ރައްޔިތުންގެ މަޖިލިސް.
26 ނޮވެމްބަރ 2025 - 12:27
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
މަޖިލީހުން މިއަދު ރުހުން ދިނީ ޖުޑިޝަރީ ކޮމިޓީން އެ ބޭފުުޅުންނާ އިންޓަވިއުކޮށް އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކަށެވެ.
1- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
2- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
3- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
4- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
5- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
އެ ފަސް ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓްތަކުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިޔާނީ
27 November 2025
މަޖިލިސް މެންބަރުންގެ ރެކޮމެންޑޭޝަން ނޫނީ ސަރުކާރުގެ ޕަވަރފުލް މީހެއްގެ ރިކުއެސްޓަށް ތިޔަ ގޮތަށް މީހުން ހޮވަންޏާ މުއައްސަސާތައް ކުރިއަރާނީ ކިހިނެއް؟ ޤާބިލް މީހުން ބޭރުކޮށްލަނީ. ޙުރިހާ މުއައްސަސާ އެއްގެ ހާލަތު މިއީ. ގައުމަށް ޖެހިފައޮތް މި މުސީބާތުން އެބަ ސަލާމަތްވާނެ ގޮތެއް ހޯދަންޖެހޭ.
ޢަޒީ
26 November 2025
ޤާނޫނުގަ ބުނާ ކޮމްޕޮޒިޝަނާ މުޅިން ޚިލާފް. ތިޔަ މެންބަރުން ބަލައިނުގަނެވޭނެ. އަލުން ގާނޫނަށް ރުޖޫޢަވޭ.
ވަނޫޒު
26 November 2025
ޝިފްޒާއަކީ ފެށުނީއްސުރެ ނޫސްވެރިއަކަށް ހުރެ އިހަށް ދުވަހު ގާނޫނު ކިޔަވާއިގެން ހުވާ ކުރި މީހެއް. ޓެކްސްއާ ގުޅޭ ކަމެއްގެ އެއްވެސް ތަޖުރިބާއެއް ކީއްކުރަން ގާނޫނީ ތަޖުރިބާއެއްވެސް ނުުހުންނާނެ. ކޮންފަދަ ބަލިމަޑުކަމެއްތަ މި ގައުމަށް ޖެހިފަ މި އޮތީ
ހަސަދަނުވެބަ
26 November 2025
ޝިފްޒާ މުސްތަފާއެއް ނޫނެއް ނު ލިޔެފައޮތީ. މައިގޯޑް
ރޯނޭ
26 November 2025
އޭބަލަ ޝިފްޒާ ކިޔާ އެންމެ މީހެއްތަ މި ދިވެހިރާއްޖޭގަ އުޅެނީ. ހަމަ އެއްޗެއް ފެންނަ އިރަށް ކޮމެންޓް ކުރުމުގެ ބަލިމަޑުކަން އެންމެ ބޮޑީ ރޯނު އެދުރު ހެދިގެން.
ގާލިބް
26 November 2025
ހަމަ ތަނަކުން އެއްޗެއް ފެންނައިރަށް ކޮމެންޓް ނުކޮށް ކުޑަކޮށް މައުލޫމާތު އެެއްކޮށްލަބަލަ. މި ހަބަރުގަ އެބަޔާންކުރާ ޝިފުޒާ އަކީ ތިޔަބުނާ ޝިފުޒާ އެއްނޫން