭ
17 August 2025
ރަނޅު ކޮއްފަ ބަހައްޓާ! އަދި މީހުން ކުޅިވަރު ކުޅެން އޮތް ބިމެއްގެ ތެރެއިން އަޑުބަރޭ ވީމަ ހަމަ ބޮޑު ބިމެއް! ކިހިނެއް ވާ ކަމެއް މީ . ނުޖޭހޭ ދޭކަށް! އަވަހަށް އެތަންތައް ވެސް ނަގާފަ އާމުން ކުޅެން ހުޅުވާލާ! ކީހާ ލާރި އެއް އެނަގަނީ ގަޑި އިރަކަށް!