ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު: އެތަނުގައި ހިންގި އޮޕަރޭޝަނުގައި ޑްރަގު ފެނިފައިނުވާ ކަމަށް ފުލުހުން ބުނޭ.
09 ސެޕްޓެމްބަރ 2025 - 15:03
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން ވަދެ، ހިންގި އޮޕަރޭޝަނުގައި އެތަނުން ޑްރަގް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ އެ ސެންޓަރަށް ފުލުހުން ވަދެފައިވަނީ އެތަނުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މުޅި ތަން ބަލައި ފާސްކުރުމަށްފަހު ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ އެ މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައިނުވާ ކަމަށެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި އެ އޮޕަރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޑްރަގަށް ފަރުވާދޭ މަރުކަޒުތަކަކީ މަސްތުވާތަކެއްޗާއި މަނާ ހުރިހާ ތަކެއްޗެއް ނެތް ތަންތަނުގެ ގޮތުގައި ހެދުމާއި އެތަންތަނަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރައްކާތެރި އަމާން މާހައުލަކަށް ހެދުމުގެ މަގްސަދުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެންޑީއޭގެ ބަޔާނުގައިވެ އެވެ. މީގެކުރިން ކ. މާފުށީ ޖަލަށް ވެސް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދާ ފަރާތްތައް އަތުލައިގަތުމަށްޓަކައި ފުލުހުން އޮޕަރޭޝަންތަކެއް ހިންގާފައިވެ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ކަރެކްޝަންސްގެ ބައެއް އޮފިސަރުން ހައްޔަރުކޮށް، ދައުވާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
09 September 2025
ބޮޑު ނެޓް ވޯކް އެކެވެ. ތަހުގީގުކުރާ މީހުންނާ ، ރެއިޑް ކުރާ މީހުންނާ ، ވަކީލުންނާ ، ހުކުމް ކުރާ މީހާ އާ ލާމެހިފަ އެވެ. ފޮރުވިފައިވަނީ ނުހައްގު މުއްސަނދި ކަމެވެ. ހަގީގަތްއެނގޭނީ ޝައްކުވާ މީހުންގެ ކޯލް ރިކޯޑް ކުރީމަ އެވެ.
ރަދީފްއޮފިޝަލް /
09 September 2025
ރަނގަޅު ގްރެފިޓީއެއް އެބަ ފެނޭ.ގޯހެއް ނޫން.
މޮޔަވާނެ
09 September 2025
ހެޑްލައިން ކިޔާލީމަ ހީވަނީ ކޮންމެހެން އެތަނުން ޑްރަގް ފެންނަން ޖެހޭހެން. މީހަކު އަޅެ ހޭބައްޔެއް ނުވާނެ ތަ؟
ބުޖަޑާ
09 September 2025
ބައްލަވާ ތީ ފިހާރައެއްނުން އެއްޗެހި ޑިސްޕްލޭކޮށްފައި ބަހައްޓަން. ތިތާތިބެނީ އެކަމުގެ އެޑިކްޓުން އެތިބެނީ މަސްތުވާނެ އެއްޗެއް ނުފެނިފައި އެމީހުންގެ އޮރިފިސްތައް ރަގަޅަށް ބަލާބަލަ އަގައަށްލާ ދިރުވާލީތޯ ނޫނީ އެހެން ލޯވަޅަކުން ހަށިގަޑުތެރެއަށް ފޮނުވާލީތޯ. ތަނެއްގައި ބަހައްޓާފައި ހުރިތިޖޫރީއެއް ވަގަށް ނެގީމައި އެތަނުން ދެންކޮން ފައިސާއެއްތޯ ފެންނާނީ.
އަސް
09 September 2025
ބަލަން ދަމުން ނޫހުގަ ދާ ވާހަކަ ޖަހާފަ ދިޔާމަ ފެންނާނީ
އައްލޫބެއްޔާ
09 September 2025
މީހުން އެބަބުނޭ ތިދިމާލުން ފާޑަކަށް ހިގަމުން ދިޔަ ދެތިންމީހުން ފެނިއްޖެއޭ. ބަނޑުފުއްޕާފައި ހީވަނީ ދެންމެ ދެންމެ ހޮޑުލަފާނެ ހެންނޭ އެމީހުން އެކްރޭ ނަގަންވީނުން
މައިކާލޯ
09 September 2025
ހުސް ގޭމު. ކަލޭމެން ކުރީބައިގައި އެމީހުންނަށް އަންގާފައި އަހަރުމެން އެބައަންނަމޭ ބުނެފައި ހޯދިމައި ކޯޗެއް ފެންނާނީ... މ ނުފެންނާނެ.
ސަސި
09 September 2025
އެއީ ޑުރަގު އުފައްދާ، ވިއްކާ ތަނެއް ނޫން ކަންނޭންގެ