ޕާކިސްތާނުގެ ޑިފެންސް ޗީފް ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޑިފެންސް މިނިސްޓްރީ
23 އޮކްޓޯބަރ 2025 - 15:25
ޕާކިސްތާނު އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމަށްވާ ޗެއާމަން އޮފް ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ ޖެނެރަލް ސާހިރު ޝަމްޝާދު އަޚުތަރު ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޖެނެރަލް އަޚުތަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ މިިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ޕާކިސްތާނުގެ ޑިފެންސް ޗީފް ޖެނެރަލް ސާހިރު ޝަމްޝާދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޑިފެންސް މިނިސްޓްރީ
ރާއްޖެއާ ޕާކިސްތާނާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އެހެން ބައެއް އިސް އޮފިސަަރުންނާއި ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިކްޓޭޓަރސް
24 October 2025
ފުރީ އިމްރާންޚާން!!! ފުރީ އިމްރާންޚާން!!! ފުރީ އިމްރާންޚާން!!! ފުރީ އިމްރާންޚާން!!!
އަބްޑޫޅް +
24 October 2025
ޓެރަރިޝްޓުންގެ ހާއްޔެއް ތިޔަ ޕާކީސްތާނަކީ.
ޖަސްޓިސް
24 October 2025
އިމްރާޚާން ދޫކުރޭ!
ޝޮކްތެރަޕީ
24 October 2025
އެމްޑީޕީ ވެރިކަމުގަ ޕާކީސްތާން ގުޅުން ކެޑިފަ އޮތީ.
ކޮސް
24 October 2025
މުއިއްޒުގެ މިދައުރު ނިމި ޕީ.އެން.ސީ ނޫން ވެރިކަމެެއްގަ ވިސްނާނަން ތިކަމާ....
ސަމީރާއްތަ
23 October 2025
ރާއްޖެއަކީ އިންޑިޔާކަންޑުގައި އޮތް ވަކި ގައުމެއް. އެއްވެސް ބަޔެއްގެ ދަށުގައި ރާއްޖެއޮވެގެން ކަމުނުދާނެ. ރާއްޖޭގެ މަސްލަހަތު ދެމެހެއްޓޭނީ ރާއްޖޭގެ މިލިޓަރީ ތުރުކީވިލާތުގެމިލިޓަރީއާއި ގުޅިގެން ވަރުގަދަކޮއްގެން.
ދިލްކަޝް
23 October 2025
ގަރަތާ ތުރުކީއާ ސައުދީއާ ޕާކިސްތާނާ ރާއްޖެ ގުޅިގެން އިސްލާމީ ނޭޓޯއެއްގެ ބިންގާ އަޅަންވީ.
މުލްކިސް
24 October 2025
ސައުދީ ލައިގެން ތިކަމެއް ނުވާނެ. ފުރަތަމަ ސައުދީ ރަސްކަން ބަދަލުކުރަން ޖެހޭނީ ތިވަރުގެ ކަމެއްކުރަންޏާ.
މުލޭ
23 October 2025
ތިޔަކަމާ ތުރުތުރު އަޅާ ބަޔަކު އުޅޭނެ އެތެރެއާއި ބޭރުގައި ވެސް. އެންމެން ވެސް މި ގައުމަށް އަންނަންވީ. އެންމެންނާ ވެސް ގުޅުން ބާއްވަންވީ. ވަކި ބަޔަކާ ގުޅުން ބާއްތީ ހިތްހަމަ ނުޖެހުމަކީ އެބައެއްގެ ތަސައްރަފު ނުފުދޭކަން.
ޕާކިސްތާނަށް ވާނެ .
23 October 2025
އިސްލާމީ އެއްބައިވަންތަ ކަމުގެ ފޯހެއް އުފައްދަންވެއްޖެ. އިސްލާމީ ގައުމުތަށް ގުޅިގެން، ހުޅަނގު ޔަހޫދީންގެ ބުލީއިން ސަލާމަތްވާން.
އަފްރާސިޔާބު
23 October 2025
މީހާރުވެސް ތިޔަ ފޯސް އެބައޮތް. އެފޯހުގެ ނަގައިކިޔާ މީހަކަށް (ކޮމާންޑަރު އިންޗީފަކަށް) ހުންނަނީ ބެންޔަމިން ނަތަންޔާހޫ ކިޔާ ޖެނެރަލެއް. ދެން އެޖެނެރަލުގެ ވަށައިގެން އިސްލާމީ ލަޝްކަރުގެ ކުދި ޖެނެރަލުން. އޭގެ ތެރޭގައި ޖެނެރަލް ސީސީ، ޖެނެރަލް އެރޮދޮގާން، ޖެނެރަލް މުޙައްމަދު، ޖެނެރަލް އައިއެސް.އައިއެސް ޖޫލާނީ، ޖެނެރަލް ތާމިމް، ޖެނެރަލް ޒައިދު ޖެނެރަލް އަބްދުﷲ ފަދަ ބޭފުޅުން ކޮމާންޑަރުންނަށް ތިއްބަވާ.