ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެމްއެންޑީއެފް
08 ސެޕްޓެމްބަރ 2025 - 14:11
މާލޭ ގެއެއްގެ ބަދިގޭގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ގޭގެ ބަދިގޭގައި ބައްޓާފައި ހުރި ހުޑެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައި ވަނީ 11:00 ހާއިރު ކަމަށާއި ހުޑްގައި ރޯވި އަލިފާން، 11:17ގައި އެމްއެންޑީއެފުން ނިނިއްވާލައިފައިވާ ކަމަށް ވެސް ބުންޏެވެ.
ހ. މެލްބޯން ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާ ހިނގާފައި.-- ފޮޓޯ: އެމްއެންޑީއެފް
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް ފޮޓޯތަކުން ފެންނަނީ ހުޑާއި ކަބަޑުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ހުރި ތަނެވެ. އަދި އެ ތަނުގައި ބަހައްޓާފައި ހުރި އުނދުނާއި އޭގެ މަތީގައި ހުރި ތެލިތައް ވެސް ވަނީ އަނދައިފަ އެވެ.
ބަދިގޭގައި ހުރި މިކްސަރު ފަދަ ކަރަންޓު ސާމާނަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުންސަރު
08 September 2025
ހާދިސާ ރިޕޯޓްކުރިތާ 17 މިނިޓުން ނިއްވާލީ، ރިޕޯޓް ކުރިއިރު ސިފައިން ތިބީ އަނެއްކާ އެގޭގަބާ،