ކ. ހިންމަފުށީގައި އެހެލާފައި އޮތް ދެ ލޯންޗެއްގައި ރޯވެ އަނދައިފި އެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކޮށްފައި ވިޔަސް، އެ ދެ ލޯންޗް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެންމެ ފުރަތަމަ ރޯވީ އޭގެ ތެރެއިން އެއް ލޯންޗުގަ އެވެ. ދެވަނައަށް ރޯވީ އެ ލޯންޗާ ކައިރީގައި އޮތް އެހެން ލޯންޗެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.