މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ.
25 ނޮވެމްބަރ 2025 - 10:28
މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ވަކިން ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރަައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ބިލުގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ. ގާނޫނުގެ އެ މާއްދާ އަކީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ހިންގައިފި ނަމަ ޓެރަރިޒަމަށް ވާނެ އަމަލުތަކެކެވެ.
ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ބިލުގެ ތައާރަފްގައި ކުޑޫ ވިދާޅުވެފައި ވަނީ "ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމު" ވެފައިވާ ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށާއި އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުން މުހިއްމު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ލިސްޓްގައި ފުރަތަމައަށް އޮތީ މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ދިނުމެވެ. ދެވަނަ އަށް އޮތީ ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުމެވެ. މީހުން ރަހީނުކުރުމާއި މުދަލަށް ބޮޑެތި ގެއްލުންތައް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދުތައް ހައިޖެކްކުރުމަކީ ވެސް އެ ގާނޫނުގައި ޓެރަރިޒަމް ކަަމަށް ކަނޑައަޅާފައި ހުރި ކަންތައްތަކެވެ.
އާއްމުންނަށް ނުވަތަ އާއްމުންގެ ތެރެއިން ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކަލެެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުމާއި މުހިއްމު އުމްރާނީ ވަސީލަތަކަށް ގެއްލުއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ވެސް އެއީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ގާނޫނުގައި މިހާރު ވެސް އަބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙްމަދު ޝިޔާމް
25 November 2025
ކިތައްމީހުންނަށް އަދަބު ދެވޭނެތަ؟ އެހެން މިބުނީ "ނަފްސާނީ" މީހުން އަބަދު މިސްކިތްތަކަށް ހަމަލާދޭތީ!!!
ރިޔާޒީ
26 November 2025
ނަފްސާނީ މީހުން ކޮންކަހަލަ ކަންކަމެއްބާ އަސްލު ނަފްސާނީ ވެގެން ކުރާނީ؟
ރިޔާޒީ
26 November 2025
@ރިޔާޒީ ނަފްސާނީ ވެގެން ގޮސް ހަމައެކަނި މިސްކިތްތަކަށް ހަމަލާދޭތީ މިއުޅެނީ.
ބާތަރު
25 November 2025
ޓެރަރިޒަމަކީ އަސްލު ކޯންޗެއްކަން އެހެން ކިޔާ ގައުމު ގައުމުގެ ވެރިންނަކަށް ވެސް ނޭނގޭ. ބައެއްފަހަރު އެއީ މުސްލިމުން އެކަކު އަނެކަކަށް ހައްގައް ވަސިއްޔަތް ކުރުމާދެކޮޅަށް އެމީހުން ކިޔާ އުޅޭ ނަމެއް. އަނެއްބައިފަހަރު އެއީ ޚިޔާލުފާޅުކުރުމަށް ކިޔާ ނަމެއް. އެހެން ގޮސް ދެން.....
ޢަލީ ބަލީ
25 November 2025
ބޯ ސަކަރާތްވީމަ ގޮސް މިސްކިތަށް ތަ ހަމަލަދެނީ ގެތަކާ އޮފީސް އިމާރާތްތަކާ އެހެނިހެން ތަންތަން ހުއްޓާ
ރާފިޔާ
26 November 2025
އަސްލު މިސްކިތަށް ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބާ؟ މޮބް ސްޓައިލް އެޓޭކެއް އަމިއްލަ މީހާގެ މައްޗަށް ގެނައުން؟ ރާއްޖޭގައި އަބަދުވެސް ވަނީ އެހެނެއްނު. ހަމަޖެހޭ މީހަކު ރާއްޖޭގަ މިކަން ކުރާނެ؟އެކި ދީންތައް އޮންނަ އިންޑިއާ ފަދަ ގައުމުތަކުގަ މި ޑައިނަމިކްސް ވަރަށް ތަފާތު. ސިކުނޑިއެއް އޮތީތީ ވިސްނާލަން ރަނގަޅު. ދިވެހިން ބޮޑުވަނީ ދީނާ ވަރަށް ބޮޑަށް ގުޅިފަ އޮންނަ ތަރުބިއްޔަތަކުން. ނަފްސާނީ ބަލި ވާ ހިސާބުންވެސް ދީނާ އެތައް ގޮތަކުން އޭނާގެ އަމަލުތައް ގުޅޭނެ.
އެޗް އެމް
25 November 2025
ހައްތާވެސް ނަފްސާނީމީހުން. ޓެރަރިސްޓުންގެ ކިބައިން މިސްކިތް ހިމާޔަތް ކުރަން 24 ގަޑިއިރު ހަތިޔާރު އެޅި އޮފިސަރުންވެސް ބަތިއްބަން ތި ބިލުގަ ހިމަނަން ފެނޭ.
ހާނޖީ
25 November 2025
ތިބީދައިން ޤާނޫނު ހަދާނަމަ ، މިޤައުމުގައި ކުރާ ހުރިހާ ކުށެއް ޓެރަރިޒަމްގެ ތެރެއަށް ވައްދަންވީ. މިއުޅެނީ ޤާނޫނުގެ މައްސަލަ އެއް ނޫން. މިއުޅެނީ ޤާނޫނު ތަންފީޒް ނުކުރެވިގެން. %90 ކުއްތަށް ގޮސްނިމެނީ އެންމެ ކަމަކަށް - ހިކި ދިޔާ މަސްތުވާތަކެއްޗަށް. ޖަލުތަށް ފުރިފަ ، އެތަށް މިލިޔަން ބޭކާރު އެކަމަކުވެސް ހަމަ ޓަނުޓަނު އެތެރެއެބަވޭ. މިކަމެއް ނުހުއްޓުވޭ.
ޝާމިނު
25 November 2025
ގާނޫނު މަޖިލީހުގައި ތިބޭ މީހުން ތިފަދަ ކަންކަމުގައި ޖަޒުބާތީ ވެގެން ކަމަކު ނުދާނެ. އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. ޢާންމުކޮށް ތިފަދަ ޢަމަލުތައް ފެންނަނީވެސް ކަނޑައެޅިގެން ފާޅުގަ އެނގޭ މިންވަރަށް ނަފްސާނީ ބަލިތައް ހުންނަ މީހުން. ދީނީ ކަންކަން އެހާ ޖަޒުބާތީ ވެފަ އޮންނަ މުޖުތަމަޢުއެއްގަ ނަފްސާނީ މައްސަލައަކަށް ބެލުމެއް ނޯންނާނެ ދީން ވަންނަ ހިސާބުން. އެކަމަކު ދީނުގައި އެބަޔަކަށް އޯގާތެރިވާން ބުނެފަ އޮންނަ ބައެއް. މިވެސް އިމްތިހާނެއް.
ރަދީފު ބިން ރަފައިދާ
25 November 2025
ކިހިނެއްތޯ ޓެރަރިޒަމްގެ އަމަލަކަަށްވަަނީ؟ ތަހުލީލުކޮށްލާއިރަށް ބޯސަކަރާތް. ދެން ސަލާމަތެއް އޮންނާނެތަ؟
މަރީނާ ސަލީމް
25 November 2025
އަސްލު ބޯސަކަރާތް އެއްވެސް މީހެއް އެކަހަލަ ބޯސަކަރާތް ކަމެއް ނުކުރާނެ ދޯ؟
މުހައްމަދު ހާސަރު
25 November 2025
މީ ކޮންމެހެން ކުރަންޖެހިފަ އޮތްކަމެއް. ޝުކުރިއްޔާ ކުޑޫ