ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު.
09 ސެޕްޓެމްބަރ 2025 - 09:15
ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވަދެ، އޮޕަރޭޝަނެއް ފަށައިފި އެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ މީހުން ތިބޭ އެ ސެންޓަރަށް ފުލުހުން ވަނީ، އެ ތަނުގައި ގެންގުޅުން މަނާ ބައެއް ތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތަކާ ގުޅިގެން ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ ޝައްކެއް ނުކުރެވޭ ހާލަތުގައި ވެސް، އެންޑީއޭގެ ދަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެހެން ތަންތަނުގައި ވެސް ދޭތެރެއަކުން އޮޕަރޭޝަން ހިންގާ ކަމަށެވެ.
އެކަމަކު ލުބްނާ ވިދާޅުވި ގޮތުގައި މިއަދު އޮޕަރޭޝަން ކުރިއަށް ދަނީ ސެންޓަރަށް ފޯނު ވައްދައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މުޅި ތަން ބަލައި ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަންޑޭ
09 September 2025
ކީއްވެތޯ ޖަލުގައި ފުލުހުންގެ އޮޕަރޭޝަން ނުހިންގެނީ. ކަރެކްޝަން އޮފިސަރުންގެ ވިޔަފާރި ދަށް ވެދާނެތީ ތޯ.
ފަރުހާދުބެ
09 September 2025
ރިހެބް ސެންޓަރަށް ފޯނު ވެއްދެނީ ތިތާ ތިބޭ ސެކިއުރިޓީ ގާޑުން އެވަރަށް ނުބަލާތީ ކަމަށް ބެލެވޭ. ތިވަރުކަމަކަށް ފުލުހުން ބޭނުންނުކޮށް ހަމަ ނުވޭތަ
މެންގްރޫޥް
09 September 2025
ރަނގަޅުވާން އުޅޭ ބަޔަކަުވެސް، އަދި ބަޔަކު ރަނގަޅު ކުރުމުގެ ނިޔަތުގަ އުޅޭ ބަޔަކަުވެސް ތިތަނަށް މަނާ ތަކެތި ވައްދައިގެން އުޅޭނެކަމަށް ޤަބޫލުނުކުރަން. އެހެންވީމަ ފާލު ބަލައިގެންވިޔަސް އެތަކެތި ފޯރުކޮށްދިން މީހާ ހޯދާފަ ވަޒީފާއިން ވަކިކުރަން ފެންނަނީ. ފުލުހުންނަށް ހަވާލުކޮށްގެން އެމީހުން ކުރާ ތަހުގީގަކުން އެކަންކުރި ބަޔަކު އަތެއް ނުޖެހޭނެ.