ރައްޔިތުންގެ މަޖިލީހުގެ އިދާރާ. މަޖިލީހުގެ ކުރީގެ 173 މެމްބަރެއްގެ ހެލްތު އިންޝުއަރެންސަށް މިދިޔަ 11 އަހަރުގެ 18.9 މިލިޔަން ރުފިޔާ ހަރަދުވި.
04 ސެޕްޓެމްބަރ 2025 - 14:34
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ވޭތުވެދިޔަ 10 އަހަރު ޖުމްލަ 18.9 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން މިހާރު 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނޭ ގޮތުން 173 މެންބަރަކަށް ޖުމްލަ 18.9 މިލިޔަން ރުފިޔާ ހަރަދުވެފައި ވަނީ ދެ ރޭޓެއްގައި ހެލްތު އިންޝުއަރެންސަށް ދައުލަތުން ދެއްކި ފައިސާއިންނެވެ. އެ ހިސާބުތަކުގައިވާ ގޮތުން 2017 ވަނަ އަަހަރާ ހަމައަށް ހެލްތު އިންޝުއަރެންސަށް ފައިސާ ދައްކަން މެންބަރަކަށް އަހަރަކު ހަރަދުކޮށްފައިވަނީ 12،500ރ. އެވެ. އޭގެފަހުން އަހަރަކު 24،000.ރ ގެ ރޭޓުން ހެލްތު އިންޝުއަރެންސަށް ހަރަދުކޮށްފައިވެ އެވެ.
ނަމަވެސް މީގެ ތެރޭގައި މިހާރު ތިއްބެވި މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ހަރަދުކުރާ ފައިސާއެއް ނުހިމެނެ އެވެ.
ކުރީގެ މެންބަރުންގެ ހައިސިއްޔަތުން ދައުލަތުން ހެލްތު އިންޝުއަރެންސް ދިން ނަމަވެސް، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ މުއްދަތުގައި ހެލްތު އިންޝުއަރެންސަށް ހަރަދު ކުރާނީ އެ މަގާމަކަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިންނެވެ.
މީގެ އިތުރުން މަޖިލީހުގެ މެންބަރުކަން އެއް ދައުރު ކޮށްފައިވާ މެމްބަރުން ވެސް އުމުރުން 55 އަހަރުވުމުން ދައުލަތުން މާލީ އިނާޔަތެއް ދެ އެވެ. އަދި އެއް ދައުރަށް ވުރެ އިތުރަށް މެމްބަރުކަން ކޮށްފައިވާނަމަ އެ އިނާޔަތް އިތުރަށް ބޮޑުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނައިނު
06 September 2025
އާންމު ރައްޔިތަކަށް ހައްޤު ނުވާ އެއްޗެއް މެމްބަރުކަން ކުރީތީ އިތުރަށް ހައްޤުވާ ސަބަބެއް ބުނެދީބަލަ؟ މަޤާމަކީ ވަގުތީ ކަމެއް! އިއްޒަތަކީ ތިމާގެ ހެޔޮލަފާ އަޙްލާޤުން ލިބޭ އެއްޗެއް! އެކަމަކު ކޮރަޕްޝަނަކީ ތިމާ އަމިއްލައަށް ފަތުރާ ފަސާދައެއް! ލަދެއްވެސް ނުގަނޭ!
ޣުރީކު
06 September 2025
ދިވެހިރާއްޖެ ވަރުގެ މުއްސަނދި ގައުމެއް މި އުޑުދަށަކު ނޯންނާނެ އިނގޭ ކުދިންނޭ!
އަހައްމު
05 September 2025
ދިވެހި ދައުލަތުގެ "މުއްސަދިކަމުން" އެބައިމީހުން އުޅެނީ ކުރާނެ ނުކުރާނެ ޙަރަދެއް ނޭނގިގެން..
ފަޤީރުކޮއި
05 September 2025
މީ ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވައިގެން އުޅޭ ބުރަ، ބަރު ތާކިހާއެއް. މި މީހުންގެ ކިބައިން ސަލާމަތްވާނޭ މަގެއް، ކޮޅެއްވެސްނެތް. މީ ދެން ކިހާ ވަރުގަދަ..
ހުސްވަނީ
04 September 2025
މިކަހަލަ ދެއުޅިއެއް ނުވާ ޙަރަދު ތަށް ގިނަވެގެނޭ ދައުލަތަށް ހިންދަމާ ނުލެވިގެން އުޅެނީ
ނަހއިސމސ
04 September 2025
ބޭކާރު ހަރަދެއް. ހިލޭ ސާބަހަކަށް ނޫންދޯ އެމީހުން މަސައްކަތް ކުރީކީ. 80000 ގެ މުސާރައަށް ކުރީ، ދެން ނުޖެހޭ އުމުރު ދުވަހު ސަރުކާރުން އެމީހުންނަށް ފައިސާ ދޭކަށް
މުލޭ
04 September 2025
މިވެސް ކުރާކަމެއްތަ!
މައްކޫ
04 September 2025
ނުޖެހޭނެ ދޭކަށް، ތިޔައީ ވަޒީފާއެއް ނޫނޭ، ޓެނިއޮރޝިޕް ނިމުމުން ހުރިހާ އެއްޗެއް ޖެހޭނީ ކަނޑާލަން. ކިހާ ދެރަކަމެއް. ތިޔައީ ސަސްޓެއިނަބްލް ކަމެއް ނޫނޭ.
ނަނާނުކަހާ
04 September 2025
މީގަ އެމްޑީޕީ މީހެއް ނެތްތަ
ރާވެރިބެ
04 September 2025
މީދެން ތަންކޮޅެއް ބޮޑުވަރު! ރައްޔިތުން ތަމްސީލް ކުރަން މަޖިލިސްގަ އުޅުނޭ ކިޔާފަ އެމީހަކަށް މުޅި އުމުރަށް ވަކިން ޙާއްސަ މެޑިކަލް އިންސުއަރަންސް ދައުލަތުން ދޭކަށް ނުޖެހޭނެ! އެހެން ރައްޔިތުންނަށް އޮންނަ އާސަންދަ ލިބޭނެ. މިކަން ވަގުތުން ހުއްޓުވަން ސަރުކާރަށް ގޮވާލަން. މީޑިއާ ނެތްނަމަ މިކަންވެސް ފަޅާނާރާނެ!