ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުއިއްޒާއި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓު އަދި ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 16:39
އެ މަނިކުފާނު ކަންކަން މިނަން ގެންގުޅުއްވާ މިންގަނޑަކީ ނަތީޖާ ކަމަށާއި ހާއްސަކޮށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ނަތީޖާ އެއީ މިންގަނޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަން ކަމަށާއި ރައްޔިތުންނަށް އެންމެ މުހިންމު ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހައްގުތައް އަދާކުރުން ކަމަށެވެ.
އެހެންވެ، އެ މަނިކުފާނުގެ ޒިންމާއަކީ އެ ކަން އެ ގޮތަށް ކުރެވޭތޯ ކަށަވަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ވޭތުވެގެން މިދާ ދެ އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މި ޒިންމާ މާތް ﷲ ގަންދީ އަޅުގަނޑު އެ ދުވަހު ކުރި ހުވާގެ މަތީގައި ހުރެ، ހަމަ ކޮންމެ ދުވަހަކު ވެސް އެ ހުވާ ހަނދާން ކުރަން، އެ ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ މުއައްސަސާތަކުން ހާއްސަކޮށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އިތުބާރާއި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަން އިސް ކުރައްވާނެ ކަމަަށް ރައީސް ވިދާޅުވި އެވެ.
"މިއަދާ ހަމައަށް އައުމުގައި މި ދެންނެވި ގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކީގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާތައް ﷲ ގެ އިރާދަފުޅާ އެކީގައި ވަރަށް ކާމިޔާބުކަމާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން، ފެންނަމުން މިދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ދާނެ ކަމަށާއި މިއަދާ ހަމައަށް ވެސް މަސައްކަތްޕުޅު ކުރެއްވީ އެ ގޮތަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދައި ދެއްވުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. މުޅި ދައުލަތާއި ސިވިލް ސާވިސްގެ އެންމެން ކުރަނީ އެ މަސައްކަތް ވެސް ރައީސް ވިދާޅުވި އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފެއްގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު މިއަދު އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އޭގެ ތަފުސީލުތައް މި މަހުގެ 17 ނުވަތަ އަންނަ ހަފުތާގެ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ހާމަކުރައްވާނެ އެވެ.
"ކޮންމެ ދާއިރާއަކުން ކުރެވިފައިވާ ކަންކަމުގެ މައުލޫމާތާއި ނަތީޖާ އޭގެ ފެކްޓްސްތަކާ އެއްކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދިނުން، ދަންނަވައިދިނުން އަޅުގަނޑު ހިތުން ވަގުތުގެ ގޮތުން ވެސް އެންމެ ރަނގަޅު ވާނީ ވަކި ހަފުލާއެއްގައި އެކަން ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް މި އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރި ވައުދުތައް ވެސް ފުއްދޭ މިންވަރު ވަރަށް ތަފުސީލްކޮށް އަންނަނީ ބަލަމުންނެވެ. އަދި އެ ކަންކަން ހާސިލް ކުރަން ހުރި ދަތިތައް ވެސް ބަލައި ހައްލު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން
12 November 2025
ހުސް ޝަކުވާ
ޢެވަރުންވެސް ވައުދު
12 November 2025
ވައުދު ނުފުއްދޭތީ މުޙިއްމީ ވައުދު ނުވުން.
އުދުހޭ
11 November 2025
ކާރުދާހުގަ ސޮއިކުރުމުން އެކަނި އަދި ފާސްވީ. ލޮލަށް ފެންނަން އަދިހުރީ މުސްތަގުބަލުގައި ފޯނުބޫތުގެ ދަރަޖަ ލިބޭނެ އޭޓީއެމްތަކެއް. އެއީވެސް ސަރުކާރުން ކުރިކަމެއްނޫން.
ދިއްދާ
11 November 2025
އަމިއްލަ އަނގަފުޅު ހިމޭނުންބާއްވަން ވައުދުވެބަލަ. އޯ ނޯވ އެކަމެއްވެސް ނުވާނެ. ވައުދެއްނުފުއްދޭ ވިއްޔާ. އަނގައިން ހުރިހާމަމެއް ވަނީ. އަންނަނީ ނިމެނީ ފަށަނީ ވަކިކުރަނީ އަލުންދެނީ، މިކަހަލަގޮތަކަށް 2 އަހަރު މިދަނީ... ވެދުން
ނުގޮވާށޭ
11 November 2025
ވައުދު ތަކުގެ ނަތީޖާ ސަރުކާރުން ބަލާ މިންގަނޑު އެއީ ސަރުކާރަށް އެކަނި އިނގޭ އެއްޗެކޭ އެޑޭޓާ ސަރުކާރުން ހޯދިގޮތް ސަރުކާރަށް ވެރިފަިއި ކޮށް ނުދެވޭނެއޭ ބަލަގަ 2 އަހަރުވީއޭ ގިރާވަރު އަދި ގުޅިފަޅު ހިއްކަން ކިޔާތާ ނުވިއޭ މީތޯ ތަމެން ތިޔާކިޔާ ނަތީޖާ މީ ނަތީޖާއެއް ނޫނޭ މީފެއިލްޑް ސްޓޭޓަސް އަކީ ގަދައަޅާ ބުރަކޮށް ނަތީޖާ ނެރެދޭން ސަރުކާރުން މަސައްކަތް ކުރިނަމަ މަމެން ހުވައޭ މިހާރު ގުޅިފަޅުގައި މީހުން ދިރިއުޅޭނެއޭ މިކަން ނުވުން އެއީ ކަމެއްނުވީއޭ ކަނޑުކޮސް
ވަމުންދަނީދޯ
11 November 2025
ވައުދު ފުއްދަން ނަމުގައި ތެޅިފޮޅިގަނެގެން މާލިއްޔަތު ގަވާއިދަށް ސީދާ ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަން ފުރުސަތު ފަހިވާ ގޮތަށް ބިޑަށް ނުލާ ސަރުކާރުގެ މަޝްރޫއުތައް އެބާވަތުގެ މަސައްކަތެއް ނުކޮށް ހުރި ކުންފުނި ތަކަށް ދީގެން ނުވާނެއޭ އިހަށް ދުވަހު ސަރުކާރުން 250 ކުންފުންނަށް މަސައްކަތްދީފައިވަނީ މަޖްލީހުގެ މެމްބަރުންނަށޭ އެގޮތުން ތުލުސްދޫ ދާއިރާގެ މެމްބަރަށް 500 މިލިއަން ރުފިޔާގެ މަސައްކަތް ދިން އިރު އެކުންފުނިން ކުރިކަމެއް ނޫނޭ ދީގެން އުޅެނީ
ރުންކުރު
11 November 2025
ނަތީޖާ ހަމަ ސުމެއް. އަނގައިން ދައްކާ ވާހަކަ އާއި ފެންނަން ހުންނަ މަންޒަރާ އުޑާ ބިމާހާ ތަފާތު. އަނގައިން އެއްވަން އަމަލުން ސުމެއް. ދައުރު ދެބައިވާންދާއިރު ކޮންކަމެއްތޯ ކުރެވުނު ކަމަށް ދައްކަން އޮތީ؟؟ ދެންވެސް ހަމަ ވޯޓު ދޭންވީތޯ؟؟
ބޮޑު އަނގަ
11 November 2025
އަދި ހަމަ އެއް ކަމެއް ނުވޭ. އިންޑިއާ ތައްޕާހުގައި
އައިސޯޔޫ
11 November 2025
އެއްވެސް މުވައްސަސާ އަކުން ނެތޭ މާރކެޓް ރޭޓް ކަނޑައަޅާފައި މާރކެޓް ރޭޓްތައް ހުންނަން ޖެހޭނީ އިކޮން މިނިސްޓްރީ ނެރޭ ލިސްޓަކުން ފެންނާށޭ އެފަދަ ރޭޓެއް ނެތީސް ސްޓެލްކޯ އަދި ފެނަކަ އަދި އެމްޑަބްލިއުއެސްސީ އަދި އެމްއޭސީއެލް އަދި އެމްޕީއެލް އަދި އެސްޓީއޯ މިތަންތަނުން ބޭނުންވާ ކުންފުންނަށް މަސައްކަތް ނުދެވޭނަމަ މާރކެޓް ރޭޓަށް ވުރެން ކުޑަބޮޑު ކިޔާ ބިޑްތައް ބާތިލް ކުރެއޭ ކޮރަޕްޝަން އިސްކޮށް ދެވަނަ ފަހަރަށް ހުށައަޅާ ބިޑުން އެމެން ބޭނުންބަޔަކަށްދޭނެއޭ
ވިސްނާށޭ
11 November 2025
މާނަވީ ގޮތެއްގައި ފުއްދާ ވައުދު ތަކަށޭ އަމާބުނީތީ ފަރަށްދާ އުސޫލުން ކެނެރީގެ ނަޝީދު ވައުދު ފުއްދި ގޮތަށް ފުއްދައިގެން ނުވާނެއޭ ހުރިހާ ވައުދު ތައް ގޮސް ގުޅެނީ ފުދުންތެރިކަމާއި ސަރުކާރުގެ މުވައްޒަފުންގެ މުސާރަބޮޑުވުމާއި ގުޅިގެން ތަކެތީގެ އަގުބޮޑުވާނެއޭ ސަބަބަކީ އަމިއްލަ ކުންފުނި ތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެއޭ އެއަންނަނީ ތަކެތީގެ އަގުބޮޑުކުރަން މަޖްބޫރުކުރުން މިކަން ފޫބެއްދޭނީ ކުލިކުޑަކޮށް ސަރުކާރުން ބިން ވިޔާފާރިކުރަން ދީގެންނޭ...