ތ. މަޑިފުށި: އެ ރަށަށް ޑްރަގް އެތެރެކުރި މީހަކަށް 27 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައި.-- ފޮޓޯ: މަޑިފުށި ކައުންސިލް
18 ސެޕްޓެމްބަރ 2025 - 16:07
ތ. މަޑިފުށްޓާ އެއްފަޅެއްގައި އޮތް ދެ ފަޅުރަށް ކަމަށްވާ އިފްރިޔާ އާއި ކޮޅުފުށްޓަކީ މަޑިފުށީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދެ ރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
އެއީ އެއް ފަޅެއްގައި މަޑިފުށްޓާ ވަރަށް ކައިރީގައި އޮތް ދެ ރަށެވެ.
އެ ދެ ރަށް މަޑިފުށީގެ އިހުތިސާސްގައި ހިމެނުއްވީ ލާމަރުކަޒީ ގާނޫނުން ރައީސަށް އޮންނަ މަސްއޫލިއްޔަތުގެ ދަށުން މިއަދު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރާ އެކު، މަޑިފުށީގެ އިހުތިސާސަށް ގެނައި ބަދަލު ދައްކައިދޭ ޗާޓެއް ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރި އެވެ.
ކައިރީގައި ހުރި ފަޅުރަށްރަށް އިހުތިސާސްގައި ހިމެނުއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފަޅުރަށްތައް ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަބލީ
19 September 2025
އިހުތިސާސްގެ މާނައަކީ ނަމެއްގަ އަހަރުމެންގެ އެއްޗެކޭ އެއްވެސް ކަމެއް ކުރުމުގެ ހުއްދައެއްނޯވޭ. ރާއްޖެތެރޭމީހުން މޮޔަހައްދަން ގެންގުޅޭ އުކުޅެއް.
ދަގަތްފާނު
18 September 2025
ހަބަރާއިއެކު ޖަހާފައިވާ ފޮޓޯއަށް ބަލާލީމާ އަތޮޅުތަކު ރަށްރަށާއިމެދު ސަރުކާރުތަކުން ގެންގުޅޭ ތާކުންތާކުނުޖެހޭ ސިޔާސަތު ފެނިފައި އަހަރެމެން ހައިރާން އެބަވޭ. ތިރަށުގެ އާބާދީއާ ނުބައްދަލުވަރަށް ބިންހިއްކާފަ ބޮޑުހިލަ ޖަހަން ކުރި ހަރަދުން ތިރަށުގެ ތަރައްގީއަށް ކުރެވިދާނެ ސަތޭކަ ކަންތައް މިޒަމާނުގައި ތުއްތުކުއްޖަކަށްވެސް ކިޔާދެވިދާނެ.
އަފްރާސިޔާބު
18 September 2025
އެދެރަށް ތާއަބަދު މަޑިފުއްޓަށް ދީގެންނުވާނެ. އިންތިޚާބު ނުމުނީމާ އަތުލަންވާނީ. އެދެރަށަކީ ލޯކަލްޓޫރިޒަމް ހަދަން ފައްކާ ދެރަށޭ. ޓޫރިޒަމަށް އެދެރަށް ނަގަންވާނީ.
1828
18 September 2025
މިވެސް ފައްކާކަމެއް. ސަރުކާރުގެ މެގަ ޕްރޮޖެކްޓެއް މިއީ.
ސޭކު
18 September 2025
އަވަހައް މަހަކު 30ރ އައް ކުއްޔައްދީ