މައުމޫން: އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މޯލްޑިވް ގޭސް
16 ޑިސެމްބަރ 2025 - 09:19
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ނިންމާފައިވަނީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށް ފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ހަފުތާ ތެރޭ ހުށަހަޅާފައިވާއިރު، މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. ނަމަވެސް އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާ އެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން އޮތީ ފުރުން މަނާކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯހަރުމީހާ
16 December 2025
މައުމޫނު ޖަލަކަށް ނުލާނެ، ތިކަންވެސް ދާނީ ޖަމަލު ފޮޑިއެއްހެން
މހއމ
16 December 2025
އާނ އެކީގައި އުޅުނު ކުދިން ކިހިނެއް ގޮސް ޖަލަށް ލާނީ ދޯ؟
އަހްމަދުު
16 December 2025
1. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރާނެ 2. މާގިނަ ދުވަހެއްނުވެ ޕީއެންސީ އަށް ސޮއިކުރާނެ. ވައްލާހު އައުލަމް. ބަލަން ތިބެމާ
އަސް
16 December 2025
ސަރުކާރުގެ ކުންފުނި ނުވަތަ މުއައްސަސާއެއް ދަވާލީމަ އެއްވެސް ފިޔަވަޅެއް ނޭޅޭ ޤައުމެއްގެ ހާލަތު އޮންނާނެ ގޮތް މި ފެންނަނީ ދިވެހިރާއްޖެ އިން. މިއަށްވުރެ ޖަންގަލީގެ ޤާނޫނެވެސް މާރަގަޅުވާނެ.
ޱރ ގޭސް
16 December 2025
ވަރަށް ރަންގަޅައް ރާވައިގެން ކުޅޭކުޅިގަނޱެއްމީ ހަމައެއްވެސް ކަމެއް ނުވާނެ މިސޮރައް ދައުރުގެ ބާކީބއައި ދުއްވާލާނެ މިކަމުގަ މިވެރިކަން ދެވަނަ ދައުރަކަށް އިއާދަ ނުވެއްޖެނަމަ މިސޮރު އަނެއްކާ ބައިވެރިންކައިރިއަށް ޱުބާއީ އަށް ބަދަލުވާނެ ކަމީ ޝައްކެއްއޮތްކަމެއްނޫން. މިހާރުވެސް ޱުބާއީ ގަ ބަނޱަހަޖަހައިގެން އެބަތިބި މީނަގެ ބައިވެރިން. އަރަމެންގެ ލޯތަކަށް މިހެޔޮވަރުކުރަނީ ޒީރޯ ޓޮލަރެންސްގެ ލެންސްތައް.
މިިސްކކ
16 December 2025
މަހީކުރީ ރައީސް މައުމޫން ކަމަށް
މހއމ
16 December 2025
ސޭމް ހިއަރ ބްރޯ
ޑރ ވާންޗޯ
16 December 2025
އިސްތިއުނާފުވެސްމީ ވަކިބަޔަކަށް ހިތައްއެރި ގޮތަކަށް ކުރެވޭކަމެއްތަ؟.
މަޢުމޫން
16 December 2025
2013 ގެ ރިޔާސީ ކެމްޕެއިންގައި އުޅުނުއިރު ކިރިޔާ ދުވެލާވަރުގެ ވޭވް110 އެއްގަ އުޅުނު ސޮރެއް، ވެރިކަން ނިމުނުއިރު ފްލެޓާ، މޮޅެތި ސައިކަލާ، ކާރާ..... ޖަލުގަ ބާއްވާ!!