ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: އެސްއީޒެޑްގައި ޓައުންޝިޕް އުފެއްދޭ ގޮތަށް ގާނޫނު އިސްލާހުކުރަން އޭނާ ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ/މަޖިލިސް
21 އޮކްޓޯބަރ 2025 - 10:46
ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި މީހުން ދިރިއުޅެވޭ ގޮތަށް "ޓައުންޝިޕް" އުފެއްދޭ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެންނަ ބަދަލެވެ.
އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި، އެ ގާނޫނުން ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖްކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް ބިލްގައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.
އެއީ:
ހ- އިންޑަސްޓްރިއަލް އެސްޓޭޓް
ށ- އެކްސްޕޯޓް ޕްރޮސެސިން ޒޯން
ނ- ފްރީޓްރޭޑް ޒޯން
ރ- އެންޓަޕްރައިޒް ޒޯން
ބ- ފްރީ ޕޯޓް
ޅ- ސިންގަލް ފެކްޓްރީ އެކްސްޕޯޓް ޕްރޮސެސިން ޒޯން
ކ- އޯފްޝޯ ފައިނޭންޝަލް ސާވިސް
އ- ހައިޓެކްނޮލޮޖީ ޕާކް
ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާގެ (ވ) ގެ ގޮތުގައި "ސަސްޓެއިނަބްލް ޓައުންޝިޕް" ހިމެނުމަށެވެ. އެފަދަ ޓައުންޝިޕް އުފެއްދުމުގެ ގިނަ ޝަރުތަކެއް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ޝަރުތަކަށް އެ ބިލުގައި އޮތީ ޓައުންޝިޕް އުފައްދަން އިންވެސްޓްކުރަން ޖެހޭ ފައިސާގެ އަދަދެވެ.
އެ އިސްލާހުގައިވާ ގޮތުން ސަސްޓެއިނަބަލް ޓައުންޝިޕެއް އުފެއްދޭނީ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓް ކުރާނަމަ އެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމްކޮށް، އެ ސަރަހައްދުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝުގާ
21 October 2025
ގައުމު ވިއްކާލަނީ.
5698
21 October 2025
އިންޝާﷲ މިވެރިކަމުގައި މިގައުމަކީ ތަރައްގީވަމުންދާ މަތީފަންތީގެ ގައުމަކަށް ހަދާނެ.
ނާޑުވާ
21 October 2025
އަނެއްކާވެސް ރަށްވެހިކަމާއެކު ޤައުމުގެ ބިމުން ބައެއް މުޅިއުމުރަށް ވިއްކާލަން އުޅޭ ކަމުގެ ނިޝާންތައް މި ފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
21 October 2025
ރައީސުން އާންމުކޮށް ބުނޭ "ރާއްޖެ ތަރައްޤީކުރެވޭނީ އައްޑޫ ތަރައްޤީކޮށްގެން" ކަމަށް. އެކަމަކު ޓްއަރިޒަމް ތަރައްޤީކުރަން މާލޭސަރުކާރާއި އައްޑޫ ކައުންސިލް ގުޅިގެން ދޫކުރި ބިންތަކުގައި އިންވެސްޓްކުރާ ޑރ ހަސަން އެއޮތީ ބުނެފަ މާލޭސަރުކާރުން ކުރިމަތިކޮށްފައިވާކަންކަމާއި އިންވެސްޓްމަންޓަށް ދިމާވެފައިއޮތް ނުރައްކާތެރިކަންކަން. ހަސަން އައްޑޫ ރައްޔިތުނަށް ހުޅުވާލައިގެން އާންމުކުރި ސިޓީއެއްގައި މިވާހަކަ ބުނެފައިވޭ. މިވަރު ތަނަކަށް އިންވެސްޓަރުން އަންނާނެތޯ؟
ޕިކްސް
21 October 2025
ރަސްމާލެ ވިއްކާލަނީބާ
ފފފފފ
21 October 2025
ވިއްކާކާލަނީ ވިއްކާލަނީ! އަވަހަށް މުޒާހަރާކޮށް ގައުމުގައި ހަމަ އެއްކަމެއްވެސް ވިޔަނުދީ ހިފަހައްޓާލާ. ދެން ނާށިގަނޑު ހިފައިގެން ހުރިހާ ކުދިން ނުކުމޭ.
އެޓޯލްސް
21 October 2025
ފޮޓޯފެނުނީމަ ހިތައްއެރީ މީގެ ދެތިންމަސްކުރިން މީނާގެ ވާހަކަ ހުރިހާ ހެޑްލައިނެއްގަ ޖެހިއޭ މިހާރު ހަމައަނެއްކާވެސް އޭގެ އެހެން އެޕިސޯޑެއް ކުރިއައްދާނެއޭ.އަނެއްކަ ހައެއްކަމަސް ފަހުން ނޫހުގަ ޖަހާލަންވީއޭ.އަޖައިބަކީ މިއެއްނުން މިހާރު. ދައުލަތުގެ ތިޖޫރީ އިންގޮަތައް ދާންވީ ހިފައިގެން.ތިންމަސްފަހުން ސާފުވޭ….ކޮބައިތަ ގައުމުދެކެ ލޯބިވާ ދިވެހިދަރިންތައް.؟؟؟އެންމެކުޑަމިނުން ގައުމިއްޔަތު މިނިސްޓަރުވެސް ވީތަނެއް ކުރިކަމެއް ފެންނާކައްނެތް
އޮނަރަބްލް އަފީފު ދީދީ
21 October 2025
ކ.އަތޮޅު އެނބޫދޫ ފަޅު ބިދޭސި ކުންފުންޏަކަށް ކުޑަ އަގަގަށް ދޫކުރީ އެތަނުގައި 700 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރާނެކަމަށް އެކުންފުނިން ޕްރޮޕޯސަލް ހުށަހަޅައިގެން. އެކަމަކު ފެނިގެންދިޔައީ ސަރުކާރަށްވެސް އެކަންކުރެވިދާނެ ކަމެއް ކޮށް (ފަަޅުހިއްކާފައި ބިން ވިއްކަން ފެށުން) އެމީހުން އެތަނުން ހިއްކި ބިންތަކުގެ ތެރެއިން ތަނެއްގައި ރިސޯޓެއް ގޮތަށް ތަންކޮޅެއް ހަދާފައި ބާކީ ހުރި ބިންތައް ބޮޑު އަގުގައި ވިއްކަން ފެށިތަން؟! މިއީތޯ މިކަން އޮންނަ ގޮތަކީ؟
އުދުހޭ
21 October 2025
ބޭނުންވާ ގޮތް ނޫންގޮތަށް ފަނޑިޔާރަކު ހުކުމުއް ކޮށްފިއްޔާ އެފަނޑިޔާރެއްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮންނަ ގައުމެއްގައި ކޮން މޮޔައެއްގަ 500 މިލިޔަށް ޑޮލަރު އިންވެސްޓްކުރާނީ؟ އެހެން ގާނޫނުތަށްވެސް ތިޔަ ހަދަނީ ހަމަ ހިތުހުރިގޮތަކަށް. އިންވެސްކުރާތަކުން ގާނޫނެއް ހަދާ އިންވެސްޓަރަށް ލިބޭ ފައިދާ ރައްޖެއިން ބޭރައް ގެންދެވޭނީ ދިވެހި ރުފިޔާއިންނޭ ބުނެފިއްޔާ ވާނީ ކިހިނެތް؟
އޮފްޝޯ
21 October 2025
އޮފްޝޯ ފައިނޭންޝިއަލް؟ ޓެކްސް ހެވަން އަކަށް ބަދަލުވަނީ ދޯ
މިސްލާނ
21 October 2025
ޓެކްސް ހެވަން އެއްނޫން މިހާރު މިވަނީ ކުރައިމް ހެވަން އަކަށްވެސް ބަދަލުވެފައި، އެއްވެސް ގާނޫނެއް ގަވާއިދެއް ބެލުމެއްނެތި ބިދޭސީން އެދަނީ ހިތުހުރި ގޮތަކަށް ރާއްޖޭގައި އުޅެމުން، ޚާއްޞަކޮށް އިންޑިޔާ އަދި ޗައިނާ މީހުން، ސަރުކާރަށް ހީވާކަހަލަ އެމީހުންގެ މައްޗަށް ގާނޫނު ހިންގަން އުޅެފިއްޔާ ގައުމު ބަގުރޫޓު ވެދާނެއޭ،