ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ސެޕްޓެމްބަރ 2025 - 11:22
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހެވެ. ހުޅުމާލޭ 2 ގައި ފްލެޓްތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު އަންހެނަކަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ ޑިސެމްބަރަށް އެތަނަށް އެންމެންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.
ހަމްދާން ވިދާޅުވި ގޮތުގައި އަމާން އުދަރެސްގެ ފްލެޓުތަކަށް ވަނުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކި 14 މީހަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ.
އެހެން ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ މިމަހުގެ ހަތް ވަނަ ދުވަހެވެ. ފުރަތަމަ ހަފްތާގައި އެކަނި ވެސް 588 މީހަކު ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވެ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. މެއިންޓެނަންސް ފީއާ އެކު ދެ ކޮޓަރީގެ ފްލެޓްގެ އަގަކީ 8000ރ. އެވެ. އެތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.
ތިން ކޮޓަރީގެ ފްލެޓް ދޫކުރަނީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.
އެ މަޝްރޫއުގައި އިމާރާތް ކޮށްފައި ވަނީ 17-18 ބުރީގެ 32 ޓަވަރެވެ. ބައެއް ފްލެޓްތައް އެއްކޮށް ނިމިފައިވާ އިރު ދެން ހުރި ފްލެޓްތަކުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
30 September 2025
ޝަރުތުހަމަނުވާމީހުން އުނިކުރުމުން ބާކީވާ ފުލެޓްތަކަށް ކިހިނެއްބާ ހަދަނީ. ހިޔާގެ ބާކީ ފުލެޓްތަކަށްވެސް ހެދިގޮތެއްނޭނގި ހުސްވެއްޖެ. ވިނަރެސްގަވެސް ބާކީ އެބަހުރިކަމަށްވަނީ.
ޑަންޑަހިލު
30 September 2025
ވެރިކަން ނިމޭތީ އެއްވެސް ހަމައެއް އުސޫލެއްނެތި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނަށް އެމް.ޑީ.ޕީ ސަރުކާރުން ބަހާލި ފްލެޓްތައް، އެހުރިގޮތަށް އަދި ހަވާލުކުރެވޭ ބައެއް އިއުލާން ކުރުމެއްވެސްނެތި ފްލެޓްތައް މިހަވާލުކުރެވޭ ކުރުން އަދި މާ ގޯސް، އެމް.ޑީ.ޕީގެ ވެރިކަމުގައި މިބައިމީހުން ވަނީ ކުރީ ސަރުކާރުތަކުން އިއުލާނުކޮށް ރައްޔިތުންނަށް ދިން ބޯހިޔާވަހިކަމުން އެ ރައްޔިތުން މަހުރޫމް ކޮށްފަ ނަމަވެސް އެމް.ޑީ.ޕީ އިން ނުހައްގުން ހިންގި ޖަރީމާ މި ދެމެހެއްޓީ.
ޢަލީބެ
30 September 2025
މަސައްކަތް ކުރާވާހަކަ އެބުނީ. ވެރިކަމާ ހަވާލުވީއްސުރެ ތިކަމެއް އެކުރަނީ. އަދި އެއްބަޔަކު ގުރުނުނަގައޭވެސް ކިޔާ. ކިހިނެއް ނޮވެމްބަރު ކުރިން ހަވާލުކުރާނީ
ދޮން
30 September 2025
ބޯހިޔާވެރިކަމުގެ ނުފުއްދޭ ވައުދު ، މާލޭ އޭރިޔާއިން ބޯހިޔާވެހި ކަމުގެ ކޮންމެލިސްޓަކަށް މިކުރިމަތިލަނީ 21 ހާސްމީހުން ދެވެނީ 7 އަހަރުން 400 ހާސްފުލެޓް. އެކަމަކު ތިޔޮއްބޮޑު ފާލަމާ . މަގުފުޅާކުރުމާއި ޖުމްހޫރީ މައިޒާން ހަދަންވެސް 200 މިލިޔަނަންފުރެގިނަ ފައިސާ އެބަ ޚަރަދުކުރޭ . ބޯހިޔާވެހިކަން މިވަނީ އެންމެ ފުލައްވެއްޓިފަ. އެއީ މިސަރުކާރުގެ ބަލިފައި .. ވަގުތުން ވަގުތަށް މާލޭގައި ކުލިދީގެން އުޅޭ މީހުންގެ ލިސްޓެއްހަދާ ރަސްމާލެއިން ބިން ދިނުމަށް ގޮވާލަން
ސުރުޚީ
30 September 2025
ކޮންމެ ހަފްތާއަކު އާ ސުރުޚީއެއް އަންނަންވާނެ!
ބެއްޔާގެ ދަރި
30 September 2025
ރައީސް ތަކުރާރުކޮށް ވިދާޅުވީ ސެޕްޓެމްބަރު ނިމޭ އިރު ހުރިހާ ފްލެޓްތައް ހަވާލުކޮށް ނިމޭނެއޭ.
މާންބެ
30 September 2025
2028 ގެ ސެޕްޓެންބަރުގަ. ނުބުނޫނުން ކޮން އަހަރެއްގެ ސެޕްޓެންބަރު މަހެއްގައެކޭ ދޭނީ.