މެމްބަރު ފަލާހް: އޭނާ ވަނީ ހުޅުމާލޭގެ ބިމެއް ބައްލަވައިގެންފައި --- ފޮޓޯ/މަޖިލިސް
17 ސެޕްޓެމްބަރ 2025 - 15:46
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ 2 ގެ ބިމެއް މިދިޔަ ޖުލައި މަހު ފަލާހަށް ވިއްކަން ނިންމައި، އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން 3،250 އަކަފޫޓުގެ އެ އަމިއްލަ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު ފަލާހް މިހާރު އެއްކޮށް ދައްކައި، ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ފަލާހްގެ މާލީބަޔާން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން އާންމު ކުރިއިރު، ފަލާހް ރ. އިންނަމާދޫގައި ވެސް ފަލާހްގެ ނަމުގައި ބިންތަކެއް ހުރެ އެވެ. އަދި އާމްދަނީގެ ގޮތުގައި ވެސް ފަސް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބަޔާންތަކުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މާލީ ބަޔާންތައް ހާމަވި ދުވަސްކޮޅާ ދިމާކޮށް ފަލާހު މި މަހުގެ ތިން ވަނަ ދުވަހު ވިދާޅުވީ، ހުޅުމާލެ އިން ބައްލަވައިގަނެފައިވާ ގޯތި ވެސް އުޅެނީ ރަޖިސްޓަރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށެވެ.
"އަދި އިންނަމާދޫ އިން ގަނެފައި ރެޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބައުޅޭ،" ފަލާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން
18 September 2025
ސަންދޯކަށް ލާގެން ދޭ ކައްވަޅަށް.
ޢެހެން ދޯ
18 September 2025
ނުހައްގު މުއްސަންދިކަން.
ހެޔޮއެދޭ ފަރާތެއް
18 September 2025
ކޮންގްރެޖުލޭޝަން ފަލާހް ސޯ ޕްރައުޑް
އެއްދައުރުގާ ހަޅޭއްލަވާފައި އަނެއްދައިރުގާ ކާ ނިޒާމު
18 September 2025
މިބިންތަކުގެ ކުލީ އަޅުންނަށް ވެގެން އަމިއްލަ ގައުމުގާ ބިކާރީ ވާންވެގެން އަހަރެމެން ޑިމޮކްރެސީއޭ ކިޔާގެން މިތިބީ! ތިޔަ 28 މިލިޔަން 280 މިލިޔަނަށް ހަފާދޭނީ އަހަރެމެންގެ ދަރީން އެކުދީންގެ ޒުވާންކަމުން 15 ވަރަކަށް އަހަރު ގުރުބާން ކޮށްގެން! އެއްދައުރުގާ ހަޅޭއްލަވާފައި
ސީ އެން އެން
18 September 2025
ތި ބިންތަކާއި ގޯތިތައް އަދި ބޮލުން ސަލާމަތްނުވެގެން ވެސް އުޅެން ޖެހޭނެކަން ދަންނާތި ދޮންކަލޯ.
ފިޒާން އަލީ
18 September 2025
މިކަހަލަ ކަންތައްތައް ފޮރުވަންވެގެން މީޑިއާ ބިލު އިއޮތީ ފާސްކޮށްފަ. ދެނެއް މިޒާތުގެ އެއްވެސް ޚަބަރެއް ނުިލޔެވޭނެ. ރައްޔިތުނަށް ވާުނުވާއެއް ނޭގޭނެ.
ދޮންހުސެންބެ
18 September 2025
މިރާއްޖޭގެ ބިންކޮޅު މަދު. ގޯތިއެންމެނަށްނުދެވޭ ވަރަށް މަދު. އެކަމަކު މުއްސަނދިމީހާއަށް ބޭނުން ތަނަކުން ބޭނުން އަދަދަކަށް ބިންގަނެވޭ. ކޮންކަހަލަ ގަވާއިދުތަކެއް.
raajje
18 September 2025
ކިހިނެތްހޯދާފައިސާއެއް؟ ލިބޭމުސާރައިން ހަރަދުކަނޑާ މިއަދަދު ސޭވުކުރެވޭހާދުވަހުމެންބަރު ކަމުގައި ހުރެފިތަ؟ ނުވަތަ އާންމުދަނީ ލިބޭ އިތުރުމަސައްކަތެއްކުރޭތަ؟ މިކަންކަންކަން "ސާފުކޮށްބުނެނުދެވޭނަމަ" ޕުރޫފުކޮށްނުދެވޭނަމަ ވައްކަންދޯމީ؟ އުލުބައިންދަންޖެހޭދޯ ހެހެ
ޖޒޖޒޖ
18 September 2025
ފަލާހ މެން އުޅެންވީ..
މައްކުބޭ
18 September 2025
މިއަގު ބޮޑު ބިންތައް އެމްޑީޕީ އިން ބަހާލީ ރޭސިސްޓް އުސޫލު ހަދާ މުޅިން ހިލޭ އެވެސް އާއިލާ އެއްކޮށް އަދި ގޯތި ބޮޑު ވެސް ކޮށްލެވޭ އާ ޕޮލިސީ އެއް ހަދާ. ގަމާރު ވެރިން ނަށް ޤައުމު ހިންގަން ހަވާލުކުރުން މިއީ ވަރަށް ދެރަކަމެއް، ޤައުމު ބަޔަކު ހަމަ އެއްކޮށް ރޭޕްކޮށްފަ އެފޭބީ. މި ޤައުމުގެ ދަރަނިން ސަލާމަތްވެވޭނެގޮތެއްވެސް ނެތް.
އަފްރާސިޔާބު
18 September 2025
ވެނުމަސް ވެނަށް ކާންދީ ނިންމާލީ.
ފަތިސްހަނދުވަރު
18 September 2025
ފަލާހު ބިން ގަތީމަވެސް ގޯސްވީ އެމްޑީޕީ ސަރުކާރު. ސަހަރޯ. ސިޔާސީ ވެވިފަ ތިތިބީ.
މައްކުބޭބީ
18 September 2025
ޕާޓީމޭނިއާޖެހި އަވަދިވެފަ ތިއޮތީ. ދަރަނިން ސަލާމަތްވާނެ ޕާޓީކުދިން ނޭނގޭގޮތްގޮތަށް ބިންގަނެ މުއްސަނދިކަން ދެއްކީމަ. ޕާޓީ ކުއްޖެއްވެއްޖެއްޔާ އޯކޭ. ޕާޓީނޫން 'ބައިގަނޑު' ވެއްޖެއްޔާ ގައުމު ދަރަނި