އެސްސީއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި ޗައިނާގެ ރައީސް ޝީ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން ޝީގެ ދެކަނބަލުން މަރުހަބާ ދަންނަވަނީ.
01 ސެޕްޓެމްބަރ 2025 - 22:00
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ދައުރު ފުޅާކޮށް، ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް އެ ޖަމިއްޔާގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް، ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތުގެ މައްޗަށް އަލިއަޅުވައިލައްވައިފަ އެވެ.
ނަމަވެސް، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެ ފަދަ ގައުމުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ކަން ހާސިލުކުރުމަށްޓަކައި އެސްއޯއީގެ ދައުރު އިތުރަށް ފުޅާކޮށްގެން، މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ލީޑަރުން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.
މިގޮތުން، ރައީސް ވަނީ އެސްއޯއީ އާމެދު ރާއްޖޭން ތަސައްވުރުކުރާ ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފަ އެވެ.
ފުރަތަމަ ކަމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނެވި ތަރައްގީ އަށް މަސައްކަތް ކުރުމަކީ، އެސްއޯއީގެ މައިގަނޑު އަސާސްކަމަށް ހަދަންޖެހެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭން މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ލަނޑުދަނޑިތައް ހާސިލުކުރަން ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު ބަޔާން އިއްވަވަނީ.
"މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެސްސީއޯ އަށް އިސް ދައުރެއް އަދާކުރެވޭނެ ދާއިރާތަކެއް. ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، ދެ ފަރާތަށް ވެސް ފައިދާކުރަނިވި އެއްބާރުލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރަނިވި އަދި މާނަހުރި ގުޅުންތަކެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
ދެވަނަކަމަށް އެ މަނިކުފާނު ހުށަހެޅުއްވީ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޑިޖިޓަލް ކަނެކްޓިވިޓީއަށް މަގުފަހިކުރުމުގެ އިންޖީނަކަށް އެސްއޯއީ ވުމަށެވެ.
އެސްސީއޯ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް
ފަހު ކަމަކަށް ރައީސް ވިދާޅުވި ގޮތުގައި، އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމް ކުރުމާއި ހަމަހަމަކަމާއެކު ކުރިއެރުންތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާ ޒަމާނެއް އެސްސީއޯއަށް ގެނެވިދާނެކަމަށް ރާއްޖޭން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ކޮންމެ ގައުމަކަށް ވެސް، ސައިޒަށް ނުވަތަ ސަރަހައްދަށް ބެލުމެއް ނެތި، ދުނިޔޭގެ ނިންމުންތައް ބައްޓަން ކުރުމުގައި އަޑު އިއްވުމުގެ ފުރުސަތު އޮންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ތަރައްގީ އާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހުށަހެޅުއްވި ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ރާއްޖޭން ތާއީދުކުރާކަން ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
02 September 2025
މިދިޔަ ސަރުކާރުގެ ކިބައިން ބޮޑެތި ޤައުމުތައް އެދުނީ ކޮވިޑް މެނޭޖް ކުރިގޮތް ކިޔާދޭން! މިސަރުކާރުން ދުނިޔޭގެ އެންމެ ބޮޑެތިބާރުތައް ހިމެނޭ އޮގަނައިޒޭޝަންތައް ހަރުދަނާކުރެވޭނެ ގޮތް މިހިރަ ކިޔާދެނީ! އާދައިގެ ބައެއްނޫނޭ ދިވެހިން މިއީ!
ބުއްސު
02 September 2025
މޫސުމީ ބަދަލުތަކާއި ޓެކްނޮލޮޖީ އަށް އެހީތެރިވެދިނުން... މީކޮން މޫސުމީ ބަދަލެއްތަ؟ ހަމަ ވައި އަނގައެއް. މިތަނުގެ ކިޔަވާކުދިންނަށް އެގައުމުތަކުން ފުރުސަތުދީ، ބޭސްފަރުވާގެ ހިދުމަތް ތަރައްގީކޮށް އަގުހެޔޮކޮށް މުޅި މިސަރަހައްދުގައި އަގު އެންމެ ކުޑަ އަގެއްދގައި ކުރާ ސަރަހައްދަކަށް ހަދަންހިނގާށޭ ބުނިންމަ.
ބޭސްލައިން
02 September 2025
ވެެރިކަން ދެބަައިވާއިރު, އަމިއްލަ ގައުމުގަ އޭޓީއެމް ހުޅުވުން ނޫން އިތުރު އެއްވެސް މަޝްރޫއެއް ހިންގަން ނޭނގުނު މީހަކު ގޮސް ޗައިނާއަށް އައިޑިޔާ މިދެނީ. ސަޅި
ޝަހުމް އާދަމް
02 September 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ގައުމުގެ ނަން ފަހުރިވެރި ގޮތުގައި ބޭރުގައި އަދުގެ ރައީސް ތަމްސީލު ކުރާތަން.
އަހްމަދު ސަނީހް
02 September 2025
ފަހުގެ ތާރީހެއްގައި މި ގައުމު ދުއް އެއްމެ ވަރުގަދަ ލީޑަރު މިއީ. ޑރ.މުޢިއްޒް. ހީކުރި ގޮތާ ހިލާފަށް މާ ވަރުގަދަ
މިސްކިނާރު
02 September 2025
އަނެއްކާ ބިއްލޫރި ޓަނަލް ކަަހަލަ ތަސައްވުރެއްބާ؟
އަފްރާސިޔާބު
02 September 2025
1. މޫސުމީ ބަދަލުތަކާއި ޓެކްނޮލޮޖީ އަށް އެހީތެރިވެދިނުން. 2. ވިޔަފާރިއާއި އިންވެސްޓްމަންޓާއި ޑިޖިޓަލް ކަނެކްޓިވިޓީއަށް އެހީވެތެރިވެ ދިނުން. 3. އެއްގައުމުން އަނެއްގައުމަށް އިހުތިރާމްކުރުމާއި ހަމަހަމަ ކަމާއެކު ކުރިއެރުމުގެބމައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާޒަމާނެއް ގެނައުން. ވަރަށް ރަނގަޅުތާ އަވަށްޓެރިންނަށް މަލާމާތާއި ފުރައްސާރަ ކޮށްފައި މުއްސަދި ގައުމެއްކަށް ދައްކާފައި މިކަހަލަ ވާހަކައެއް ދައްކަން.
ޙީލަތްތެރިން
02 September 2025
އެމީހުހނަށްވެސް އިނގޭ މިހާރު އަހަރުމެނެގެ ކަމަކި އެއްޗެކޭކިޔައިގެން ފައިސާނެގުންކަން. ޢަހަރުމެންގެ ހީލަތްތެރިކަން އެމީހުނަށްވެސް އިނގިއްޖެ. ޑެން ފައިސާއެއްނުދޭނެ!