އެންއައިސީގެ މެމްބަރުންނާއި އެ ތަނުގެ ބައެއް ސްޓާފުން
26 އޮކްޓޯބަރ 2025 - 19:58
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެމްބަރުން މިއަދު އައްޔަނުކޮށްފި އެވެ.
އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފަ އެވެ.
އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ކޮމިޝަނަށް އެ ހަތަރު މެމްބަރު އައްޔަނު ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ޝުއައިބްގެ އިތުރުން މިހާރު އެ މަގާމުގައި ތިއްބެވީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމާއި ނައިބު ރައީސް އާޝިޔަތު ޝިއުނާގެ އިތުރުން މެމްބަރު އާމިނަތު ޝާދިޔާ އާއި މަރްޔަމް އިންޝާ ފައިސަލެވެ.
އިންޝާ ފިޔަވާ ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ.
އެ ކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނިކެ
27 October 2025
އަލީ މުހައްމަދު މަނިކު ތިޔަ ކޮމިޝަނަށް ލާން ހެޔޮނުވާނެ. ޢަލިމަނިކަކީ، އިލެކްޝަން ކޮމިޝަނުގައި ހުއްޓާ ސްޕްރޯމްކޯޓުން ވަކިކޮށްފައިހުރި މީހެއް
ނާސިހު
26 October 2025
ފާތުމަތު ޝަރީފަކީ ސެންބެޔާ ތިމާގެ ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަ ތަކަށް ސަމާލުވާން ޖެހޭ ރައީސް ...
ކޮރަލް
26 October 2025
އޭގެ ތެރެއިން ޝުއައިބަކީ މިހާރު ވެސް އެންއައިސީގެ މެމްބަރެކެވެ. ގަޑި އަށް އޮފީހަށް މީޓިންގް ތަކަށް ދޭތޯ ބަލާލަ ބަލާށެވެ.
އެލެކްސް އަހަންމަދު
26 October 2025
ތީ ބޭކާރު ކޮމިޝަނެއް. ކަށިގަނޑުފުމޭ ގާސިމަށްވެސް ކަށިގަނޑުފުމޭން ކެރުނީ އުމުރުކޮޅުން އެންމެފަހަރަކު.
ބޮލިރަވަ
26 October 2025
ކޮބާ ތި ކޮމިޝަނުގެ ބޭނުމަކީ. ޖައްސަވައިގެން ކުރާ އެއްވެސް ކަމެއް ނޯވޭ. ރައްޔިތުން ފެލައިގެން ބޮޑު މުސާރަ ނަހައިގެން ތިބުން ނޫން ކަމެއް ނުކުރެވޭ. މިގައުމުގެ އެއްޗަކަށް ނުވާ ބަޔަކީ އެދުރުން. ސަރުކާރުން އެދުރުންގެ ހައްގުތައް ނިއުޅައިގެންފި.
ބަނބޫ
26 October 2025
ޖައްސަވައިގެންނެއްނޫން ހައްދަވައިގެން.