ޖިންސި ގޯނާގެ މައްސަލަތަކުގައި ކުރި މުޒާހަރާއެއް: އަމިއްލަ ދަރިފުޅާ ބެހުނު މައްސަލާގައި ހައްޔަރުކުރި ބައްޕައަކީ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތުހުމަތުވާ މީހެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
18 ސެޕްޓެމްބަރ 2025 - 11:28
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތަށް، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ފިރިހެން މީހާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
ފުލުހުހުން ބުނި ގޮތުގައި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ނުބުނެ އެވެ.
އެކަމަކު "މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ އެހެން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
18 September 2025
ތިޔަކަހަލަ މީހުންގެ ފުރަތަމަ ކުއްސާބިތުވީމަ މުސާރަޔާ އެލަވަންސް އެއްކޮން ކަނޑާލިނަމަ ދެވަނަފަހަރަކަށް ތިކަމެއް ނުކުރެވުނީސް.
ކީކޭ
18 September 2025
ކީކޭ ބުނާނީ މި ތިބީ މި މީސް މީހުން އުޅޭ ގޮތް
މައްކޫ
18 September 2025
ތިމީހާ އަކީ މުޖުތަމައަށް ދޫކޮށްފަ ހުންނަންޖެހޭ މީހެއް ނޫން، ޖަލު ގޮޅިއެއްގަ ބައިންދަންޖެހޭ މީހެއް އެންމެ ފުރަތަމަވެސް. އެހެން ހެދި ނަމަ އެ އަމަލް ތަކުރާރު ނުކުރެވުނީސް