ހއ. އުތީމުގައި ހުންނަ އުތީމުގަނޑުވަރު--
23 އޯގަސްޓް 2025 - 12:36
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނާއި އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.
އެ ޝަރަފު އަރުވާނީ މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.
ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވާ އެ ހާއްސަ ހަފުލާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދޭނެ އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންމޫ
23 August 2025
ތިދިޔައީ ތިތަނުގެ ދުވަސް.
އެޑްމުންޑޯ
23 August 2025
ވަރަށް ރަގަޅުކަމެއް ، ވަރަށް އުފާވެއްޖެ ޒަމާންތަކަކަށްފަހުނަމަވެސް ތިފަދަ ޝަރަފެއް ދޭން ސަރުކާރުން ނިންމީތީ ، މަރުޙަބާ އުތީމުގެ ރައްވެހިންނަށް ، "ގައުމީ ދުވަހުގެ ތަހްނިޔާއި މަރުހަބާ އުތީމުގެ ހުރިހާ ރައްވެހިންނަށް އަރިސްމިކުރަނީ ހިތުގެ އެންމެ ފުންމިނުން "
އޮނަރަބްލް އަފީފު ދީދީ
23 August 2025
ކ.މާލޭ މީހުނަށްވެސް ތިޔަފަދަ ޝަރަފުވެރި އިނާމްތަކެއް ދެއްވަން ވާނެ. ވޭތުވެދިޔަ 60 އަހަރު ދައުލަތުގެ ޙަޒާނާއާއި އެކުވެރި ދައުލަތްތަކުން ލިބުނުނަމަ ލިބުނު އެހީއަކާއި ދައުލަތް ދަރަނިކޮށްނެގި އެތައް ބިލިޔަން ޑޮލަރުގެ ލޯނު ކ.އަތޮޅު މާލެއަށާއި އެރަށު ޤަބީލާތަކުގެ މައްޗަށް ތަޅާހުސްކޮށް އަދި އަކަކިލޯ މީޓަރ ހަމަނުވާ ކުޑަވަރެއްގެ ރަށްގަނޑަކަށް ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުގެ ރައްޔިތުން ތިޔަ މުޤައްދަސް ރަށްކޮޅަށް ޖަމާކުރުމަކީ އާދައިގެ ކަމެއްނޫން.
ވާންޗޯ
23 August 2025
މީހަކަށް ދެން ބޮޑު ކުބެއް އަބުރާލެވޭނެ ތައް؟
ހަސީނު
23 August 2025
ދިވެހިން ލިޔަން ކިޔަން ނޭނގޭ މީހުން ތިފާޑުގެ ސުވާލު އުފައްދާނެ. އިހަށް ކުނބު ލިޔަން ދަސްކޮށްބަލަ. ބަލަގަ ހުސް ނޫނެއް އޮންނާނެއޭ ކ އާއި ބ ދެމެދު.
ވާންޗޯ
23 August 2025
ހިޔާލީ ވާހަކަ އެއް
ސަސި
23 August 2025
ކަންކަމުގަ ފޯރިއެއް އެބަ ހުއްޓޭދޯ