ރައީސް ޑރ. މުހައްމަދު މުއިއްޒު: ޖަނަވާރުންނަށް ބޮޑު ރައްކާތެރިކަމެއް ދޭ ބިލު އެމަނިކުފާނު ވަނީ ތަސްދީގުކުރައްވައިފައި.-- ފޮޓޯ: ރައީސް އޮފީސް
03 ޑިސެމްބަރ 2025 - 20:45
ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހިކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖަނަވާރު ރައްކާތެރިކުރުމާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އެ ބިލު ތަސްދީކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ މިދިޔަ މަހު 19 ގައި މަޖިލީހުން ފާސްކުރި 11 ބާބުގެ މައްޗަށް އެކުލެވިގެންވާ އެ ބިލުގައި، ރާއްޖޭގައި ރައްކާތެރިކަމާ އެކު ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކާ މުހިންމު ކަންކަން ހިމަނާފައިވާ ކަމަށެވެ.
ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތައް ވެސް އޭގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބިލުގެ ދަށުން މިއަދު އުފެދުނު ގާނޫނުގެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި، އެ ގާނޫނު ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތާ ހަވާލުވާނީ އެއިރެއްގައި ސަރުކާރުން އެ މަސްއޫލިއްޔަތު ހަވާލުކުރާ މިނިސްޓްރީއަކުން ކަމަށެވެ.
އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ކައުންސިލްތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ތަފްސީލީ ގޮތެއްގައި އޭގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބިލުގައި، މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރައްވާފައިވެ އެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި އުސޫލުތައް ވެސް މި ބިލުގައި ބަޔާންކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީކުރައްވާ ދުވަހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި، ޖަނަވާރަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ދޫކޮށްލައިފި ނަމަ، 5،000ރ. 50،000ރ. އާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ގަވާއިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކޮށްފި ނަމަ، 5،000ރ. 500،000ރ. ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭއިރު، ގާނޫނާ ހިލާފަށް ޖަނަވާރު އާލާކޮށް ނުވަތަ ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ ނުވަތަ، ސާމްޕަލް އޮޅުވާލައި ނުވަތަ ޖަނަވާރު ގެންގުޅެން ޖެހޭ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފި ނަމަ، 10،000ރ. 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
އޭގެ އިތުރުން، ޖަނަވާރުގެ ސަބަބުން ބައްޔެއް ފެތުރޭ ފަދަ އަމަލެއް ކޮށްފި ނަމަ، 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުއްރާސް ޕަރީ
04 December 2025
ތި ޖުރުމަނާތައް މާކުޑަ. 100 ބިލިޔަނާ އެއް ޓުރިލިއަނާ ހަމައައް ބޮޑުކޮއްލާ. އޭރުން އެ ލިބޭ ބަޔަކައް އެ ކައިގެން ބޮއެގެން އުޅެވޭނީ....
ޑރވާންޗޯ
04 December 2025
ޖަނަވާރުންގެ ނަޖިހުން ސަލާމަތްނުވެގެން މިއުޅޭ އިންސާނުންނަށް ރައްކާތެރިކަމެއް ހަމަނެތީތޯ؟.
ޑރ ވާންޗޯ
04 December 2025
ރަށުތެރޭން މިފެންނަ ހިމާޔަތްކުރެވިފަވާ ބޮޑެތި ޖަނަވާރުތަކަށްވެސް އިތުރު ހިމާޔަތެއް ތިޔަދެއްވީ!!!
އަސަފަފަފ
04 December 2025
އަހަރެމެން އިންސާނުންގެ ހައްގު ކޮބާޔޯ
ހައްޖަ.
04 December 2025
ކޮބާ އިންސާނުންގެ ހައްގު ތައް. ތީ ބޮޑު ވަރެއް.
ކުޑަ ހިނި ހައިވާނު
04 December 2025
ޖަނަވާރުންގެ ވާހަކަ އައި އިރު އަހަރުމެންގެ ވާހަކަ އެއް ނެތް؟ ގަދަ
ނަށީދު
04 December 2025
ތި ބިލުގެ ދަށުން ޑްރަގު ވިއްކާ މީހުންނަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ދެއްތޯ؟
ޑރވާންޗޯ
04 December 2025
ޖަނަވާރުކަން ގަދަވިވަރަކަށް ރައްކާތެރިކަން ގަދަވާނެ.
ނިކަމެތިބެލެނިވެރިޔާ.
03 December 2025
ރައީސް. މަގުމަތީގައިއުޅޭ ބުޅާތައް ޓޯކޮށްދެއްވާ. ރައްކާތެރިތަނަކަށް ގެންދެވުންއެދެން. އެސޮރުމެންގެ ނަޖިހާހެދި ދަރިންގޮވައިގެން ސްކޫލްދޮށަށް ހިނގޭވަރެއްނޫން. ވިއްސާރަދުވަސްވަރު ނަޖިސްތައް ދިޔާވެގެން މުޅި ޕޭވްނަންޓްމައްޗަށް ފެތުރިފަ އޮންނަނީ. ހެޔޮނުވާނެ. އާދޭސްކޮށް ދެފައިގަހިފާފަ މިދަންނަވަނީ މަގުމަތިން ބުޅާތައް ހުސްކޮށްދެއްވާ. ހާދަ ނުބައިވަހެކޭދުވަނީ. ހާދަނުތާހިރޭ ހިނގަންއޮންނަމަގު. ހެޔޮނުވާނެ.