ސިޔާމް: ހުޅުމާލެއިން 31 މިލިއަން ރުފިޔާއަށް ބިމެއް ވަނީ ގަނެފަ
04 އޮކްޓޯބަރ 2025 - 19:01
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު 31 މިލިއަން ރުފިޔާއަށް ހުޅުމާލެ 2 އިން ބިމެއް ބައްލަވައިގެންފި އެވެ.
އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުގައި އޮތް 3،252 އަކަފޫޓްގެ ބިން ސިޔާމަށް 31 މިލިއަން ރުފިޔާއަށް އެޗްޑީސީން ވިއްކުމުން އެ ބިން ގަނެ، ފައިސާ ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެހެންވެ، ބިމުގެ މިލްކުވެރިކަން ސިޔާމްއަށް ބަދަލުކޮށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިންގަވައި، ސިޔާމްގެ އިތުރު ބިންތައް ވެސް ހުރެ އެވެ.
ހުޅުމާލޭ ސިޔާމް ބޮޑު ބިމެއް ބައްލަވައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވެސް މިފަހުން ވަނީ ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
05 October 2025
ގޯތީގެ އަގު 31 މިލިއަންކަމަށްވެފައިވާއިރު ހަތަރު ފައިކަށި ކ.މާލޭ ވީމާ ހިލޭ ގޯތި އެބަދޭކަމަށްވަންޏާ ފައިކައްޓެއްގެ އަގު އެހަރީ 8 މިލިއަނުގަ. ފައިކަށިދައްކާފަ ލޯނުނެގެންވާނެނޫންތޯ. ސަލާމަތީ ހިދުމަތްތަކުން ފައިކައްޓަށް ސިކިއުރިޓީ ދޭން އެބަޖެހޭނޫންތޯ.
ގެރިސޮރު
05 October 2025
ދެން ރާއްޖެތެރެއިން ބިން ވިއްކަނީތަ؟
އަފްރާސިޔާބު
05 October 2025
ސިޔާމު މެން މިހާރު ތިދަނީ ހައްދުންމައްޗަށް؟
މިބުނީ
05 October 2025
ބައެއް ކޮމެންޓު ކޮށްފައި ހުރި ކުދިންގެ ކޮމެންޓުތައް ކިޔާލީމަ އެބަ އެނގެ އެކޮމެންޓޫތައްކޮށްފައި ހުރި ކުދިންނަކީ ، އަދިވެސް ވ ބޯދާ ޙިޔާލު ގެންގުޅޭ ، ހަމަ ކޮމެންޓު ކުރެވޭތީ ، ކޮމެންޓު ކޮށްލާ ހިތުން ވާނުވާނޭންގި ކޮށްފައި ހުރި ކޮމެންޓުކަން.
އޮނަރަބްލް އަފީފު ދީދީ
05 October 2025
ރާއްޖޭގެ ކޮންޓްރެކްޓް ޤާނޫނުން ބާރުލިބިގެން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް، މަތީގައިދެންނެވި ފުލެޓްތަކަށް ފައިސާނުދައްކާ މަކަރު ހަދައިގެން ތިބި ކ.މާލޭމީހުނާއި، ދައުލަތުގެ ޤާނޫނުއަސާސީއާއި ޙިލާފަށް މާލޭގެ ރަށްވެހިންގެތެރެއިން އެތައްހާސްމީހުން ބާކީކޮށް (ދަފުތަރު ރަށްވެހިންގެ ގޮތުގައިތިބި ޤާނޫނީގޮތުން މާލޭމީހުން) އިބްރާހިމް ސަރުކާރުން "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުގެ ދަށުން ހިލޭ ދިން ގޯތިހޯދިމީހުން ސަންސިޔާމަށް ފާޑުކިޔަން ލަދުގަންނަން ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
05 October 2025
ރަނުގެއަގުހުރި ކ.މާލޭ ސަރަޙައްދު ބިންތައް އެއްވެސްބަޔަކަށް ހިލޭ ބެހުމަށް ތާއީދެއްނުކުރަން. އެހެންނަމަވެސް ބިން ވިއްކާއިރު "ބިންތައް ބަނޑުއެޅުމާއި، ނާޖާއިޒް މަންފާނެގުން ހުއްޓުވުމަށްޓަކާ، ފުރަތަމަ ފުލެޓާއި ބިމުން ޓެކްސް ފްރީކޮށް އޭނާ މިލްކުކުރާ ދެވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން ދައުލަތަށް %100 ޓެކްސްނަގާން ކަޑައަޅާ "މާލޭމީހުންގެ ކަށީގައިހިފާފައިވާ ފުލެޓްވައްކަން ހުއްޓުވަންޓަކާ" ޤާނޫނުތައް ހަދާން ޖެހޭ.
ސަން އަކުއާ
05 October 2025
ފާހަގަކޮށްލަން، މި ބިމަކީ އެޗް.ޑީ.ސީން ބީލަން އުސޫން ވިއްކަން ހުޅުވާލި ބިންތަކަށް، ސިޔާމް ވެސް ބިޑް ކޮށްގެން ހޯދި ބިމެއް. އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ. ސިޔާމަކީ ބިލިއަނަރެއް، ފައިސާ ހުންނާނެ. މިތާ ޓެކްސް ނުދައްކާ ވާހަކަ މީހުން ގޮވާތީ، ސިޔާމް ދުވަހަކުވެސް ދައުލަތަށް ދައްކަން ޖެހޭ ޓެކުހެއް ފީއެއް ނުދައްކާ ނުހުންނާނެ. ހިހޫތަނުން ކާލައިގެން އުޅޭ މީހެއް ނޫން އެއީކީ.
ޔާނުމީ
05 October 2025
ތެދު މީ
އަކުއާ2
05 October 2025
ސިޔާމް ނުކެޔަސް ކަލޭ ޢުޅެނީ ސިޔާމްއަތުން ކައިގެންހެން ހީވަނީ
ސަލިންޓޭ
05 October 2025
މަޖުލީސް މެމްބަރުންނަށް ހާދަ ލާރިއެއް ލިބެއޭދޯ....
ބަކުރުބޭ
05 October 2025
ހަމަ ބޭނުން ކޮންމެ މީހަކަށްވެސް ހުޅުމާލެއިން ބިން ގަނެވޭތަ؟ ބިން ވިއްކަނީ ބިޑް އުސޫލުން ކަމަށް ހީކުރަނީ.
ބަރާކު
05 October 2025
ކަލޭމެން ތިބޭ މިމީހުންނަށް ހުރިހާ މޮޅެއަ ލިބޭ ގޮތަށް ހަދާފަ އޮތް ސިސްޓަމަށް އަތްޖަހާލަޖަހާލަ. ނިކަމެތިން ނިކަމެތިވާ ސިސްޓަމުމީ.
އަފްރާސިޔާބު
05 October 2025
އެޗް.ޑީ.ސީން ރައްޔިތުން މޯގޭޖްކޮށްފައިނެގި ލޯނުން ހިއްކި ބިން ހަމަ ކޮންމެ މީހަކަށްވެސް އެޗް.ޑީސީން ވިއްކާ އަގެއްގައި އެމީހުން ދޭންބޭނުން ފަރާތަކަށް ދެވިދާނެ އަދި ވިއްކިވެސްދާނެ.
ގެދޮރޭ
05 October 2025
ޝިޔާމް ބިމެއް ގަތުމަކުން ހައިރާނެއް ނުވޭ. އެކަމަކު ފަލާހު 28.7 މިލިޔަނަށް ބިމެއް ގަތްވާހަ ފާހަގަކޮށްފަ އޮތީމަ ވަރަށް ސަޕްރައިޒިން. ހަމަ ފީލްވީ ވަޓްދަ ހެލް އޮން އާރތް؟
ސިޔާމްސަން
05 October 2025
ލާރި ލިބޭނީ ބުރަ މަސައްކަތް ކޮށްގެން. މަރުހަބާ ސިޔާމް