ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އޮޕަރޭޝަންތައް އެ ޓާމިނަލަށް މިހާރު ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: އަބްދުﷲ ނަސީރު | ފޭސްބުކް
17 އޮކްޓޯބަރ 2025 - 19:33
އަންނަ މަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް އިއްޔެ ބަދަލުކޮށްފި އެވެ.
އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ ގްރައުންޑް ފުލޯގައި އޮޕަރޭޝަންތައް އިއްޔެ ފަށާފައިވާ ކަމަށެވެ. އެއާ އެކު، އެ އެއާޕޯޓަށް މިހާރު ކޯޑް-ސީގެ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި، ރަސްމީކޮށް ހުޅުވުމުގެ ކުރިން އާ ޓާމިނަލް ބޭނުންކުރަން ފެށީ އެ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އެވެ. އެހެންވެ، އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށް، ބާ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފަށާނެ އެވެ.
We’ve shifted Hanimaadhoo International Airport’s interim operations to the ground floor of the new terminal, marking a significant step toward realizing our vision of welcoming Code C aircraft through the “Re-development of Hanimaadhoo International Project”.
— Maldives Airports Company Ltd (@MACLmedia) October 16, 2025
This transition… pic.twitter.com/p9TI3FKeKP
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.
އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ: އޮޕަރޭޝަންތައް އެ ޓާމިނަލަށް މިހާރު ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: އަބްދުﷲ ނަސީރު | ފޭސްބުކް
އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނިމާދޫ އިން
18 October 2025
ކުރެހުން ވަރަށް ފުރިހަމަވެފައި ރީތި. އެކަމަކު ނިމުނުއިރު ޓާމިނަލް ވަރަށް ހުތުރު. އިންޑިއާމީހުންގެ ފެންވަރު މީގެންފެންނަނީ. ދިހެހިންނަށްވެސް ހުރުތު.
ކާފޫރު ތޮޅި
18 October 2025
މިއީ ކޮން ކަލެކި އަޅާޢްފެށި ފެށިތަނަށް؟ ހައުދަހައި ތަފާތޭ. އަފިރިންގެ ރަށި އެއާޕޯޓު އެމްޑީޕީ ވެރިކަމި ފަށާފައި އަދި ވެސް ނިނިމެއި.
ދަގަތްފާނު
18 October 2025
ހ.ދ ހަނިމާދޫގައި ތިވަރުގެ އެއާޕޯޓެއް އޮއްވާ ކާރީގައޮތް ކުޅުދުއްފުށީގައި ވަނީ އެއާޕޯޓު އަޅާފަ. އެހެންވީމާ ކ.މާފުއްޓާ ކ.ތުލުސްދޫގައި އިންޓަނޭސަނަލް އެއާޕޯޓު އެޅުން މުހިންމު، އެދެރަށަކީ ގިނައަދަދެއްގެ ފަތުރުވެރިން ދާ ދެރަށަށްވެފައި، ކާރީގާ ގިނައަދަދެއްގެ ރިސޯޓުހުރި ދެރަށް. ކ.މާފުއްޓަށްދާ ފަތުރުވެރިއާ އެއަތޮޅު އުތުރުބުރީ އެއާޕޯޓަކުން ފުރަންޖެހޭ ތަކުލީފުން ސަލާމަތްކުރަންޖެހޭ
ނަނަނަ
18 October 2025
ޓާމިނަލް ނުނިމޭ... އެވަރުންވެސް އިންޑިއާ އަންހެނެއްގެ ފޮޓޯ ދޯ ނޫހުގަ ޖަހަން ލިބުނީ.. އެމްބަސީން އެންގީ ދޯ!
ބައްތެލި
18 October 2025
އެއަރޕޯޓް ގެ 80 ޕަސެންޓް ޚަރަދު ކޮއްފަ ތިއޮތީ ފުރާޅަށް ހެން ހީވަނީ. ތިވަރުން ހިޔާ ވާނެބާ؟
އަދާލަތު
18 October 2025
ވާރޭވެހޭއިރު ޝީޓުން ފެންލީކުވާވަރުން ނުތިބެވޭވަރުވޭ. މަސައްކަތް ނިމޭނެދުވަހެއްނޭނގޭ. އެއަރޕޯރޓްގެ ޓާމިނަލަކީ ބާލިދީޓާމިނަލެއް. ތަންނިންމާފައި ހުޅުވިއްޔާ ކީއްބާވާނީ. މިހާރުވެސް އެތަންވަނީ މަރާމާތުކުރަންޖެހިފައި. އަނެއްކާވެސް 800މިލއަން ލޯނަށް ނަގަންވީ.
ސަމަރޭ
17 October 2025
ކޯޑް- ސީ އަކީ އެންމެ ބޮޑެތި އެއާރކޮްރާފްޓް ތަކެއް ނޫން. ނޯމަލް ނެރޯ ބޮޑީ އެއާރކްރާފްޓް އެއީ..
ޖައްސާޖައްސާ
17 October 2025
ހަނިމާދޫ އެއަރޕޯރޓް އިންޓަރނޭޝަނަލް ކުރާއިރު އެއަރޕޯރޓް ފީސްބްލް ކުރުމަށްޓަކައި ހަނިމާދޫ ފަޅު އެއްކޮށް ހިއްކާލާ ހަނިމާދޫ މީހުން ރަސްމާލެ އަށް ބަދަލުކޮށްލާ ކްްއަންޓަމް ކޮމްޕިއުޓިންގް ސެންޓަރު ތައް ހަދަން ހަނިމާދޫން އިންޓަރނޭޝަނަލް ސޮފްޓްވެއަރ އިންޖިނިއަރިންގް ކުންފުނި ތަކަށް ވިއްކަންވީ ފްރީ ހޯލްޑް އުސޫލުން 10 ހެކްޓަރުގެ ބިން ބިމެއް 100 މިލިއަން ޑޮލަރަށް އެއިރުން ދެން ރާއްޖެ ތަރައްގީ ވެގެންދާނީ ރާއްޖެތެެެރޭގައި މީހުން ދިރިއުޅެގެން ރާއްޖެ ކުރިނާރާނެ