ރައީސް މުއިއްޒާއި ކުރީގެ ރައީސް މައުމޫން ޑިސެމްބަރު 2023 ގައި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
02 ނޮވެމްބަރ 2025 - 14:23
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މާދަމާ އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ އައްޑަނަތައް އެރުވުން އޮންނާނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެގޮތަށް ރައީސް ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސް ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ ކަމަށާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްޒަތު
03 November 2025
އައްޑަނަ ނޫން އެހެން އެއްޗެއްވެސް އެރުވިދާނެ! މަށާއި މަގޭ މުޅި އާއިލާއަށް މައުމޫނުގެ ވެރިކަމުގައި ލިބުނު ލާއިންސާނީ އަނިޔާތަކަށް ދުވަހަކުވެސް މައުމޫނަށް މާފުކުރުމެއްނެތް!
ޖެރާ
03 November 2025
ތިޔައީ ޒަޢީމޭ މިލޮބުވެތި ޤައުމް ފަޙުރުވެރިވާ.. ރައީސް މައުމޫން ޒިންދާބާދު..
ސުހެއިލް
02 November 2025
އަހަރެން އެންމެ ލޯބިވާ ރައީސް. ރައީސް މައުމޫނަށް އަރުވަންވީ "ޤައުމުގެ ބައްޕަ"، މި ލަޤަބު. މި ވެށިން އެފަދަ ވެރިއެއް އެހެން އަދިވެސް ނުފެނޭ ދިވެހިންނަށް މިވަރުގެ ޚިދުމަތްތެރިއެއް ނުފެނޭ
މެދުމިން ވަރަށް ކަމުދާނެ.
03 November 2025
ސަނާ ކިޔަން ދަސްކޮށްދިން ގްރޫޕްކުއްޖަކާ ހާދަވައްތަރޭ!
އުމާ
02 November 2025
އައްޑަން ހަވާލުކުރަންފެނޭ ރަޖީވު ގާނދީއައް
އާދަމް ކުރޮޅި
02 November 2025
ހަނގުރާމައިގައި ކާމިޔާބު ހޯދީމާ ވެރިއަކަށް ހުންނަ ފަރާތަކީ ޣާޒީ. ވީމާ އަރުވަންޖެހޭނީ އެ ލަޤަބު
ދޮޅި ހުސޭނު
02 November 2025
ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިނުމުން ތޫނުފިލި ރައްޔިތަކު ޤައުމުގައި ދިރިއުޅޭނަމަ އެކަންކަމުގެ އަގު ވަޒަން ކުރާނެ. ފަސް ފަހަރު ނުވަތަ ދިހަ ފަހަރު އެކަން ކުރުމަކީވެސް އެކަމުގައި ގޯހެއް އޮތް ކަމެއް ނޫން. އެއީ އެފަދަ ހިދުމަތްތެރިން މި ޤައުމުގައި ނެތް ނަމަ މި ޤައުމުވެސް މިއަދު މިއޮތް ހާލަތުގައި ނޯންނާނެތީ
ހޭލާށެ ދަރިން
02 November 2025
މައުމޫނު ކުރެއްވި މަސައްކަތައް ހައްގުވާ މިންވަރަށް މިހާރުވެސް ޝަރަފް އެރުވިއްޖެ. މައުމޫނަކީ ސިޔާސީގޮތުން މައުމޫނަށް ލިބިދާނެ ގެއްލުމަކަށް ވިސްނައިގެން، ވާރިސުން ގިސާސް ހިފަން ބޭނުންވެ މަރަން ހުކުމް ކޮށްފައި، ތިބި ބާޢީން ޖަލު ހުކުމަށް ބަދަލުކުރި ވެރިއެއް. މަހުޝަރު ދުވަހުން ސުވާލުކުރެވޭނެ، ޝަރަފުވެރިކަމާއި އެކު ޖަވާބުދެވޭނެތޯ
ދޮޅި ހުސޭނު
02 November 2025
އިސްލާމް ދީނުގައި އަނެކާގެ މައްޗަށް އިހުސާންތެރިވުމަށާއި އެނެކާއަށް ލުއި ފަސޭހަ ގޮތްތައް ހޯދާ ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވޭ. އިސްލާމީ ތާރިހުން އެކަން އެއޮތީ ވަރަށް ސާފުކޮށް ފެންނަން. އެއްކަމަކަށް މައްކާ ފަތަހަ ކުރެއްވި އިރު ކަން ހިނގިގޮތް ފުދޭ.
ކުރި
02 November 2025
މަ ވެރިކަމުގަ ހުރިނަމަ ތި އައްޑަނަ އަރުވާނީ ރަޖީވް ގާންދީ އަށް.
ކުރި
02 November 2025
ގައުމު އެދުވަސް ވަރު އޮތް ޙާލަތު މިހާރު އެބަ ވަޒަން ކުރެވޭ. ތަމަޅައިންގެ ބަޔަކު އަރާ 24 ގަޑިއިރު މުޅި ގައުމު އެމީހުންގެ ކޮންޓްރޯލް ގެ ދަށައްގެނައި....
ޢަލީ ބަލީ
02 November 2025
ގައުމު އެދުވަސްވަރު އޮތްހާލަތު ދަށް ނަމަވެސް ތަމަޅައިންގެ ކޮންޓްރޯލް ދަށަކަށް ދިވެހިރާއްޖެ އެއްނުދޭ ތާރީޚް އޮޅުވާނުލައްޗޭ
އަބްޑޫޅް +
02 November 2025
ޙޫމް. ތިޔަ އައްޑަނަ ހިފައިގެން، ޖަނަރަލެއްގެ، ބައު ޔުނިފޯމާއި ކަނޑި އަޅާފަ، ހޭ ވައްޓާލައިގެން، މުޅި ރަށުގަ ނުދުވެފިއްޔާ ރަނގަޅު.
ހުސް އެކަތި!
02 November 2025
އުރުދުންގަ މިހާރުވެސް ހުންނާނެ އެކަހަލަ ސޮރެއް، ކައިރީގަ ތިބި އަވައްޓެރިން ހަފާ ކޭއިރުވެސް އަސްކަރީ ޔުނީފޯރްމްގަ ގައުމިއްޔަތު ކިޔަން ހުރީ!