ޚަބަރު / ރައްޔިތުންގެ މަޖިލިސް

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ މާއްދާ އުނިކޮށް މީޑިއާ ބިލް ފާސްކޮށްފި

ނޫހަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ނޫސް ހުއްޓުމަކަށް ގެނައުމުގެ ބާރު ދީފައި އޮތް މާއްދާ ބިލުން އުންޏެއް ނުކުރޭ.

ރައްޔިތުން މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި: ބިލް ބޭރުކުރަން ގޮވާލައި ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް މަޖިލީހުން މިއަދު ބިލް ފާސްކުރީ ބައެއް އިސްލާހުތަކާ އެކު. -- ފޮޓޯ | މަޖިލިސް

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް އުނިކޮށް، އިސްލާހުތަކަކާ އެކު އެ ބިލް މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މަޖިލީހުން ބިލް ފާސްކުރިއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް، ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތައް ގެނެސް ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ.

އެންމެ ބޮޑު އެއް ބަދަލަކީ ވަކިވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކޮށްފައި އޮތުމެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.

ބިލުގައިވާ ގޮތުން، މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންޖެހެ އެވެ.

މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިހުގެ އިދާރާ ކައިރީގައި އަޑު އުފުލަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެގޮތަށް އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ އެކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް އޮވެ އެވެ.

އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުމުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެެ.

ބިލުގައި ބުނީ ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމުގެ ބާރު ވެސް އޮވެ އެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ބިލުގައި ބުނީ ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު ކޯޓުން ނިންމާ ގޮތެއްގެ މަތިން ރަޖިސްޓްރީ ބާތިލުކޮށް، އެގޮތަށް ލައިސަންސް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ލައިސަންސް ބާތިލުކުރުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

މީޑިއާ ކޮމިޝަަނަށް ރައީސަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ މާއްދާ ވަނީ އުނިކޮށްފައި. ކޮމިޝަންގައި މިހާރު ހިމެނޭނީ މަޖިލީހުން ކަނޑައަޅާ 3 މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެމްބަރުން.

ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް އެއް މާއްދާއަކީ މީޑީއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ބިލުގައި ދީފައި އޮތުމެވެ. އެ މާއްދާ މިހާރު އުނިކޮށް، ބިލުގެ ދަށުން އުފައްދާ ހަތް މެމްބަރުންގެ ކޮމިޝަނުގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމިޝަނަށް ރައީސް އައްޔަންކުރުމުގެ ބާރު ދީފައި ވަނީ ވެސް މަޖިލީހަށެވެ.

މަޖިލީހުން ކޮމިޝަނަށް މެމްބަރުން ކަނޑައެޅުމުގައި އަމަލުކުރަންވާނީ ކޮމިޝަނުން މެމްބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ބިލުގައި ވެ އެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަޖިލީހުން އިއުލާންކުރަންވާނެ އެވެ. ކޮމިޝަންގެ މެމްބަރު ކަމަށް މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރެއްގެ މަގާމުގައި ހުރި މީހަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ބިލުގައި ހިމެނޭ ބައެއް ކަންކަން:

- ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސަންސް އޮތް ފަރާތާ މެދު ފިޔަވަޅު އެޅުމުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެ ގާނޫނާ އެ ގާނޫނުގެ ދަށުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ.

- ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ކޮމިޝަނުން ބަލާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ.

- ޖަވާބުދާރީވުމަށް ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް އެކަށިގެންވާ ވަގުތު ދޭންޖެހޭ. އަދި ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ބިލުގައިވޭ.

- އެ ބިލުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން މައްސަލައެއް ބަލާ ނަމަ، އެ މައްސަލަ ބަލާނެ ވަގުތީ މައްސަލަ ބަލާ ކޮމިޓީއެއް ހަދަންޖެހޭ. އެ މައްސަލައަކީ މުޅި ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމަށް ފެންނަ ނަމަ، އެ މައްސަލަ ބަލާ ކޮމިޓީގެ ދައުރު އަދާކުރާނީ ކޮމިޝަނުން.

- މައްސަލަ ބަލާ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުން ނޫން މީހުން އައްޔަންކުރެވޭ. އެ މީހުންނަކީ އެ ގާނޫނުގައި ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެވޭ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތައް ފުރިހަމަވެ، ފަންނީ ފަރާތްތަކެއް ކަމަށް ވުން.

- މި ގާނޫނަށް އަމަލުކުރަން ފަށާތާ 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގަވާއިދު ހަދަންޖެހޭ.

- ނޫސްވެރިންގެ ދަފްތަރެއް ބެލެހެއްޓުން އަދި ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަށް ނޫސްވެރިކަމުގެ ފާސް ދޫކުރުން.

- ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާ ގުޅޭ ނިސްބަތަކަށް ހިނގާނެ. ނޫސްވެރިންނާ ގުޅޭ ގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީީޑިއާގައި މަސައްކަތްކުރާ މީހުންނަށް އެމީހުންނާ ގުޅޭ ނިސްބަތަކުން ހިނގާނެ ކަމަށް ބިލުގައިވޭ.

ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މީޑިއާ ބިލު މިރޭ ފާސްކޮށްފައިވާ އިރު ނޫސްވެރިން މަޖިލީސް ދޮށުގައި އަދިވެސް ގެންދަނީ މި ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ނޫސްވެރިން ގޮވަމުން ދިޔައީ މި ބިލު އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެ ސަރަހައްދަށް ފުލުހުން ގޮސް މަޖިލިސް ކުރިމަތިން ނޫސްވެރިން ދުރުކޮށް، ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާއިރު ބިލާ ދެކޮޅަށް 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

42 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 32%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

17 September 2025

އިންޓަނެޓަށް ދިވެހިރާއްޖޭގެ ބާރު ފޯރުވޭނެ ކަމުގަ އުންމީދުކުރަނީތަ؟ ކަލޭމެން ރުޅި އަންނަ ވާހަކައެއް އިންޓަނެޓުގަ އޮއްވާ ފެނުނީމަ، އިންޑިޔާ މީހުން ދިން މަނަވަރާއި ތުރުކީން ދިން މަނަވަރުގަ ފުރައިގެން އައިސް އެ ވާހަކަ ލިޔުނު މީހާ، ހުރި ތަނަކުން ހައްޔަރުކޮށް، ބިޑި އަޅައި، އަނދަގޮނޑީގަ ބާއްވައިގެން ގެންގޮސް، ކަލޭމެންގެ ކޯޓާށް ފޮނުވަންތަ ގަސްދު ކުރަނީ؟ މުޅި ދުނިޔެ ކަލޭމެންނާ ދިމާޔަށް ހޯއް ގޮވާނެޔޭ!

The name is already taken The name is available. Register?

ދޮންދޮނާ

17 September 2025

ކީއްވެބާ މިހާ ކަންބޮޑުވެގެން މިއުޅެނީ ރަނގަޅު ނޫސްވެރިޔަކު ދޮގުމައުލޫމާތު ފަތުރާނެ ތޯ؟ ރަނގަޅު ނޫސްވެރިޔަކު ސާބިތުނުފިފޭ ވާހަކަ ބުންޏޭ ބުންޏޭ ކިޔާފަ ލިޔާނެތޯ؟ ނޫނީ ޚަބަރެއްގެ ގޮތުގައި ކިޔަން ބޭނުންވާ ސަބަބެއް ނުވިސްނޭ

The name is already taken The name is available. Register?

މިހާގް

17 September 2025

ތެދަކީ ގިނަ ފަހަރަށް އެމީހަކު ގަބޫލުކުރާ ގޮތެވެ. އެކަކަށް ތެދަކީ އަނެކަށް ދޮގެވެ. ސާބިތުނުހިފޭ ދޮގު ވާހަކަ ދެއްކުމަކީ އިންސާނުން އުޅެންފެށީއްސުރެން އޮންނަ ކަންތަކެވެ. އެކަމަކު ދުނިޔެ ދައްކާފައިވާ ހަގީގަތަކީ ވަގެކޭ ގޮވާފައި ހުންނަނީ ވަގުންނަށްކަމެވެ. ޖާހިލެކޭ ގޮވާނީ ޖާހިލަކަށް ކަމަށް. އެއީ ތިހެންހަދާ ގާނޫނަކުން ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ކުރެވޭނެހާވެސްކަމަކީ ކޮންމެވެސް ބަޔަކުޖަލަށްލުމެވެ.

The name is already taken The name is available. Register?

އަބްޑޫޅް +

17 September 2025

ދެންފަހެ، އިސްލާން ދީނަށް ނުރައްކަލެއް އޮވެދާނެ ކަމުގައި ހީކުރަންވެސް ނުވާނެ. އެ ކަހަލަ ހިޔާލު ހިތަށް ގެނައުމަށް ވެސް އަހުރެން، ފިތްކަނޑައިގެން ގޮސް، ބިރުވެތި ވަން. ކަލޭމެން ބިރުވެއްޗެއް ނުވަމުތަ؟ ފަހެ، މާތްރަސްކަލާގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމުން، އިސްލާން ދީނަށް ނުރައްކަލެއް އޮތުން، އެއީ މުސްތަޙީލު ކަމެއް ކަމުގައި، އަހުރެންގެ ހިތުގައި ޝައްކުކަމެއް އޮތުމަކާއި ނުލައި، ތެދުކޮށް، ކަށަވަރުކޮށްގަންނަން. މާތުރަ.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

17 September 2025

ބުނާކަހަލަ، ހަޅޭލަވަލަވާ ތިބޭށޭ. ފުލް މެޖޯރިޓީ އެބައޮތޭ. ބޭނުންވާ ބިލެއް ބޭނުންވާގޮތަށް ފާސްކޮށްލާނަމޭ. ތި ބޮޑާކަމާއި ކިބުރުވެރިކަން ނެތިކޮށް ހަމަ ބިމަށް ތިރިކުރައްވަން ވެސް ﷲ ކުޅަދުންވައްތަ.

The name is already taken The name is available. Register?

ލަސް

17 September 2025

ތަހުޒީބު ކަމެއްނެތް ރަށްފުށު ވިސްނުމުގެ ބަޔަކަށް ހީވެދާނޭ ދުލާއި ގަލަން ގައިދުކޮށްގެން ވެރިކަން ކުރިވިދާނެޔޭ. އެކަމަކު އެއީ ވަރަށް ބޮޑު އޮޅުމެއް. އެގޮތަށް ރައްޔިތުން ކޮންޓްރޯލް ކުރެވުނު ޒަމާން މާޒީގެ ސަފްހާތަކުގެ ތެރެއްއަށް ގޮސް އޮބާލައިފި. މާދުރުނޫން ގައުމުތަކުން ތަމްސީލުވަމުން ތަރުތީބުވަމުން އެދަނީ މިއަދުގެ ހަގީގަތް.

The name is already taken The name is available. Register?

ތުޅާދޫ އަލީ(ސަފީނާ)

17 September 2025

ދޮގުހަދާ ނޫސްތައް އުވާލަންޖެހޭ. މީ އިސްލާމީ ޤައުމެއް. އިސްލާމީ މިންގަނޑުގެ ތެރޭން މެނުވީ ބަސްބުނެވިގެންނުވާނެ!

The name is already taken The name is available. Register?

އާލް ސުއޫދް ދީން ދެއްތޮ؟

17 September 2025

އިސްލާމީ ގައުމުގަ ރާވިއްކަން ރިބާ ނަގަން އޫރުމަސް ވިއްކަން ހުއްދަދެވޭތަ؟

The name is already taken The name is available. Register?

ވިލާތް

17 September 2025

ރަށްފުށު ވިސްނުމުގަ ހުރިހާކަމެއްވެސް އޮންނާނީ ތިގޮތަށް. ނާތަހުޒީބު ލާދީނީ ވިސްނުން

The name is already taken The name is available. Register?

ގޮނުއަނގަ

17 September 2025

އެއްވެސް ދިވެހި ފަރުދަކަށް ނުދޭ ހައްޤެއް މިޤާނޫނުގައި ނޫސް ވެރިންނަށް ލިބިދީފައި މިވަނީ ދައުލަތުގެ ނުފޫޒު މިއަށް ނުފޯރުވާން ވެގެނެއްނޯ؟ ވަކި މުއްދަތެއްގައި ނިންމާ ހުކުމްކުރުމަށް ޜައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ޝަރުޢީ ކޯޓުތަކަށް ޤޢނޫނަކުން އަމުރު ނުކުރަނީ ކީއްވެތަ.

The name is already taken The name is available. Register?

ޝެލަރީ

17 September 2025

ދެން ކިހިނެއް އަންނަ އިންތިހާބުގަ އިންޑިއާ އައުޓް ލިޔެގެން ޓީޝާޓެއްވެސްލާނީ

The name is already taken The name is available. Register?

ޝޮކްތެރަޕީ

17 September 2025

މިއަކުނެއް ނުސްވެރިން ތެޅި ފޮޅެން ޖެހޭ ސަބަބެށް. ތެދު ހަމަރު ގެނެސް ދިނީމަ ރަނގަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454