ޅ. އޮޅުވެލިފުއްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން، މަޝްރޫއެއް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރ 2025 - 12:28
ޅ. އޮޅުވެލިފުށި ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށް އިތުރު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަތީ އޮޅުވެލިފުއްޓަށެވެ.
އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވަނީ އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް އޮޑި އެހެލާ ސަރަހައްދެއް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ޅ. އޮޅުވެލިފުށީގައި މިއަދު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅަނީ. -- ފޮޓޯ: ރައީސް އޮފީސް
- ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް
- ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެޅުމުގެ އަމަލީ މަސައްކަތް
- ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން
- ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން
- ފުޓްސަލް ދަނޑެއް އެޅުމަށް ސޮއިކުރުން
- ކައުންސިލް އިމާރާތުގެ ބިންގާ އެޅުން
- ވޮލީ ކޯޓު އެޅުމަށް ފައިސާ ހަމަޖައްސައިދިނުން
- އަންނަ އަހަރު މަގު ހެދުމުގެ މަޝްރޫއެއް
ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ދަތުރުފުޅުގައި އެ ރަށުގައި ކައުންސިލް އިމާރާތެއް އެޅުމަށް
ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ އިތުރުން އެ ރަށުގެ ކަރަންޓު ނެޓްވޯކް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހިފައިވާ ކަމަށެވެ. ނަރުދަމާ އަޅާ ނިމިފައި ވިޔަސް ނެޓްވޯކް މައްސަލައަށް ހައްލެއް ލިބުމުން ނޫނީ އެ ހިދުމަތް ދެވެން ނުފެއްޓޭނެތީ އެ މައްސަލަ މި އަހަރު ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ސްކޫލް މަޝްރޫއު ހުއްޓިފައި އޮތުމުން، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏާ ވާހަކަ ދައްކައި އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށާއި ކްލާސްރޫމުތައް އޭސީކޮށް އަންނަ ދިރާސީ އަހަރަށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން ރަށަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. މިއަދު ބިންގާ އެޅުމާއި ސޮއިކުރި މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަނވަރ
27 October 2025
ހުސް ހުދު ގަމީސްތައް
ފާދިއްޕޮޅު
27 October 2025
އޮޅުވެލިފުށި އޮތް ޖާވާއަށް އަތޮޅުގެ ހުރިހާ އެންމެން ބަދަލުކޮށް އެއްފަސްކުރަންވީ. މުސްތަގްބަލުގައި ސިޓީއަކަށް ހަދައިދޭންވީ ރީޖަންއަކީ އެއީ ތޮށްޖެހިފައި އޮތް ނައިފަރާ ހިންނަވަރު ސްޓްރަކްޗަރ ދެން ރަނގަޅެއް ނުކުރެވޭނެ. އެ ދެރަށުގެ ގޮޑު އާބާދީއަށް ވެސް އިޖްތިމާޢީ ހާލަތު ރަނގަަޅުކޮށްދީ ދިރިއުޅުން ފަހިކޮށްދެވެން އޮތް އެންމެ ރަނގަޅު ހައލަކީ މިއީ.
ދެރަސޮރު
27 October 2025
ސާބަހޭ ރައީސް , މިވަރުގެ ރައީސެއް މަވާ އަދި ނުދެކެން ބިންގާ އަޅާފަ ބަހައއޓަވާ
ޢަރުތަ
27 October 2025
އަހުން ބުނީ، ރިޔާސީ ކެމްޕޭނުތެރޭ ވީ ހުރިހާ ވައުދެއް ފުއްދާނިމިގެން އިތުރަށް ފުއްދަންޖެހޭ ވަޢުދެއް ނެތީމަހޭ، އަނެއްކާ އެހެން ވައުދުތަކެއްވަމުން ސޮއި ކުރަމުން މަޝްރޫއުތައް ފަށަމުން މިގެންދަނީ. ހާދަ ބޮޑު ކުރިއެރުމެކޭ މިވީ ދެއަހަރުތެރެގަ ޤައުމަށް މިއައީ އުތަ.
ރާވެރިބެ
27 October 2025
ގިނަ ބިން ހިއްކުމާ އަދި އެހެނިހެން އަތޮޅުތަކުގެ މަޝްރޫއު ހިންގުން މިހާރަކަށް އައިސް މިހަވާލު ކުރަނީ އެމްއޭސީއެލް އާ. އެކުންފުންޏަކީ އެންމެ ގިނަ ބޭރު ފައިސާ ލިބޭ ކުންފުނި ކަމަށް ވާތީ. ދެން އަމަލީ މަސައްކަތް ކުރަން މިހަދަނީ ސަބްސިޑިއަރީ ކުންފުންޏެއް. އެމްޓީސީސީ ބާކީވެގެން ދާނެ. ރައްޓިއްސެއް ބުނީ އެމްއޭސީއެލް އަކީ ބުއިމެއްނަމަ އެބޯލަނީ ޔޯ!
ކަތްދައްތަ
27 October 2025
ޖާވާ ކަރަ ހަލާކު ކޮށްލުމާއި ދެކޮޅު ހަަދަންޖެހޭ ތިމާވެށީ ރައްކާތެރި ކުރާންކަމަަށް ޓެގް އަޅައިގެން އުޅޭ މީހުންތައް. އެހެން ނޫނަސް، ފުސްސަލް ދަޑާއި ވޮލީ ކޯޓާއި ފިޓްނަސް ސެންޓަރާއި މިހުރިހާތަނެއް ބޭނުން ކުރާނެ މީހުން ތިޔަ ރަށުގައި އެބައުޅޭތޯ؟ މަ ހަމަ ހިތައް އަރަނީ ތިޔަ ހުރިހާ ޚަރަދެއް ތިޔާހެން ނުކޮށް ތިޔަ ޚަރަދުތައް އެއްކޮލައިގެން އޮޅުވެލިފުށީ މީހުންނަށް މިތަނުން ބޮޑު ފުލެތެއް އަޅަމާ ބަހީއޭ. އޭރުން ތިޔަ ހުރިހާ ޚިދުމަތެއް ހުޅުމާލެ މާލެއިން ލިބޭނޭ.
ޱރ އަތޮޅޭ
27 October 2025
ބުނެދީބަލަ އޮޅުވެލިފުށީގެ އާބާދީ އަދި ރަށުގައި ވަޒަންވެރިގެން ތިބިމީހުންގެ އަދަދު.
ކާންނާ ކަލޭފާނު
27 October 2025
މަށެއްވާ ނެތިން އެއްޗެއް ބުނާކަށް. ސައުންޑު ކްލައުޑުގަ މައުމޫންގެ 30 އަހަރު ޖަހާލަބަލަ. އެ ކްލިޕްގަ އިންނާނެ އޮޅުވެލިފުއްޓާ ބެހޭ ބާބެއްވެސް.