ގެއްލިގެން ހޯދަމުން އައި ޝިބާ
01 ޑިސެމްބަރ 2025 - 00:11
ހުޅުމާލެ އިން ގެއްލިގެން ހޯދަން ފުލުހުން އިއްޔެ އާންމުކުރި އުމުރުން 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
"ގެއްލިގެން ހޯދަމުން ދިޔަ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ޝިބާ ހޯދަން ފުލުހުން އިއުލާންކުރީ މީގެ ދެ ދުވަސް ކުރިން އަމިއްލަ އަށް ގެއިން ނުކުމެގެން ދިޔަ ގޮތަށް ގެއަށް ނައިސް ޚަބަރެއް ނުވުމުންނެވެ.
ފުލުހުން ބުނީ ހުޅުމާލެ 2 ގަައި ދިރިއުޅޭ ޝިބާ މިދިޔަ ހުކުރު ދުވަހު ފަތިހު 5:55 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާއިން އެ ދުވަހު ރިޕޯޓު ކޮށްފަައިވާ ކަމަށެވެ.
ފުލުހުންނަށް މައުލޫމާތު ލިބުމާ އެކު، ކަމާ ގުޅުން ހުރި އިދާރާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
01 December 2025
14 އަހަރުގެ ކުއްޖެއް އެކަނިމާ އެކަނި ނުކުމެގެން ދިޔައިރު އޭނާގެ ބަލަދުވެރިންނަށް ނޭންގުމަކީ ވަރަށް ސީރިއަސް މައްސަލައެއް. މިކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަން ގެންދަންޖަހޭ. މިއި މި ކުއްޖާ މިހެން ދިޔަ ފުރަތަމަ ފަހަރުކަމަށް ޤަބޫލު ނުކުރެވޭ.
އަލަ
01 December 2025
14 years ކުދިން ތިހެން ގެއްލިފަ ފެނުންތީ އިޖުތިމާއީ ވަރަށް ބޮޑު މައްސަލައެއް. މުޅި މުޖުތަމައު ވިސްނަންޖެހޭ ކަމެއް. މިއުމުރު ފުރައިގެ ކުދިން ބައި ހަދައިގެން އުޅެއް ނުޖެހޭ އުޅުންތަކެއް އުޅޭތަން މުޖުތަމައުން ވަރަށް ފެނޭ. ސިމެންތި ތަރައްގީއަށް ވުރެ ރަނގަޅު ޖީލެއް ބިނާކުރުން މާބޮޑަށް މުހިންމު.
އެޑްމުންޑޯ
01 December 2025
ތިން ހަރަރު ދުވަސް ވަންދެން ގެއްލިފައި ފެނުމުން ހާލު ރަގަޅުކަމަށް ފުލުހުން މިނިންމަނީ ޖިސްމާނީ އަނިޔާ އެއް ބޭރުފުށުން ފެންނަން ނެތީމަތޯ ؟ އޭނާގެ ހާލަތު ބަލާ ޗެކްނުކޮށް ހާލު ރަގަޅޭ ކިހިނެއް ބުނަން އެގޭނީ ،
ސަހަރޯއި
01 December 2025
ސްކޫލަށްނުގޮސް ދެން ބުނާނެ ސްކޫލް ސިސްޓަމްގޯހީއޭ. މައިންބަފައިންގެ ސިސްޓަމް ބަރާބަރުވީމަ ދަރިންއެކަނި ބޭރަށް.
ހަލީފާ
01 December 2025
ދެން އެ ނިމުނީތަ. އެކުއްޖާ ގެއިން ނިކުމެގެން ދިޔައީ ކީއްވެތޯ އާއި މި ދެދުވަހު ހުރީ ކޮންތާކުތޯ ބެލުމެއް ނޯވޭތަ. އެވަރުގެ ކުއްޖަކު ނިކުމެގެން ދިއުމުގެ ސަބަބެއް އޮންނާނެ. ވީ ގޮތެއް ރަނގަޅަށް ބަލާ އެކުއްޖާއަށް އެހުރި މާހައުލެއްގައި ރައްކާތެރިކަން ހުރިކަން ކަށަވަރު ކުރަންޖެހޭ.
ހުސައިން
01 December 2025
ألحمد لله
ހަސަންރަހާ
01 December 2025
މުޅި ހުކުރު ދުވަހާއި، ހޮނިހިރު ދުވަހާއި އަދި އެ ރެއާ އަދި އާދީއްތަ ދުވަހުގެ ރޭ ވަންދެން އުޅުނު ތަނެއް / ގެންގުޅުނު ބަޔަކު ހޯދާ ބަލަންޖެހޭ. އޭނާ ގެއަށް އައިއްސިއޭ ބުނުމަކުން މިބާވަތުގެ ކަންކަން ނިމިގެން ނުވާނެ!