ހދ. ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
25 އޯގަސްޓް 2025 - 09:46
ހދ. ހަނިމާދޫގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފި އެވެ.
ރައީސް ހދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށު ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 104,834,778.55ރ. އެވެ.
ދެހާސް ފައްސަތޭކައެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
ރޭ ހަނިމާދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ވެސް ފައްޓަވައި ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ލިބޭނެ ގޮތް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ ހޮސްޕިޓަލް ހިމެނެނީ ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް 2022 ވަނަ އަހަރު އިއުލާނުކުރި ޕްރޮޖެކްޓު ތެރޭގަ އެވެ. ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް މީގެ ކުރިން 2023 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ.
ހަތް ރަށުގެ ހޮސްޕިޓަލްތަކަށް 686،089،524.22ރ. ކުވައިތު ފަންޑުން ހޭދަކުރަން ނިންމާފައި ވާއިރު ހަނިމާދޫގެ އިތުރުން ށ. މިިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅަން ނިންމައި އެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސަން
26 August 2025
ހޮސްޕިޓަލުގެ ކުރެހުންގަނޑެއް ވެސް ނުލާތަ؟ އެއީ ހިޔާލީ ހޮސްޕިޓަލެއްވީމަ ދޯ؟
ކެލާ
25 August 2025
ކެލާ ހޮސް÷ިޓަލް އިބޫ ފަށާފަ ވާތީ ވެރިކަމަށަމް އައިސް ބުއްޓުވާފަ އޮތީ.
ނޫހް އިބްރާހިމް
25 August 2025
އަތޮޅުތަކުގެ ތަރައްގީ މިހާ ބާރަށް ދާތީ އުފާކުރަން. މިހެން ދަންޔާ މާލެ ނައިސް ކަންކަން ހަމަ ޖެހިގެން ދާނެ.
މަހީން ޢަލީ
25 August 2025
ބައެއް ރަށްރަށުގެ މީހުން ރޮއެ އާދޭސްކުރާއިރުވެސް ބިންގަލެއް ނޭޅޭ. އަނެއްބައި ރަށްރަށުގެ މީހުން އެއްވެސް ވަރަކަަށް އެވހަކަ ނުދެއްކިޔަސް ބިންގާތައް ބަހައްޓަނީ.
އަފްރާސިޔާބު
25 August 2025
އާދޭސްކުރަން ނޭގި އާދޭސްކުރީމާ ވާގޮތެއް އެއީ.
ހަވާވާ
25 August 2025
ދެން ހަވާއަރުވާފަ ހުޅުވަންއުޅޭ!
އ އަހްމަދު
25 August 2025
ބިންގާއެޅުމަކުންނުފުދޭ އާރުޑީސީން ތިކަހަލަ ކިތައްބިންގާ މިދައުރުގަ އެޅިއްޖެތޯ ރައްޔިތުންނައް ދޯކާދޭންވާނީވެސް ވަކިވަރަކަށް ސަރުކާރުގެކުންފުނިތަކަކީ ތިޔަހާ ހަކަތަހުރިތަންތަނެއްނޫން ކޮންމެވޯޓކަށް ރައްޔިތުންނައް ދޯކާނުދީ
މާއްޓޭ މައުރޫފް
25 August 2025
ރައީސް މުއިއްޒު އެގެންދަވަނީ ރައްޔިތުން އެދެމުންދާ ކަންކަމަށް އަމަލީ މަސައްކަތް ފައްޓަވައި ދެއްވަމުން، މިކަން ކަން ނިމުމުން ރައްޔިތުންނަށް ވިސްނޭނެ ރައީސް މުއިއްޒު ޖައްސަވީ ކަޑަ ނޫންކަން
އައިސަން
26 August 2025
އަމަލީ މަސައްކަތް ފައިބަނީ ބިމުގެ އަޑިޔަށް 0=0
ހިމާރުލްގައުމު
25 August 2025
ލައްކަ ހިއްވަރު އެބަކުރޭ ކައުންސިލް އިންތިޙާބަށް. މުއިއްޒުގެ ސައިޒަކީ ކޮބައިކަން އޭނައަށް މިފަހަރު އެނގޭނެ. މޮޔަވަގެން ނޫޅޭ. ވަހީދުވެސް ރަށްރަށް ދިޔައިރު މުޅި ބަނދަރު ފުރާލާ. އިންތިޙާބުން އަސްލު ސައިޒު ފެނުނީ. މި ކޮމެންޓް ސޭވްކޮށްފަ ބައިންދާ. ވަހީދަށް ވީވަރުވެސް ނުވާނެ މުއިއްޒަށް.
ޝަމްސާާ
25 August 2025
ސާބަހޭ ރައީސް މުއިއްޒު. އަހަރެމެންގެ އުންމީދުތަކުގަ ރައީސް މިއަދުތިދަނީ ކުލަޖައްސަމުން.