ރައީސް މުއިއްޒު މިރޭ ވޭމަންޑު އަށް ވަޑައިގަތުމުން އެ ރަށުގެ ކުޑަކުދިންތަކެއް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2025 - 23:25
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމްކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ، ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރުން ކަމަށެވެ.
އެ ތަންތަން އަޅަން ނިންމާފައި ވަނީ އެރަށެއްގެ އާބާދީގެ ނިސްބަތުންނާއި އެރަށެއްގައި ބިން އޮތް މިންވަރަކާއި އެރަށެއްގައި ފެސިލިޓީ ހުރި މިންވަރަކަށް ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެބަހުރި ވަރަށް އާބާދީ ކުޑަ، ޖާގާ ނެތް ރަށްރަށް ވެސް. އެހެންވީމަ އެ ހުރިހާ ކަމެއްގެ ހަގީގަތް މައްޗަށް ރިއާޔަތްކޮށް މި ވާހަކަ މި ދެއްކީ،" ރައީސް ވިދާޅުވި އެވެ.
ވޭމަންޑޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ބައިވެެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިހާރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް ހަދާފައި ހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ވަރަށް ފުޅާ ދާއިރާއެއްގައި ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"އިސްލާމިކް ލާނިންގް އިތުރު ކުރަން، ޒަމާނަށް ފެތޭ ގޮތަށް އިސްލާމް ދީން ވަރުގަދަަށް ކިޔަވާދޭން އަޅުގަނޑުމެން ބޭނުން. އެހެން ދިމާލަކަށް ދާކަށް ބޭނުމެއް ނޫން. އިސްލާމް ދީނަކީ ހައްލަކީ. އެހެންވީމަ ދީނުގެ އޮންނަ ގޮތަށް، ދީން ކިޔަވައި ދިނުމަށް މި ސަރުކާރުން ވަަރަށް އިސްކަމެއް ދޭނެ،". ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިރޭ ވޭމަންޑު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް މާލޭގައި އެޅުމަށް ބޭނުންވާ ބިން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެ އިމާރާތް އެޅުމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެތަނުން ދީނީ އެތައް ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ހަލިމް
25 September 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް އަކީ ދީން ކުރިއަރުވަން އުޅޭ ވެރިޔެކޭ. އެކަން މިދަނީ ބާރު ސްޕީޑުގައި ކުރިއަށް. އެކަން ފެނިގެންވެސް މިދަނީ.
ރިފްއަތް ރަޝީދު
25 September 2025
ވަރަށް މުހިއްމު ކަމެއް. މިކަން ކޮށްގެން ގުރުއާން މިގައުމުގެ ކުރިއެރުވޭނީ ހަމަ ޔަގީނުންވެސް.
ކަކުނިބޯ
25 September 2025
ތީގެ މަޤްސަދަކީ އިމާރާތެއްގެ ކުއްޔާ ރަށެއްގައި އިތުރުމީހަކަށް ވަޒީފާދިނުންތޯ. ތީގެން ނެރެންބޭނުންވާ ނަތީޖާއަކީ ކޮބާތޯ؟ މިހާރުވެސް ޤުރުއާނާބެހޭ މަރުކަޒު ހިންގަނީ ދައުލަތުގެ ބަޖެޓުން އެތަނުގެ ކުދި ކުދި މަރާމާތާއި ދާއިމީމުއައްޒަފުންނާއި ސިޔާސީ މުއައްޒަފުންގ މުސާރަދީގެން އަދި ހުރިހާޕްރޮޤްރާމްއެއްހިންގާނީ ޒަކާތުފަންޑުން ފައިސާހޯދާގެން ކަމަށްވީއިރު ކޮންސުރުހީއެއއްތޯ ތިއަޅަނީ ކުރަންވީ ކަމަކީ އާބާދީއަށް ބަލާހިދުމަތް ދޭން މަސައްކަތްކުރުން
ދފދފދ
25 September 2025
މީހަކަށް މުސާރަ ލިބި ދަރިންނަށް ޤުރުއާން ކިޔެވި ތަނުގެ ކުލި ލިބި ކަރަންޓުބިލާއި ފެންބިލު ދެއްކި ތަން ސާފުކުރާ މީހުންނަށް މުސާލިބި ތިބޭފުޅާއަށް ވެސް މުސާރަ ލިބޭ ގޮތްވުމަކީ މިފަދަ ކަންކަމުގެ މަޤުސަދު
ކަކުނިބޯ
25 September 2025
ކަކުނިބޯ މުސާރަޔަކަށް ނޫޅޭނެ އުޅެނީ ހަރުކޮނެލާގެން
އަފްރާސިޔާބު
25 September 2025
ގުރުއާނާ ބެހޭ ގޮފި ކޮންމެ ރަށެއްގައިވެސް މިހާރުވެސް އޮންނާނެ ގުރުއާން ކިޔައިދޭ މުދައްރިސުންވެސް ތިބޭނެ މިސްކިތްތަކަށް ހަމަޖައްސާފައި ބޮޑު މުސާރައާއެކު. އަލުން މީހަކު ކުރާނަމަ ކުރަން އޮންނާނީ ވަކިއިމާރާތެއް އަޅައިގެން އެކަންކުރުން. ޢެކަމަކު ސަރުކާރުން އެތަނަށް އެއްވެސް ޚަރަދެއް ނުކުރާނެ ކަމީ އިރުފެންނަފަދައިން ޔަގީންވާކަމެއް. ކުރީސަރުކާރުތަކުންވެސް ގުރުއާނާބެހޭ މަރުކަޒަށް ސިޔާސީ މީހުން ލެއްވުން ގިޔަވައި ކަމެއް ކޮށްނުދޭ. މިހާރުވެސް ހަމައެގޮތް.
ކޮރަޕްސިއޯން
25 September 2025
ވަރަށް ރަނގަޅު ނިންމުމެއް… ތި ތަންތަން އިމާރާތްކުރަން ވާނީ އާރުބީބީ ކުންފުނިން، ދެން ކޮންމެ ތަނަކަށް ވާނެ ސާޅީހަކަށް މުވައްޒަފުން ނަގަން.
މުޑަހަންޖާ
25 September 2025
ކ.މާލޭ ގުރުއާނާބެހޭ މަރުކަޒުގެ ގޮފި، ކ.މާލޭ އިސްލާމީ މަރުކަޒުގެ ގޮފި، ކ.މާލޭ ކުތުބުހާނާގެ ގޮފި، ކ.މާލޭ ބޯޅަދަނޑުގެ ގޮފި، ކ.މާލޭ މަދުރަސާގެ ގޮފި، ކ.މާލޭ ސޯސަލް ސެންޓަރުގެ ގޮފި، ކ.މާލޭ ހޮސްޕިޓަލުގެ ގޮފި، މިހުރިހާ ގޮފިފަޅައިގެން އުޅެންޖެހޭތޯ. ކޮންމެ ރަށެއްގައި އެރަށުގެ ގުރުއާނާ ބެހޭ މަރުކަޒެއް ހެދުން ކިހިނެއްތޯ.