ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
25 ނޮވެމްބަރ 2025 - 11:09
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ކުއްލި ބޮޑު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މި މަހުގެ 13 ގައި ހިންގި އޮޕަރޭޝަނުގައި އެއްފަހަރާ 100 ސަރަހައްދެއް ފާސްކޮށް، 100 އެއްހާ މީހުން ހައްޔަރުކުރި އެވެ. އެ މީހުންނަކީ ވެސް ޑްރަގްގެ ވިޔަފާރީގެ ތެރޭގައި އުޅުނު މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.
ނަމަވެސް، ދެ ހަފުތާވާން ކައިރިވިއިރު ވެސް އޮޕަރޭޝަނުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ހަބަރު ނޫސްތަކުގައި ޖެހުމުން ފުލުހުން ވަނީ މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދީފަ އެވެ.
އިހުސާން ކުރިން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކުދި، މެދު މިނުގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި އެ ކުށަށް އަރައިގަންނަ މީހުން ވެސް ހިމެނޭ ކަމަށެވެ.
ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއް ވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި ކަމަށެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ހަރަކާތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
25 November 2025
ތިޔަކަން ޖަމަލު ފޮޑިއަކަށްވެ ނިމިއްޖެ.
އޮނަރަބްލް އަފީފު ދީދީ
25 November 2025
ޑަވާއޯގެ މޭޔަރު ކަމުގެ މަޤާމް ގައި ހުންނަވައިގެން އެ ސިޓީގައި ޑްރަޤްގެ ވިޔަފާރި ހުއްޓުވަން Rodrigo Roa Duterte ކުރެއްވި މަސައްކަށް ބަލައިގަނެ ޕިލިޕިންސް ރައްޔިތުން ވަނީ 2016 އަހަރުގެ ރިޔާސީ އިންތިޙާބްގައި އޭނާއަށް ރައީސް ކަން ވެސް ދީފައި. އެކަމަކު ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު އިޙްސާން އަކީ ޑުޓާރޓޭ ފަދަ ހިތްވަރުހުރި މީހެއްކަމަށް ޤަބޫލު ނުކުރެވޭތީ، ތިކަންވެސް ނިމޭނީ ހަމަ "ޖަމަކު ފޮނޑިއަށް ވެގެން" ކަމާއިމެދު އަހަރުމެން ގިނަ ދިވެހިން ޝައްކެއް ނުކުރޭ.
ހާސަރު
25 November 2025
ހެޔޮނުވާނެ މިގޮތަށް ނޫސްތަކުގައި ބޮޑެތި ސުރުޚީ ތައް ނުހަދާ މިކަން ކުރާން އުޅޭނަމަ ފިސާރި ރަގަޅަށް ކޮށްބަލަ. މިނިސްޓަރ ވެސް ރައީސް ގަދަބަސް ބުނުން ނޫންކަމެއް ކުރާތަނެއް ނުފެނޭ! ޖަލްސާއަކާ ދިމާކޮށް ތިފެއްޓި އޮޕަރޭޝަން ހިގާތަން މިހާރު ފެންނަ މީހަކުނެތް! ޑްރަގް ނައްތާލަން އުޅޭތަނެއް ނުފެނޭ!
ޢަރުތަ
25 November 2025
"އެ ހަބަރު ނޫސްތަކުގައި ޖެހުމުން ފުލުހުން ވަނީ މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދީފަ އެވެ". ޑައިރެކްޝަން އަވަސް ކޮށްލާފަ ފިލްމު ކުރުކޮށްލީއުތަ.
ޝަބްނަމް
25 November 2025
މިއަދުގެ ސަރުކާރުން ތިޔަކުރާ ހިތްވަރަށް ހަމަ ސާބަހާ އައްސަރިބަސް ރައްދުކުރަމެވެ. ދަންނަވަމެވެ. ގަލޮޅު ސަހަރާގެ އިރުމަތީ ކަނާ ދިމާވާގޮތަށް އެމަގުގެ އަނެއް ފަރާތުގެ ހަނިގޯޅިން އެތެރެއަށް ގޮސް ދަނގަޑުތޭރިޖެހި ދޮރުން އަތްދިތްކޮށްގެން އެކި އުމުރުފުރާގެ މީހުން އެގަންނަ އެއްޗެއް ނިކަން ހުއްޓުވާބަލާށެވެ. އެތާ މަޑުކުރާއިރު ގަޑިއަކު 20 ނުވަތަ 30 މީހުން އެތަނަށް ވަދެ އެ ވިޔަފާރިއެއް ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ.
4262727
25 November 2025
ހައްޔަރު ކުރިކަމަށް ބުނާ މީހުންގެ މަގްޝޮޓް ހާމަނުކުރެވިގެން އުޅެނީ ކީއްވެތޯ
ގާސިމްސސ
25 November 2025
ނޫސްވެިން ގެ ތެރޭގައި ޑުރަގުޑީލަރުން އޫލޭހެން ހާދަހީވެއޭ. މާވަރަކަށް މިއޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހޯދަން އުޅޭނީ މި.
ވޮޗްމޭން
25 November 2025
ޕްރެސް ކޮންފްރެންސް ބާއްވާފައި ވީޑިޔޯ ޑިލީޓް ނުކުރާނެތޯ؟ ޕޮލިސްއިން އެބަ ބާއްވަންޖެހޭ ހަފްތާއަކު އެއްފަހަރު ހުޅުވާލެވިފައިވާ ޕްރެސް ކޮންފްރެންސްއެއް ހުރިހާ ކޭސްތަކާއި މެދު ސުވަލުކުރަން.
ތިން
25 November 2025
މާތްކަލާންގެއާ ވަކީލު
ވުޕޯޓަންސަން
25 November 2025
އެއްވެސް މީހެއްގެ ފޮޓޯ ނުދޭންވެގެން. ނޫސް ކޮންފަރެންސް ތަކަކީ ސަރުކާރަށް ލާސްޓް އޮޕްޝަން. ބޭނުންވަނީ ފިލައިގެން އުޅެން. އުޅެވިދާނެ ހަމަ.