"މިހާރު" އިން ބާއްވާ އައްޑޫ ބަހުސް މިރޭ 8:30 ގައި އޮންނާނެ.
19 އޮކްޓޯބަރ 2025 - 11:16
އައްޑޫގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން މިރޭ "މިހާރު" އިން ކުރިއަށް ގެންދާ ބަހުސްގެ އޯޑިއަންސަށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން މިހާރު ހިންގަމުންދާ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކިން ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޮޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެ ވޯޓާ ގުޅޭ ގޮތުން "މިހާރު" އިން މިރޭ 8:30 ގައި މީރުމާގައި ބާއްވާ ބަހުސްގައި އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު އެކަމުގައި އުފެދޭ ސުވާލުތައް ކުރުމުގެ ފުރުސަތު ބަހުސްގެ ތެރެއިން އާންމުންނަށް ލިބޭނެ އެވެ.
މި ބަހުސަށް އެކި މަގާމުތައް ފުރުއްވި އަދި މިހާރު ވެސް މަގާމުގައި ދެމިތިއްބެވި އައްޑޫގެ ބޭފުޅުންނާއި އައްޑޫގެ އާއްމުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެހެންވެ، ޕެނަލިސްޓުންގެ އިތުރުން އޯޑިއަންސަށް ވެސް ސުވާލުކޮށް، އެ ބަޔަކު ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ބަހުސްގައި ހިމެނިވަޑައިގަންނަވަނީ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި އިމާދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) އަދި ހުޅުމީދޫ އެއް ކައުންސިލެއްގެ ގޮތުގައި އޮތް އިރު އެ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދެވެ.
އައްޑޫ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން.
މިރޭ 10:30 އާ ހަމައަށް ކުރިއަށް ގެންދާ އެ ބަހުސްގެ މޮޑެރޭޓަރަކީ ކުރީގެ ޓީވީ ޕްރެޒެންޓަރު އަދި އައްޑު އަށް އުފަން ހަސަން ޒިޔާއު އެވެ.
އެސްއެސްޓީވީ އާއި ސަން ޕްލޭއިން ލައިވްކޮށް ވެސް ލައިވްކޮށް ދައްކާ މި ބަހުސް "މިހާރު" ގެ ފޭސްބުކާއި އެކްސް އެކައުންޓް މެދުވެރިކޮށް ވެސް ލައިވްކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުރޯޓާ
19 October 2025
ޑިވައިޑް އެންޑް ރޫލް
ވަނގ
19 October 2025
އިމާދު ފިޔަވައި ތިބަހުސްގައި ތިބީ މާލޭމީހުން.
ސަފަރުކަތްދައްތަ
19 October 2025
އަފީފުގޮތެއް ނޭންގޭ. އެކަކު ރަދީފު އޯޑިއޯންސްގާ ހުންނާނެ.
ޓަކިބެ
19 October 2025
ނެތް އެއްވެސް އިންޓްރެސްޓެއް. މިރޭ ކުޅޭ މެންޔޫ ލިވަޕޫލް މެޗަށް ތައްޔާރުވެގެން މިހިރީ.
ޒިހާނިއޯ
19 October 2025
އިމާދު ފިޔަވާ އެއްވެސް ހައިސިއްޔަތެއް ހުރި މީހަކު ތިތާކު ނެތް.
އޮނަރަބްލް އަފީފު ދީދީ
19 October 2025
އެތައްސަތޭކަ ކައުންސިލްގެ ބަދަލުގައި 3 ރީޖަންގެ މައްޗަށް އިދާރީ ޤާނޫނީ ދާއިރާތަށް ކަޑައެޅުމާއިއެކު މިހާރު މަޖިލިސް އެކުލެވިގެންވާ ގޮތަށްވެސް ބަދަލުގެނެސް މަޖިލިސް މެންބަރުންގެ އަދަދު އިތުރުނުވާނެގޮތަށް މިބަދަލާއިއެކު "މަޖިލީހުގައި ތިއްބަވާނީ ކޮންމެރީޖަނެއްގެ ރަށްވެހިންގެތެރެއިން އިންތިޙާބުކުރާ" 30 މެންބަރުންގެމައްޗަށް އެކުލެވޭގޮތަށް ޖުމްލަ 90 މެންބަރުން ކަމަށްވެސް ޤާނޫނުއަސާސީގައި ކަޑައަޅާ ނިންމަންވާނެ. މިއީ ޙަޤީގަތުގައި މިކަން އޮންނަންޖެހޭ ގޮތް.
ބޭނުމީ
19 October 2025
ބުރިޖެއް އޮތިއްޔާ އައްޑޫގެ ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބި ތަރައްގީ އިތުރުވެގެން ދާނެކަން ބަހުސެއްނެތި އެނގޭ. ބުރިޖު އަވަސްކޮށް ދޭންވީނު. ސިޓީ ކައުންސިލުގައި ކައުންސިލަރުން އެކުލެވިގެންވާގޮތް، އެއީ މައްސަލައެއްނަމަ، އެއީ ބަހުސުކޮށްގެން ހައްލުކުރެވޭނެ ކަންކަން. ސިޓީ ކައުންސިލުގައި ކޮންމެ ރަށަކުން ކައުންސިލަރެއްވެސް ބެހެއްޓިދާނެ. އަދި ކައުންސިލު އިދާރާ ކޮންމެ އަހަރެއްގައި ނުވަތަ ދައުރެއްގައި ވަކިރަށެއްގައިވެސް ބެހެއްޓިދާނެ.
އެޗް އެމް
19 October 2025
ދީނީގޮތުން ވެސް ތިކަމުގައި ރައުޔެއް ހޯދުން ރަގަޅު. މީސްތަކުންނަށް ދިމާވާ އުދަގޫ ކަންކަމުގަ އިސް ކުރަން ޖެހޭނީ އެ ގޮތް.
ރަނގަޅު
19 October 2025
ދީނުގައި ހުރިހާ އިރުޝާދެއްވެސް ހުރީ ގުޅުންތައް ދެމެހެއްޓުމަށް. ދީނީ ވާޖިބުތައް އަދާކުރުމާއި މައިންބަފައިންނާއި އަނބިދަރިންނާއި ރަހިމުގެ ގުޅުމާއި އަވަށްޓެރިންނާއި މުޖުތަމައުގެ ގުޅުމާއި ގައުމުތަކާއި މުސްލިމުންގެ ގުޅުން... މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެކޭ...އެކިތަންތަނުގައި ލައްވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ތައާރަފު ވުމަށޭ...
ކަކިޑާމެން
19 October 2025
ހުޅުމީދޫ ސިޓިންވަކިވެ، ދެން އޮންނާނީ މީދޫން ހުޅުދޫ ވަކިވުމެވެ. މިދެރަށުގައި ޒަމާންވީ ހަސަދައާއި ބައިބައިވުން އެއީ ފޮހެނުލުވުނު މާޒީއެވެ. ކިޔަވައިގެން ތިއްބަސް ހިލްމު ނެތް އަމިއްލަ އެދުމުންފޯވީމައި ދެން ހެދޭނީ އަތުންފައިން ގޯހެވެ. ހުޅުދޫއަށް ނިސްބަތްވާ މީހުންގެ ޝަކުވާއަކީ މީދޫ މީހުންގެ ކުދިންގެ އެމީހުންގެ ކުދިން ސުކޫލުގައި ހަލާކުކުރާވާހަކައެވެ. ހަމަ އެގޮތަށް މީދޫ މީހުންގެ ޝަކުވާއަކީ ހުޅުދޫމީހުންގެ ކުދިން އެމީހުންގެ ކުދިން ހަލާކުކުރާވާހަކައެވެ.
ކިއެއްވީ
19 October 2025
ހޫން. ކުޅުދުއްފުށި ސިޓީކައުންސިލްގެ ދަށަކުނޫން ހދ. އަތޮޅު ހުރިހާރަށެއް އޮންނަނީ. ވަކިވަކިން އޮތީމަ ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ކުރެވޭ.