ކުޅުދުއްފުށީގައި އަލަށް ބިނާކުރި، ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ. ފޮޓޯ: ކުޅުދުއްފުށި ސިޓީކައުންސިލް.
03 ނޮވެމްބަރ 2025 - 22:34
މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ދިވެހިންގެ ބަޔަކު އިސްވެ، ސްރީ ލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.
ޓެރަރިސްޓުން ސިފައިންގެ މައި މަރުކަޒަށް އެންމެ ފުރަތަމަ ހަމަލަދިން ވަގުތު، މައި ގޭޓުން ވަރުގަދަ ހަމަލާތަކެއް ރައްދުގައި ދީ، އެތެރޭގައި ތިބި ސިފައިން ތައްޔާރުވާން މެދުވެރިވި ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރީ އޭނާގެ މަތިވެރި ގުރުބާނީ އާއި ހުރި ހިތްވަރުގެ ހަނދާން އާކުރަން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާގައި، ޝަހީދު ހުސައިން އާދަމް ގެހަނދާނީ ބިނާ ރަސްމީކޮށް އިފްތިތާހުކުރަން ކުޅުދުއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފެވެ.
އެ ރަސްމިއްޔާތުގައި ހުސައިން އާދަމްގެ އާއިލީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޝަހީދު ހުސައިން އާދަމްގެ އުފަން ރަށުގައި ބިނާކުރި ހަނދާނީ ބިނާގައި ވަނީ އޭނާ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ފަތިހު ސިފައިންގެ މައި މަރުކަޒުގެ ގޭޓުގައި ޑިއުޓީ އަށް ހުރި އިރު ބޭނުންކުރި އޭކޭ 47 ގެ ބަޑީގެ ނަކަލެއް ބަހައްޓައިފަ އެވެ.
ކުޅުދުއްފުށީގައި ބިނާކުރި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ.
ސިފައިންގެ މައި މަރުކަޒަށް ޓެރަރިސްޓުން ވަންނަން ފުރުސަތު ނުދީ، ގޭޓް ބެލެހެއްޓި އޭރު އެންމެ 20 އަހަރުގެ ހުސައިން އާދަމް ނިޔާވީ ހުރިހާ ވަޒަނެއް ހުސްވި ވަގުތު ޓެރަރިސްޓުން ރައްދުގައި ދުއްވާލި ވަޒަންތަކެއް ފުލުފުލުން އޭނާގެ ގަޔަށް އަރައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔޫނުސް22
04 November 2025
މޮނިއުމަންޓް އަކީ އެތަކެއް ޒަމާނަކަށް ދެމިގެންދާނެހެން ހެދިފަ ހުންނަންޖެހޭނެ އެއްޗެއް / ތަނެއް. ހިތާމަައަކީ މިރާއްޖޭގަ ވެރިކަމާއެކު ބަދަލްވެ ގެއްލިގެންދާ ތަންތަނައް މޮނިއުމަންޓް ވުނަ.
މިނިސްޓްޜި އޮފް ދިވެހި ބަސް (ލޮލް)
04 November 2025
ރޭންކް އަށް ވުރއ ބޮޑަށް ހަނދާނީ ބިނާއެއް ހަދާއިރު ދިވެހި ބަހުގެ ގަވާއިދަށް ފެތޭގޮތަށް ހެދުންވެސް މާ ރަނގަޅު...
ރޮދި55
04 November 2025
ތީ އޭކޭ ހަނދާނީ ބިނާއެއްނުން. ބޮޑުސިންގާ އޭކޭ47 އެއްވިއްޔަތީނީ.
ރާވެރިބެ
04 November 2025
ތި ބިނާ ހަދަން ތަންކޮޅެއް އަވަސް! އަނެއް ޕޮއިންޓަކީ ތިބިނާ ސިފަވަނީ ޢޭކޭ 47 ގެ ބަޑި އަށް ހަދާފަ ހުރި ބިނާއެއް ހެން. ތިޔަކުން އަހަރުމެންގެ ބަތަލު މަރުހޫމް ހުސެއިން އާދަމްގެ ކުޅަދާނަ ކަމެއް ނުފެނޭ. އެކަން ރަމްޒު ކޮށްދޭ ސިފައެއް ބުފެނޭ.
ހަނދާނީބިނާ
04 November 2025
ތި ހަނދާނީ ބިނާ އޭކޭ ނޫން ގޮތަކައް ހުރިނަމަ ފުރިހަމަ ވީސްކަމައްދެކެން. ބަޑިކަހަލަ އެއްޗެހި ތިފަދަ ބިނާތަކުން ފެންނަނީ ރައްޔިތުންނާ ތަންކޮޅެއް ބީރައްޓެހި އުސޫލުތައް ގެންގުޅޭ ގައުމުތަކުން.
މަ ބުނީ
04 November 2025
އަސްލަކީ ތިޔައީ މީގެ އަހަރުތަކެއްކުރިން ކޮއްނިމިފަ ހުންނަންޖެހޭ ކަމެއް.
އަބްލާ ކަމާލައްދީން
04 November 2025
ހުސެއިންއަށްވުރެ ބޮޑަށް އޭކޭ ދޯ މޮޅުވީ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
04 November 2025
މިހާ ހިތްވަރުގަދަ މީހުންގެ ހަނދާނުގައި ބިނާ ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަންނަން އޮތް ޖީލުތަކަށް މިފަދަ ބަތޮލުން ގައުމަށްޓަކައި ވީ ގުރުބާނީގެ ވާހަކަ ކޮންމެހެން އެނގުން މުހިންމު. ކޮންމެ މީހަކުވެސް ނަމޫނާއެއްކަމުގައި މިފަދަ ބަތޮލުން ދުށުން މުހިންމު. ހުސައިން އާދަމް އެއީ ދުވަހަކުވެސް ދިވެހިން ހަނދާން ނުނެތޭނެ ނަމެއްކަން ޔަގީން
އާބިދާއްތަ
04 November 2025
ހުސެއިން އާދަމް ފުރާނަ ގުރުބާންކުރީމަވެސް ކޯޕްރަލް ރޭންކްހޭ ދިނީ ؟ ތަންތަނުން ކުޅިވަރުކުޅޭ މީހުން ވައްދައިގެންވެސް ތިޔާ ރޭންކް އެބަދެޔޭ. ތިޔަކީ އެއްވެސް އިންސާފެއް ނޫނޭ
މަޑުލި
03 November 2025
ދަ ރިއަލް ހީރޯ!
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
04 November 2025
ކޮންމެ މީހަކުވެސް ބަލަންވީ ހުސައިން އާދަމް ފަދަ މީހަކަށް ވެވޭތޯ!!