13 ނޮވެމްބަރ 2025 - 21:24
މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓު ފޯރުކޮށްދޭން "ނޭޝަނަލް ނިއުސް އެޖެންސީ" މިއަދު ލޯންޗުކޮށްފި އެވެ.
ސަރުކާރުގެ ނިއުސް އެޖެންސީ ހެދުމަށް އިންފޮމޭޝަން މިނިސްޓްރީން ޕީއެސްއެމްއާ އެކު ސޮއިކުރީ މިދިޔަ އޮގަސްޓް 7 ގަ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ދަށުން ހިންގާ ނިއުސް އެޖެންސީ އޭގެ ތިން މަސް ފަހުން ލޯންޗުކޮށްދެއްވީ، ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އަދި އިންފޮމޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާނެވެ.
އެޖެންސީގެ ވެބްސައިޓު ލޯންޗުކުރުމަށް ފަހު، އެ ޕްލެޓްފޯމާ ފުރަތަމަ ގުޅުނު 20 މީޑިއާއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ޝަމްއާން ވިދާޅުވީ މީޑިއާތައް ބޭނުންކުރަން، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓުތަކާއި އެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، ފޯރުކޮށްދޭނެކަމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ އެހެން މީޑިއާތަކުން ނަގާ ފޮޓޯ އާއި ވީޑިއޯ ވެސް އެ ވެބްސައިޓު މެދުވެރިކޮށް ހިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވި އެވެ. ޕީއެސްއެމްގެ އެމްޑީ ނަސްރީން ވިދާޅުވީ ގިނަ ކޮންޓެންޓުތަކެއް އެ ޕްލެޓްފޯމު މެދުވެރިކޮށް ދޫކުރާނީ ހިލޭ ކަމަށެވެ. އަދި ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައް ވެސް ހިމަނާނެ ކަމަށް ނަސްރީން ވިދާޅުވި އެވެ.
ޕިއެސްއެމްގެ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓު އަދި އިންފޮމޭޝަން މިނިސްޓްރީ ގުޅިގެން މީޑިއާތަކަށް ތަފާތު ތަމްރީން ޕްރޮގްމްތައް ހިންގަން ރާވާފައިވާ ކަމަށާއި އަދި ބައިނަލްއަގުވާމީ އެކި މީޑިއާ އިވެންޓްތަކުން ވެސް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮހޮދުބޭ
15 November 2025
ކޮންމެ ބަޔަކު ވެރިކަމަށް އައިސް ނަން ބަދަލު ކުރަންޖެހޭތޯ؟ މިވެސް ދެން ނިމުމެއް ނެތް ކަމެއް. ދެން އަންނަ ބަޔަކު ތިޔަ ތަނުގެ ނަން ބަދަލު ކޮށްފައި ކިޔާނީ މޯލްޑިވްސް ނިއުސް އެޖެންސީ. ނޫނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ތޯއްެޗެ
ބޭކާރު
14 November 2025
ތިތަނަށްވެސް ވަޒީރުންގެ ފެންވަރުގެ މަގާމްތަކުގައި މީހުންނަށް ވަޒީފާދިނުން ރަގަޅުވާނެ. އަދި ދައުލަތުގެ ހަފްލާތަށް ޓީވީކަވަރޭޖް ކުރެވެނީ ހަމައެކަނި ތިތަނުންކަމަށްހެދުން. ދެންތިބޭ ތަންތަނުން ކޮންޓެންޓް ގަންނަންޖެހޭ ގޮތަށް ހެދީމާ ބަރާބަރުވާނެ.
ވަމުންދަނީދޯ
14 November 2025
ޓީވީއެމް އަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ހުންނަ އެއްވެސް ކަމެއް ކުރާ ތަނެއް ނޫނޭ މުޅިން ވެސް ކޮޕީ ކެޓް ޔާރާދިލްދާރާ ލަވަތަކާއި ފިލްމް ތައް ޕްރޮމޯޓް ކުރާ ތަނެކޭ ޓީވީއެމް އިން ކޮންމެ ދުވަހަކު މެންދުރުފަސް ނަމުގައި ގެނެސްދޭ ޕްރޮގްރާމް ގެނެސްދިނުމުގެ މަގްސަދު އެއްގޮތަކަށް ވެސް ނޭގެއޭ 1 ގަޑިއިރު ޓެކްސް ޕޭޔަރ މަނީ އިސްރާފު ބަދަލުގައި ރާއްޖޭގައި ހުރި އަމިއްލަ ކުންފުނި ތަކުން ކުރާ މަސައްކަތް ތަކުގެ ތަފްސީލް ތައް ގެނެސްދޭނަމަ އިގްތިސާދު ކުރިއަރާނެއޭ
ޗަޕް
13 November 2025
ޕީއެސްއެމްއަށް ދިވެހި ބަހުން ކުށްނުލައި ލިޔަން އެނގޭ މީހަކު ހޯދަބަލަ ފުރަތަމަ. ނިޔުސް އެޖެންސީން ގެނެސްދޭ ޚަބަރުތަކުންވެސް ފެންނާނީ ހުސް އިމްލާ ކުށް. ގައިމު ދިވެހި ލިޔުންތައް އެޑިޓް ކުރެވޭ ވަރުގެ މީހަކު ހޯދިދާނެތާ.
ބަަނީ
13 November 2025
މީޑިޔާތަކުގާ ޗިޕުޖަހަނީ އެ 100 ޕަސެންޓު ސަރުކާރުގެ ކޮންޓްރޯލުގެދަށަށް ނުގެނެވުނީމާ.
ރަނގަޅު ތާ
13 November 2025
ފްރީލާންސް މީހުނަށް ޖާގަ ދޭން ފެނޭ. އަދި ހަމަ ކޮންމެ މީހަކަށްވެސް ފޮޓޯ ވީޑިއޯ ހިއްސާ ކުރެވޭ ގޮތަށް. ކޮންމެ މީހަކު އަތުގަވެސް ފޯނެއް އެބަ އޮވޭ. އެމީހަކަށް ލާރި ލިބޭނެ ގޮތެއް ވިއްޔާ ރަނގަޅު ތާ.