ސަރުކާރުގެ އޮފީހެއްގައި މުވަައްޒަފުންތަކެއް މަސައްކަތް ކުރަނީ.---ފައިލް ފޮޓޯ: މިހާރު
23 ނޮވެމްބަރ 2025 - 11:45
ރަސްމީގަޑީގެ މަސައްކަތްތައް ނުރަސްމީގަޑީގައި ކުރެވޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު އިސްލާހު ގެނެސްފައިވާތީ، ބޭނުންވާ އޮފީސްތަކަށް މިހާރު އެ އުސޫލަށް އަމަލު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ "ފްލެކްސިބްލް ވޯކިން ޓައިމް" ހަމަޖެއްސީ ބައެއް އޮފީސްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުން ބައެއް މުވައްޒަފުންނަށް ރަސްމީގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނޯންނާތީ ކަމަށެވެ.
"މިސާލަކަށް މެއިންޓަނެންސްގެ މަސައްކަތް ކުރާ މުވައްޒަފުން. އެ މީހުންނަށް ގިނަ މަސައްކަތްތައް ކުރެވޭނީ އޮފީހުން މުވައްޒަފުން ނުކުތުމަށް ފަހު. މެއިންޓަނެންސް މަސައްކަތް ކުރާ މީހުން ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން އޮފީހުގައި އިނދެފައި އޭގެ ފަހުން އޯވަޓައިމް ނަގަންޖެހޭ ހާލަތްތަކެއް މި އަންނަނީ. އެއީ އެންމެ އެފިޝަންޓް ގޮތަކަށް ނުވެދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މެއިންޓަނެންސް މުވައްޒަފުންގެ އިތުރުން އެކި ކަހަލަ އިންސްޕެކްޝަންތަކާއި ސާވޭތައް ކުރާ މުވައްޒަފުންނާއި އައިޓީ ދާއިރާގައި ސޮފްޓްވެއާ ޑިވެލޮޕަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް "ފްލެކްސިބްލް ވޯކިން ޓައިމް" އަށް އަމަލު ކުރެވޭނެ ގޮތަށް މިހާރު އޮފީސްތަކަށް ފަހިކޮށްދީފައިވާނެ ކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ.
"އެހެންވެ އަޅުގަނޑުމެން މިހާރު ހުއްދަ ދީފައި އޮންނާނެ މި ގޮތަށް ފްލެކްސިބްލްކޮށް މަސައްކަތު ގަޑި ކަނޑައަޅަން. ކޮންމެހެން އޮފީހަށް ހާޒިރުވާން ނުޖެހޭ މީހުން ތިބޭނެ. ބޭނުންވަނީ ތަފާތު ގޮތްގޮތަށް ކަންކަން ރާވައިގެން ވެސް ނަތީޖާ ހާސިލް ކުރަން،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
"ރަސްމީގަޑި އަށް އައިސްފައި ސައިންއައުޓް ވީމާ އަދި އެއީ ނަތީޖާ ނެރުމެއް ނޫން. ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ވޯކިން އެންވަޔަރުމެންޓުގެ ކަލްޗާ އެބަޖެހޭ ބަދަލުވާން."
ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ އެންމެ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން މި މަހުން ފެށިގެން ލިބޭނެ ކަމަަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ
ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފަށައި އެންމެ ފުރަތަމަ މުސާރައިގެ ކުރިއެރުން ދިނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ޔުނިވާސިޓީގެ މުވައްޒަފުންނަށެވެ. އާ ފްރޭމްވޯކާ އެކު، މުސާރައިގެ ކުރިއެރުން ގެނެސް އެ ދާއިރާތަކުގައި އޯވަޓައިމްގެ އުސޫލު ވެސް ބަދަލުކޮށްފައިވާއިރު ނަތީޖާ ރަނގަޅު ކަމަށް ޕޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެ
23 November 2025
ތި ގަޑި އިތުރު ކޮށްގެންވެސް ފުލެޓް އަވަހަށް ހަވާލު ކޮށްދީބަލަ, އަނެއް އަހަރަށް ސްކޫލް ހުޅުވުމާއި ކުދިން ސްކޫލްލަށް ބަދަލުކޮށް, ދެދުވަހަށްވީމަ ތަޅުދަނޑި ދިނީމަ, އަދި ބަދިގެ ވެސް ހަދާފަ ނޫން ހުރީ, ކުޑަމިނުން ނެތް ބެންޗެއްވެސް. އެކަން އެޑްވާންސް ނަގާފި 3 މަސް ކުރިން.
ގުދުގުދާބެއްޔާ
23 November 2025
މިހާރު ތިޔަ ޕޭފުރޭމް ވޯކްއަށް ބަދަލުކުރީމަ ކުރިން 19 ހާސް ލިބޭއިރު މިހާރު ޖެހެނީ 14ހާސް. އެހެންވީމާ ދެން މިޖެހުނީ 2 ގެ ފަހުން އެހެން ޕުރައިވެޓް ތާކު މަސައްކަތް ކުރަން! ވީމާ ދެން 2ގެ ފަހުން މަގޭ ފޯނު އޮންނާނީ ނިއްވާލެވިފަ! އަދި ސޯޝަލް މީޑިޔާއަށްވެސް އެކްސެސްނުވެވޭނެ!ވީމާ ކަމެއްގަ އޮފީހުން މަށާ ނުގުޅޭނެ! ނުނިމި ހުރި މަސައްކަތް ކުރެވޭނީ ޖެހިގެން އަންނަދުވަހުދެން! ރުޅިއަންނަންޏާ ރުޅިއަންނާނެ ވަރަކަށް އަންނަންވީ!
ކުލުނު ޝާނީ
23 November 2025
މަމަސައްކަތް ކުރާ އޮފީހުގަވެސް އުޅޭނެ ދުވާލު ހަތަރުދަމު މަސައްކަތް ނިކެރައި ފޯނާ ކޮޅެފެއި ކާރު ދުއްވަފެއި ހަދާ ކޫދަ.
ގެގުރި
23 November 2025
ނުރަސްމީގަޑީގައި ހިލޭސާބަހަށް ގަދަކަމުން ވަޒީފާގެ ބިރު ދައްކައިގެން މަސައްކަތް ކުރުވާ
ތުއްތުބޭބެ
23 November 2025
މުއައްޒަފުން އިތުރުވެ ނުކަތަގެން ސިފްޓް ބަހައިގެން ހަމަޖައްސަންޖެހުނީ
ބޮއްކަލޯ
23 November 2025
މީވާ ގައުމެއް. ގައުމު ދަރަނީ، ދުނިޔޭގައި އޮތް އެންމެ ބަންދު ގިނަ ގައުމު. ޕްރޮޑަކްޓިވިޓީ ސުމެއް. އެންމެން ބަލަމީ ދައުލަތުގައި ހުރިއްޔާ ހުރި އެއްޗެއް ކަހާލެވުނު ގޮތަކުން ކަހާލަން
ބީވާ
23 November 2025
މީދެން ކޮންކަހަލަމަކެއްބާ؟ މަސައްކަތައް ނުކުންނަން ޖެހޭނީ މަސައްކަތްކުރެވޭ ވަގުތެއްގައި، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮންނަނީ އެހެން. ރަނގަޅުގޮތަކީ މަސައްކަތްކުރެވޭގަޑިއަކަށް އެމަސައްކަތްކުރާ މީހުން ނެރުން، މަސައްކަތެއް ނެތި ހެނދުނު ގަޑީގައި އޮފީހުގައި ހުރެފައި މީހުން ދިޔައީމާ މުސާރައިގެ އިތުރަށް އިތުރުގަޑި ފައިސާދީގެން މަސައްކަތްކުރުމެއް ނޫން
ޕިއަރ ހަންނާނު
23 November 2025
އަހަރެން އޮފީސްގައި އުޅޭ އެސްއެސް 6 ގަޑިން 3 ގަޑި އިރު ބޭރުގައި އުޅެފައި 3 ގަޑި ސައި ކޮޓަރީގައި އުޅެފައި 1 ގަޑިއިރުގެ އޯޓީ ހަދާލަފައި ދަނީ ގެއަށް. ސުޕަވައިޒަރާއި އެހެނިހެން ވެރިން ތިބެނީ އަތްޖަހަން.
ސިޔާދު މައުސޫމް
23 November 2025
ޓުއަރ ގައިޑު ކަމަސް ކެރައި ނުނީ ބުރަދަރ؟ މެންދުރުފަހު 2 އިން ފެންޖަހާ ފަށާ މީހާ ހަވީރު ވޭތިކޮށް އަލިފާން އެކައުންޓަށް އެޑައެޑަ. ވަރަށް ދެރަ.
އޯޑިނަރީ ސިވިލް ސަރވަންޓް
23 November 2025
ސިވިލް ސާވިސްގެ އިސް މަގާމު ތަކުގަ ތިބޭ މީހުންނަކީ އޯޓީ އެޕްރޫވް ކުރާ ބޭފުޚުން އަދި ހެސް ކިޔާފަ ހުކުރު ހޮނިހިރުގަ އޯޓީ ޖަހާވެސް ބޭފުޅުން.
ކާއްތު
23 November 2025
މިއަށްތޯ ހާމޮނައިޒޭޝަނޭ ކިޔަނީ.