ޚަބަރު / ރާއްޖެ-ޗައިނާ

ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާއިން އެހީވާނެކަމުގެ ޔަގީންކަން

ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ މިއަދު ބައްދަލުކުރައްވައި ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި.

ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

31 އޯގަސްޓް 2025 - 09:12

24 comments

ރާއްޖޭން ކަނޑައަޅާފައިވާ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ދެއްވައިފި އެވެ.

ޗަައިނާގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޝީ އާ މިއަދު ބައްދަލުކުރައްވައި، ދެ ލީޑަރުންގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ރައީސުންގެ މެދުގައި މަޝްވަރާކުރި މުހިންމު ދާއިރާތަކުގެ ތެރޭގައި އިގުތިސާދު، ވިޔަފާރި، އިންވެސްޓުމަންޓު އަދި ސަލާމަތާއި ރައްކާތެރިކަން ހިމެނޭކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ދެ ގައުމުގެ މެދުގައި އޮތް ނަތީޖާ ނެރޭ، ހަރުދަނާ ގުޅުން އިތުރަށް ފުޅާކުރުމާ އެކު، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ޝީ ދެއްވި އެވެ.

ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

އަދި ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024–2028) ގެ ދަށުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދެ ރައީސުން ވެސް އިއްތިފާގުވެވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.

ޗައިނާގެ ރައީސް ޝީއާ އެކު މިއަދު ބޭއްވި ބައްދަލުމުގައި ރައީސް މުއިއްޒާއި ވަފުދުގެ އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ. ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދާއި މާދަމާ ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

24 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 86%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަގީނޭ

31 August 2025

މާލޭ ވިޔާފާރިވެރިންނޭ އެންމެ ގިނަ އަދަދަކަށް ސަރުކާރަށް ޓެކްސް ދައްކަނީ މިވިޔާފާރިވެރިން އެބަޖެހޭ ބިލިއަނަރުންނަށް ހަދަން އެކަން ކުރެވޭނެ ގޮތަކީ އެންމެ ގިނައިން ޓެކްސް ދައްކާ މާލޭ 100 ވިޔާފާރިވެރިންނަށް މާލޭ އާއި ވިލިގިލި ދެމެދު އޮތް ތިލަ ކަނޑު ހިއްކާލާ އެތަނުން 1 ހެކްޓަރުގެ ބިން ކޮންމެ ކުންފުންނަކަށް ވިއްކާލާނީ 10 އަހަރު ދުވަސް ތެރޭ 10 މިލިއަން ޑޮލަރު ދައްކާ ގޮތަށް އެއިރުން ދެން އެމެން ބިލިއަނަރުންނަށް ބަދަލުވާނެ އެބިމުގައި އިންވެސްޓް ކޮށްގެން

The name is already taken The name is available. Register?

އަފީފު ދީދީ އައްޕަ

31 August 2025

ހުޅަގުގެ ބާރާ ފައިސާ ދަނީ ދަށްވަމުން. ދުނިޔެ ދަނީ އިރުމައްޗަށް އެނބުރެމުން. އެންޑީޕީ އުޅެނި ފެތެމުން ދާ އޮޑިއެއްގެ ނިވަލަށް ވަދެގެން. ދެން އިންތިހާބެއް ލިބޭނެތަ!

The name is already taken The name is available. Register?

ސސސސސސ

31 August 2025

އާރު ހުރި ބޭރު ދަތުރެއް އަދި ކިރިއޔާ ތިޔަ ކުރެވުނީ. ބޭކާރު ތަންނަށް ނުދާށޭ!

The name is already taken The name is available. Register?

ނިމުނީދޯ

31 August 2025

2030 ވަނަ އަހަރު އައުމުގެ ކުރިން ހަދަން ޖެހޭ ގޮތަކީ މާލޭގެ ދެކުުނުން އޮތް ތިލަ ކަނޑު ޗައިނާ އަށް ދޭންވީ 100 އަހަރު ދުވަހަށް މާލެ ވަރުގެ 10 މާލެ ހިއްކަން ދެން އެ 10 މާލޭގައި ހަދާނީ ބައިނަލްއަޤްވާމީ ޑޭޓާ ސެންޓަރު ތަކާއި އަދި ޑޭޓާ ވެއަރ ހައުސް ތައް ބޮޑެތި ހޮޓާ ތައް ވެސް ހިމެނޭ އުސޫލުން އެއިރުން ދުނިޔޭގެ އެތަން މިތަނުން މިތަންތަނަށް އިންވެސްޓް ކުރާނެއޭ ދެން އެއިރުން ރާއްޖެތެރޭގައި މީހުން ގަނަތެޅެން އުޅެން ނުޖެހޭނެއޭދޯ އެންމެން މާލޭގައި އުޅުނީމާ

The name is already taken The name is available. Register?

212333

31 August 2025

އޭ ބްރޯ. ލައިކް އީރާން ރާއްޖެ ބައެއްގެ ދަށަށް ދިޔަ ނުދެއްޗެ

The name is already taken The name is available. Register?

އަވަސްކުރާށޭ

31 August 2025

ޗައިނާގެ އެހީގައި އެބަޖެހޭ މާލޭ ފޭދޫފިނޮޅު އިރުން އޮތް ފަޅު ހިއްކާ އެތަނުގައި ޗައިނީސް އިންޑަސްޓްރިއަލް ޕާރކް ތަރައްގީ ކުރަން އަދި މާލޭ އުތުރު ފަރާތު ހާބަރ ބޭސިން އެއްކޮށް ހިއްކާލާ މާލޭ ބިން ބޮޑުކުރަންވީއޭ ދެން ހާބަރު ބޭރުތޮށިން ފެށިގެން 2 ކިލޯމީޓަރު އުތުރުގައި ބޮޑު ހިލަ ޖައްސާ ކަނޑު އެއީ ހާބަރު ކަމުގައި ހަދާ ޗައިނީސް އިންޑަސްޓްރިއަލް ޕާރކާއި މާލެ އާއި ދެމެދު 2 ބްރިޖް އަޅާ މޮނޮރެއިލްގައި ދަތުރު ކުރެވޭ ގޮތް ހަދަން ލޯން ނަގަންވީއޭ ޗައިނާ ބޭންކުން

The name is already taken The name is available. Register?

ޢަލީ ކުރުސީ

31 August 2025

ފެހި ސިގްނަލެއް ލިބުނުތޯ؟

The name is already taken The name is available. Register?

ދުނި

31 August 2025

20 އެމްއޯޔޫ އިން މިހާތަނަށް ލިބުނު ކުރިއެރުމަކީ ކޮބާތޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 August 2025

ޤައުމީ ތަރައްޤީގެނަމުގައި ދިވެހި ދައުލަތް ދަރަނިކޮށް އެތައްބިލިޔަން ޑޮލަރުގެ ލޯނުނަގައި ކ.އަތޮޅު މާލެ ވަށައިގެން އޮތް ކަނޑު ފަޅަށް އެފައިސާ އެޅުމުގެ ބަދަލުގައި ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ޤުދުރަތީގޮތުން ބިން ބޮޑު އަދި ހިއްކައިގެން ބިން ބޮޑު ކުރުމުގެ ފުރުސަތު އޮތް ރަށްރަށުގެ ތެރެއިން 10 ވަރަކަށް ރަށުގައި އިންސާނުން ދިރިއުޅެން ބޭނުންވާ އަސާސީ ހިދުމަތް ޤާއިމްކޮށް އިޤްތިސޯދީ މަސައްކަތެއް ކުރުމަށް ނުވިސްނަނީ ކީއްވެގެންތޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 August 2025

ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، އަދި އައްޑޫސިޓީ އަކީ ކ.މާލެއަށް ވުރެ ގުދުރަތީ ބިން ބޮޑު އަދި ހިއްކައިގެން ކ.މާލެވަރުގެ 4 މާލެ ސައިޒަށް ބަދަލު ކުރެވޭނެ ރަށްތަކެއް. އެހެންނަމަވެސް މާލޭސަރުކާރު ބޭނުމެއްނުވޭ މާލެނޫން ރަށެއް ތަރައްޤީ ކުރާކަށް.

The name is already taken The name is available. Register?

މަހަށްދޭދޭބަލަ

31 August 2025

ތަމެން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށްދޭބަލަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454