ތިނަދޫ ސިޓީ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: ތިނަދޫން ކުއްޔަށް ދީފައިވާ ބިންތަކުން ނުލިބި ހުރި ކުލި ހޯދަން ގާނޫނީ ފިޔަވަޅު އަޅަން އެ ކައުންސިލުން ވަނީ ނިންމައިފައި.-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
26 އޯގަސްޓް 2025 - 13:21
ގދ. ތިނަދޫން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ކުލީގެ ގޮތުގައި ނުލިބި ހުރި 29 މިލިއަން ރުފިޔާ ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބެންޖެހޭ 29.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އަދި ނުލި ނުދައްކާ ބިންތަކުގެ ތަފްސީލް ހިމެނޭ ލިސްޓެއް ކައުންސިލުން ވަނީ އެ އިއުލާނާއެކު އާންމުކޮށްފަ އެވެ.
ބިމު ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އެ ލިސްޓުގައިވާ ގޮތުން އެއީ 42 ބިމަކުން ކައުންސިލަށް ނުލިބި ހުރި ކުލީގެ ފައިސާ އެވެ.
އޭގެ ތެރެއިން ހަ ބިމެއްގެ ކުލި ނުލިބިގެން މިހާރު ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
ސިޓީ ކައުންސިލުން ވަނީ ބިމު ކުލި މަހުން މަހަށް ދައްކަން އިލްތިމާސްކޮށްފަ އެވެ.
ނުދައްކާ ހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާނެ ކަމުގެ އިންޒާރު ވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަނރޯ ގަވް 2
26 August 2025
ސިޓީ ކައުންސިލް އުވާލާ މީހަކަށް ވޯޓްދެނީ. ވަޒީފާ ދިނީމަ ސައިހޮޓަލު ފެންޑާގަ. ދެންއައިސް މިކިޔަނީ ކީކޭ؟
ދޮގު ސިޓީ
26 August 2025
ފުރަތަމަަ ކަމަކަށް ބަލަންވީ މަކަރާ ހީލަތުން ގާނޫނަަށް އޮޅުވާލައިގެން ބަޔަކު ތިޔަ ސިޓީ ކައުންސިލެއް އުފެއްދި ގޮތް. އަދި މި ބީދައިން ސިޓީ ކައުންސިލަކަަށް ބަދަލުކޮށްގެން ބޮޑެތި މުސާރަތައް ނަގަމުންދާ މައްސަލަ. ތިނަދޫ ސިޓީ ކައުންސިލަކަށް ވާންޖެހޭ ގާނޫނީ ހަމައެއް އޮތްނަމަ ރާއްޖޭގެ ކޮންމެ ރަށެއްވެސް ވާންޖެހޭނީ ސިޓީ ކައުންސިލަކަށް.
ސަބްސިޓީ
26 August 2025
ތިޔައޮތީ މުޅިން އޮޅިފައި.. ފުރަތަމަ ކަމަކަށް ވާންވާނީ ކައުންސިލްއަށް ދައްކަންޖެހޭ ފައިސާ ދެއްކުން! ކައުންސިލްގެ ނަމަކީ ސިޓީކައުންސިލް ނުވަތަ ރަށުކައުންސިލް ނުވަތަ އަތޮޅު ވިއަސް އެއީ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ތަނަކަށް ފައިސާ ނުދައްކަން ޖެހޭނެ ހުއްޖަތެއް ނޫން!
ސޭޓް
26 August 2025
ހޫނ މީގެން ކޮންމެ ރަށެއްގަ މީހުންވެސް ވަކި ރިޕަބްލިކެއް ހަދައިގެން އުޅޭހެން ހީވާކަހަލަ
ކޮރަލް
26 August 2025
ސިޔާސީ މީހުންނަށް ނޫނީ ކަޓް އެއް ނަގާފަ ބިންތައް ކުއްޔަށް ދޭނަމަ ބިމެއް ނުނެގޭނެ އެވެ. ފިޔަވަޅެއްވެސް ނޭޅޭނެ އެވެ.
ލޯޔަރު
26 August 2025
ވަރަށް ސަލާމް