ފުލުހުންގެ ހައްޔަރަށް މީހަކު ކާރަށް އަރުވައިގެން ގެންދަނީ.--
10 ޑިސެމްބަރ 2025 - 12:58
އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި މިއީ ދެ ލޯބިވެރިންނެވެ. ފިރިހެން މީހާގެ ބުރަކައްޓަށް ވަޅިން ހަމަލާ ދިނީ ދެ މީހުންގެ ދޭތެރޭ އުފެދުނު މައްސަލައެއްގެ ތެރޭގައި ކަމަށް ބުނުން ފިޔަވައި މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
މި ހަމަނުޖެހުމުގައި ދެ މީހުންނަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަވާބު
11 December 2025
ކާފާ ދެލޯފުޅާ!! ދެން ފަހަރަކުން ދުއްވާލާނީ ދަތްޕިލަ ނޫންކަމެއްވެސް ނޭނގެ..އަވަހަށް ތިޔަ މަންޖެ ކައިރިން ސަލާމަތްވޭ..
ޕާޓޭބޮސް
10 December 2025
ތީހޭ ކަލާގެޒާތަކީ ވެދިޔުންހެ ބޭވަފާ، ބޮޑުވަޅިއަކުން އަޅާނަމޭ ބުނެފާ އެޅީހޭ....
ޕާޓޭބޮސް
10 December 2025
ގެރިލޯބީގާ މެރިދާތީލޯ، ހޭހަންކުރުމަށް ބޮޑުކަތިވަޅިތޯ.
ދެގުޅަ ޕެނެޑޯލް
10 December 2025
64 އަހަރުގައި އަހަރެންގެ ކާފާ މިސްކިތުގައި ނެތިއްޔާ ހުންނާނީ ހޮސްޕިޓަލުގައި ކޮންމެވެސް ޓެސްޓެއް ހަދަން ނޫނީ ޑޮކްޓަރަކަށް ދައްކަން. ބޭބޭ އަދި ކިރިށާ ފެށީ. އެވެސް 32 އަހަރުގެ ކުއްޖަކާ.
މިތުން
10 December 2025
އުމުރުން 64 އަހަރުގައިވެސް ލޯބީގެ ދުނިޔޭގައި ވާރ..ކިޔާ ބާތުހޭ....މިހާރު ލިބެންހުންނަ ބޭސް ހަމަ މޮޅީ.
ފަޅުމަސް
10 December 2025
ލޯބިވެރިޔާ އޭ؟ 64 އަހަރުގެ މުސްކުޅިއަކަށް ދިން ޙަމަލާއެއް ތިއީ.. އަދަބު ތަފާތު ނުވިޔަސް، ރިޕޯޓު ކުރާ ގޮތް ރަނގަޅު ކޮށްލާ!
ގިރިޓީ ލޯބި
10 December 2025
ގިރިޓީ ލޯބިން ދައްކާ ދަޅައިން ބަލި ބަލި ހިތްތަށް ބުރުއްސައި ފިޔޭ
ހަސަން ކުރުސީ
10 December 2025
30 ދުވަސް ރަނގަޅު. އެވަރުމުސްކުޅިއަކަށް އެފަދަ ހަމަލާއެއްދޭނީ ހާދަގޮތެއްނެތީމައޭ.
ކޮރަލް
10 December 2025
ދިވެހީން ނޫނީ ބިދޭސީންތޯ އެވެ.؟ ބޮޑެތި މީހުންނަށް ބަލާ އިރު މިހާރު ގިނައީ ބިދޭސީންނެވެ.
ޭަޒްނީމާ
10 December 2025
ޥަނަވަރު އާއްމު ނުކުރީ ކީއްވެބާ؟؟؟