މާލޭ މަގުމަތީ ޕާކްކުރުން މަނާކޮށް ޓޭޕް ދަމާފައިވާ ތަނެއް: ކުއްޔަށް ދީފައިވާ ޕާކިން ޒޯނުތައް މިއަދުން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލާފައި. -- ފޮޓޯ: މިހާރު
01 އޮކްޓޯބަރ 2025 - 10:36
މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް، އެންމެންނަށް ވެސް ޕާކު ކުރެވޭ ތަންތަނުގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.
މަގުތަކުން ދޫކޮށްފައި ހުރި ޕާކިންތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ހުރިހާ ޕާކިންތަކަކީ އާންމު ތަންތަން ކަމަށް ހަދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި އިތުރު އެއްވެސް ޕާކިންއެއް ކުއްޔަށް ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު 8 ގައި ވަނީ އަންގައިފަ އެވެ.
އެހެންވެ ކައުންސިލުން ކުރިން ވެސް ވަނީ މިގޮތަށް އަމަލުކުރާނެކަން އަންގައި އިއުލާނުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް މާލޭގެ މަގުތަކުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ލަފާދީފައިވާކަމަށެވެ. އަދި އެކަން ޓްރާންޕޯޓް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނީ ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށެވެ.
ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީ ތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރަ އެވެ.
ޕާކިން ކުއްޔަށް ދޫކޮށްފައި ހުރީ ޕްރައިވެޓް ކާރުތަކަށް މަހަކު 1،500ރ. އަށް އަދި ޓެކްސީތަކަށް 700ރ. އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޜަސި
02 October 2025
ދެންއިންނާނީ އެތާ ސައިކަލެކެވެ
ފޯރި ހިއްޕާލަންވާނެ.
01 October 2025
މިއަދަކީ ސައިކަލްތަށް ގެންގުޅޭ ކުދިންގެ އީދެއް. ސައިކަލްތަށް ޕާކްކުރަންވާނީ ދިގަށް މިއަދު.
ފަކީރާ
01 October 2025
ޕާކިން ޒޯނުތަކުގުގަ ޖަހާފަހުރި ނަންނަރުތައް ފޮހެދީ
ހުރިހެޔޮކަމެއްގެ ބޮޑުކަމާއެވެ. އާޒިމް އަށް ޝުކުރު.
01 October 2025
ކާރުތަށް ދޮންދަރިވީ ދޯ ؟؟؟
ދެރަދޯ
01 October 2025
އަހަރެންގެ ސައިކަލު ޕާކު ކުރަންޖެހޭ ތަނެއްގައި ޕާކުކޮއްފައި ހުއްޓާ ހުރީ މަގައް ނެރެ ކާރެއް ޕާކު ކޮއްފަ އެމައްސަ ޖެއްސީމަ ވީކަމެއް ހަރާން އެވާހަކަ ދެއްކީމަ ދެއްކި މީހާ ގޯސްވީ އަދިވެސް ގަދަ މީހާ ގަދައީ ގާނޫނު ހިނގަނީ ނިކަމެތީންނަށް
ދޫނުކުރާތި
02 October 2025
މާދަމާ ކާރު ބޭރުކޮށްލާ ފޯކްލިފްޓް އިން ...
ހަސަން ފޭދޫ
01 October 2025
ހޮޓެލް ޖެން ކައިރި ކިހިނެތްބާ ވާނީ. މިބުނީ ކުލީ ލޮޓްތަކުގެ ކުރީގަވެސް އެތާ ކައިރީ އެހެން މީހުންނަށް ނުކުރެވޭތީ.
އަސް
01 October 2025
ތިކަމެއް ކުރި ބަޔަކު އެތިބީ ހެވިފަ
ނޫސަންގު
01 October 2025
މާލޭގެ މަގުތަށް ކުއްޔަށް ދެއްވީ މާލެ ސިޓީގެ ކުރީ މޭޔަރ މުއިއްޒު. އޭރުވެސް އެނގޭ އެކަން އެގޮތަށް ނުކުރެވޭނެކަން.
ޗަޕް
01 October 2025
ދާދާއިންނަށް ސެއްލަ. ބާރުގަދަ މީހާގެ ބާރު އިންނާނީ. އެންމެ ވަރުގަދަކޮށް އުޅޭނީ ބަންގާޅީން.
މަބުނީ
01 October 2025
200 ސައިކަލު ޕާކުކޮށްފަހުންނަ ހަނިގޯޅީގައިހުރިގޭގެ ގަރާޖަށް ކާރު ވެއްދޭނެގޮތެއް ނެތްމީހާއަށް ޕާކުކުރެވޭނެގޮތެއް ހަދާދޭތި. ގޯޅީގެ އެންމެއްގެ ހައްގު ނިގުޅައިގަންނަން ބޭނުންނުވާތީ ސައިކަލު ޕާކުކުރުން މަނާކުރާކަށް ނޭދެން. ހަނިގޯޅިއެއްގައިގެހުރުމަކީ ރައްޔިތުމީހާގެ ކުށެއްނޫން.
ނިކަރީ
01 October 2025
ހަނިގޯޅިތަކުގައި ހުރި ގެތައް ސަރުކާރަށްދީ! އޭރުން ސަރުކާރުން އޭގެ ބަދަލުގައި ރަސްމާލެއިން ދޭނެ ބޮޑު ގަނޑުވަރެއް!
ފަރަންޖީ
02 October 2025
ހަނި ގޯޅިތަކުގައި އުޅޭ މީހަ ކާރު ނުގެންގުޅޭނީ.