ޗައިނާގެ 76 ވަނަ ފައުންޑިން ޑޭ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ކޮންގް ޝިއަންވާ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް
01 އޮކްޓޯބަރ 2025 - 14:47
ރާއްޖޭން ނަގާފައިވާ ދަރަންޏަށް ލުއިދޭނެ ގޮތްތަކެއް "ފައިނަލް ކޮށްފައިވާ" ކަމަށް އެގައުމުގެ ސަފީރު ކޮންގް ޝިއަންވާ ރޭ ވިދާޅުވެއްޖެ އެވެ.
"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" ގެ ނަމުގައި ޗައިނާގެ މިހާރުގެ ދައުލަތް ގާއިމްކުރިތާ 76 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ވިދާޅުވީ ދަރަންޏަށް ލުއިދޭނެ ގޮތްތަކާ މެދު ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ މާލީ އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ރާއްޖެއިން އިތުބާރު ކުރާ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރަންޏަށް ލުއިދިނުމުގެ އެރޭންޖްމެންޓްތަކާ މެދު އަޅުގަނޑުމެން ދެ ފަރާތުގެ ކަމާ ބެހޭ ފަރާތްތަކުން ފުރިހަމައަށް ގޮތް ނިންމާފައިވާ ކަން އަޅުގަނޑު އުފަލާ އެކު އިއުލާންކުރަން. މި އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އަދި ފިސްކަލް ހަމަޖެހުމަށް ޗައިނާއިން ވެދޭ އެހީތެރިކަން އެކަންޏެއް ނޫން، ދިވެހި ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކަށާއި ރާއްޖޭގެ އިގުތިސާދުގައި ހުރި ވަރުގަދަ ޕޮޓެންޝަލް އަށް ޗައިނާއިން ކުރާ އިތުބާރު،" ސަފީރު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖޭގެ ދަރަންޏަށް ލުއިދޭން، ދެ ގައުމުން އެއްބަސްވީ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޗައިނާގެ ހިލޭ އެހީން ރާއްޖޭގައި ހިންގާ ބޮޑު ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫ އާއި މާލެެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫ އާއި 50 ރަށެއްގެ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު އެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް 120 ބިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދަރަންޏަށް ހޯދާފައިވާ އިރު ޗައިނާއަކީ އެންމެ ގިނައިން ރާއްޖެއަށް ދަރަނި ދިން އެއް ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯބި
01 October 2025
ޗައިނާ ވަރަށް ލޯބިވޭ ރާއްޖެދެކެ
އޮނަރަބްލް އަފީފު ދީދީ
01 October 2025
ތިންސަކޭ މިލިޔަން ޑޮލަރުގެ ބުރިޖުން "ހިލޭ" ދަތުރުކުރެވޭގޮތް ހަދާފައި އެއްބަސްވުމާއިއެއްގޮތަށް ކ.މާލޭމީހާ، ފުލެޓަށް ފައިސާ ނުދެއްކިޔަސް "ވަރިހަމަ ކޮށްފައި" ލޯނުނަގައިގެން އެޗްޑީސީ އިން ހިއްކާފައިވާ "ރަނުގެއަގުހުރި ބިންތައް" ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން މާލޭސަރުކާރުން ވަނީ އެރަށުގެ ރަށްވެހިންގެތެރެއިން އެތައްހާސްމީހުން ބާކީކޮށް (ދަފުތަރު ރަށްވެހިންގެ ގޮތުގައިތިބި އެރަށު ރަށްވެހިން) މާލޭ ބިންވެރިންނަށް އަނެއްކާވެސް އިތުރުބިންތަކެއް ދީފަ.
އޮނަރަބްލް އަފީފު ދީދީ
01 October 2025
ޗައިނާލޯނުގައި ކ.ހުޅުމާލޭގައި ހިންގި އެންމެބޮޑު މަޝްރޫޢަކީ "ބޯހިޔާވަހިކަމުގެމައްސަލަ ހައްލުކުރުމުގެނަމުގައި" ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓް. ދައުލަތުގެ ސޮވަރިންގެރަންޓީގައި HDC އަށް ނަގާފައިވާ ލޯނުން ތަރައްޤީކުރި މިދެންނެވި ޓަވަރުތަކުގައިހުރި ފުލެޓްތައްދީފައިވާ ކ.މާލޭމީހުން އެ ފްލެޓްތަކުގެ އަގުއަދާކުރަން މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާގެތެރެއިން އެތައް ބިލިޔަން ރުފިޔާ ނުދައްކާހުރިއިރު އެފައިސާހޯދަން މަސައްކަތް ކުރުމެއްނެތް.
އޮނަރަބްލް އަފީފު ދީދީ
01 October 2025
ވަކިގޮތްތަކަކަށް އެއްބަސްވެ ލޯނުނެގުމަށްފަހު ލޯނު އަބުރާދަކަން ވީމާ ތަފާތު ބަހާނާ ނުދައްކާ "ދައުލަތް ބޭޒާރުކޮށް އޮރިޔާންކުރަން ހެދުމުގެ ބަދަލުގައި" ލޯނުނަގައިގެން ކޮށްފައިވާ މަސައްކަތްތަކުން ލިބެންޖެހޭ ފައިސާހޯދުމަށްފަހު ލޯނުދައްކަން މަސައްކަތްކުރުން ރަނގަޅު. ޗައިނާގެ ފައިބުޑަށްވެއްޓި ރޮއި އާދޭސްކޮށްގެން ލޯނުލަސްކޮށް މަތިމައްޗަށް ލޯނުނަގަން ނަހަދާ ބުރިޖްގައި ޓޯލްހަރުކޮށް އަދި ފުލެޓްތަކަށް ފައިސާނުދައްކާ ފަރާތްތަކުން ފައިސާހޯދާފައި ލޯނު ދައްކާ.
އޮނަރަބްލް އަފީފު ދީދީ
01 October 2025
ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެމައްޗަށް މަތިކޮށްފައިވާ ޤާނޫނީޒިންމާތައް ވަރަށްރަނގަޅަށް އެގިވަޑައިގެންހުންނަވައި "ސަރުކާރު ޒިންމާދާރުކުރަމުން ޤާނޫނުހެދުމުގެ މަސައްކަތް މަޖިލީހުގެ ތަޅަމުގައި ކުރިއަށްގެންދަން ފެއްޓުމުން" ރައީސް ނަޝީދުއާއި ދިމާލަށް ނަފުރަތުގެ ބަސްތައްބުނެ "މަޖިލީހަކީ ވައްކަމާއި ޙިޔާނާތް ތަޙްޤީގުކުރާ ތަޙްޤީގީ އިދާރާއެއް ނޫންކަމަށް" އެންމެބޮޑަށް ބުނަމުންދިޔައީ ވެރިކަމުގައިއޮތް އެމްޑީޕީ އާއި ޕީއެންސީ. މިއަދު މިވީ ކިހިނެއް؟!