ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. މިލަންދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް، މިލަންދޫގައި އަޅާ އެއާޕޯޓުގެ މޮޑެލްއެއް ހަދިޔާކުރަނީ.-- ފޮޓޯ: ރައިސް އޮފީސް
15 އޮކްޓޯބަރ 2025 - 14:50
ށ. މިލަންދޫގައި ހަދާފައި ހުރި ގިޑިގެއިން ފެންނަނީ މި ރަށު ރައްޔިތުންގެ އުއްމީދީ މަޝްރޫއު އެވެ. އެއީ، މި ރަށުގެ އެއާޕޯޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގަތް އިރު މަރުހަބާ ދަންނަވަން ނުކުމެ ތިބި ސަފުގައި އެތުރި ތިބި ކުޑަކުދިންގެ އަތުގައި އޮތީ ވެސް އެއާޕޯޓުގެ ކުރެހުމެވެ.
އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަށް ރިޔާސީ އިންތިހާބުގައ ރައީސް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ވެސް ރައްޔިތުން އެދުނު ގޮތަށް އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމެވެ. މި ޔަގީންކަން އެމަނިކުފާނު ވަނީ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ވެސް ދެއްވައިފަ އެވެ.
މިލަންދޫގެ ރައްޔިތުންނަށް ދެއްވި 100 ޕަސެންޓް ޔަގީންކަމާ އެކު މިއަދު ވަނީ ރައްޔިތުންގެ އުއްމީދީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.
އެ މީހުން ސިފަކުރި ގޮތުގައި މިއީ، އެ ރަށުގެ "ހުވަފެން ހަގީގަތަކަށް" ވުމެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްގެން އަޅާ އެ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވެސް މިނިސްޓަރު ޒަމީރެވެ.
މިލަންދޫގެ އެއާޕޯޓާ އެކު ށ. އަތޮޅަށް ހަތަރު އެއާޕޯޓް ލިބޭނެ އެވެ. އެއީ މިހާރު ހިންގަމުން އަންނަ ފުނަދޫ އެއާޕޯޓާއި ރައީސްގެ މި ދަތުރުފުޅުގައި އަމަލީ މަސައްކަތް ފެށި ބިލެއްފަހީގެ އެއާޕޯޓުގެ އިތުރުން ކޮމަންޑޫގެ އެއާޕޯޓެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ކޮންމެ ސަރަހައްދަކަށް ވެސް 30 މިނެޓުން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
މިލަންދޫ ކައިރީގައި އޮތް ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް އެ ދާއިރާގައި ހިމެނޭ ނަރުދު އާއި ފީވަކުން އެ އެއާޕޯޓަށް ދިއުމަށް 30 މިނެޓަށް ވުރެ ގިނައިރު ނަގާކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވެފައި ވަނީ ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިން
17 October 2025
ކައިރީގަ ފުނަދޫ އެއަރޕޯޓް އޮއްވާ ކުރާ ބޭކާރު ކަމެއް
ނޫހް އިބްރާހިމް
16 October 2025
ބަޔަކަށް ހަޖަމެެއް ނުވާނެ މިކަންކަން. އެއާޕޯޓަކީ މުހިއްމު ކަމެއް ލޯކަލް ޓޫރިޒަމަށް.
ޫނާ މުަހއްމަދު
16 October 2025
އިހްލާސްތެރި ވެރިންނަކީ މިއީ. ރައްޔިތުންގެ ކަންކަން ކުރާނެކަމުގެ ޔަގީންކަން ދީ އެކަންކަން ނިންމަމުން މިދަނީ
ދިއްދޫމީހާ
15 October 2025
އެެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ވައުދު ފުއްދުނުކަމަށް ވަންޔާ އަހުން ރަށުގެ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑު ޓާޝަރީ ހޮސްޕިޓަލް އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބަށިކޯޓްގެ ވައުދުވެސް ފުއްދާފި…އައި..
އަބްޑޫޅް +
16 October 2025
"ބައިނަލްއަޤްވާމީ ފެންވަރުގެ ބަށިކޯޓު" އޭ؟ ބަށްޓަކީ ރާއްޖޭގަ އެކަނި ކުޅޭ އެއްޗެއް. އެހެންވީމަ ބަށްޓާއި، ބަށިކުޅޭ ކޯޓު، ބައިނަލް އަގުވާމީ މިވަނީ ކިހިނެއްތަ؟ ދުވަސްކޮޅާކުން ރިހާކުރާއި ގަރުދިޔަ އާއި ރަށުބިޑި ވެސް، ބައިނަލް އަގުވާމީ ވެދާނެ ދޯވ؟
އައިފާން
15 October 2025
މިހާރު ނެތްތަ ތަރައްގީގެ ތަރުތީބެއް ވެސް?
އަފްރާސިޔާބު
16 October 2025
ތަރުތީބުން ރަށްރަށަށް އެދަނީ. ޢެހެންވީމާ ވަޑައިގަންނަވާ ތަރުތީބު އެއީ ތަރައްގީގެ މަޝްރޫއު ކުރިއަށްދާނެ ތަރުތީބު.
އަސް
15 October 2025
މަށަށް ފެނޭ މާލޭ ދެކުނުފަރާތު ބޮޑުތަކުރުފާނު ހިމެނޭހެން އެއަރޕޯޓެއް އަޅަން
ކޮމޮޑަސް
15 October 2025
ނިސްބަތުން ތައުލީމީ މީހުން މަދު ރަށެކެވެ.
އެކްސްް
15 October 2025
ބަޔަކު މޮޔަވެދާނެ.