ހުޅުމާލޭގައި ގާއިމުކުރި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރު.
19 ޑިސެމްބަރ 2025 - 10:57
ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް އެ ސަރަހައްދުގައި ގާއިމުކޮށްފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ ސެންޓަރު ހުންނަނީ ވިނަރެސް ޓަވަރު 9 ގަ އެވެ.
މުޅި ހުޅުމާލޭގައި ހިނގަމުން އަންނަ ކަންކަން މި ސެންޓަރުން ފެންނާނެ އެވެ.
ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް އެޗްޑީސީން މި ހަފުތާގައި ތައާރަފުކޮށްފައިވާއިރު މި ސެންޓަރު ބަލަހައްޓާނީ އެ މުވައްޒަފުންނެވެ.
އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މިހާރު ވެސް އެތަނުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބާލިދީ
19 December 2025
ހެޔޮނުވާނެ މޮނިޓަރުތަށް އައި ލެވެލްއަށް ތިރިކޮއްބަލަ. މިހާރު އެހުރިވަރުން އެކުދިން ޑިޔުޓީ ނިންމާފަ ގެޔަށްދާއިރު ކަނދުރާ އަތަށްލައިގެން ދާން ޖެހޭނީ.
ބުއްސު
19 December 2025
މިހާރު އޭއައި ބޭނުން ކޮށްގެން ކުރެވޭކަމެއް އެތައްބަޔަކަށް ލާރިގަނޑެއް ދީގެން ކޮންކަމެއް؟
ހޮޓްކިންގ
19 December 2025
ކޮންމެ ސެންޓަރެއްހުއްޓަސް ބެލިއްޔާތާ. މުޅިމާލޭގަވެސް ކެމެރާ. ބޮޑުމުސާރަދީފާ ޒިންމާވެސް ބޮޑު. އެކަމަކު އެތާނިދާފާތިބެންޏާ އަދި ތިބޭ ދެޖިންސުގެމީހުން ސަކަރާތުގާ ތިބޭވަގުތު ހިނގާކަމެއް ފެންނާނެތަ؟
ޡޕޗނ
19 December 2025
ސެންޓަރގަވެސް ފާހަނަ އެތެރެ ނޫން ހުރިހާތަނެއްގަ ހަރުކުރަންވީ
ހޭޅި
19 December 2025
ސުވާލަކީ ތިއިން ކެމެރާއެއް މަސައްކަތް ކުރޭހޭ. ހިޔާ ޓަވަރުތަކުގަވެސް ބައިވަރު ކެމެރާތައް ހުރޭ. އެކަމަކު އެތަނުގަ މަސްތުވާ ތަކެތީގެ ކެފޭއެއް ހަދިއިން މީހުން ގެންގޮސް ރަހީނު ކުރިއިރު ވެސް ހިލަމެއްވި ވެސްނުވި
ވަހީދު
19 December 2025
ކެމެރާ ހަރުކުރިއަކަސް ހަމައެކަނި ނުވާނެ، ތަންފީޒީ ދާއިރާތަށް އޮތީ ފެއިލްވެފަ... އެކަން ރަނގަޅުކޮށްގެން އެހެންކަމެއް މިޤައުމުގަ ވާނީ.....
ކަލިނާ
19 December 2025
އޯކޭ. ކަންތަންވާންޖެހޭ ގޮތުގެ ދިމާ އިދިކޮޅަށް. ދެން އޯކޭ ދައުލަތުގެ ބޮޑެތި މުއައްސަސާތަކާ ބޮޑެތި މުސާރަތަށް ކުޑަކޮށް ހަރަދުކުޑަކުރެވިދާނެ ގޮތްތަށް އެބަހުރި. އެޗްޑީސީ ކުންފުނިން ތިކަން ތަށް ކުރެވެންޔާ
ޱރ ދުރުމި
19 December 2025
ވިއަފާރިތަކުގެ ޤަވާއިދު ބަދަލުކުރަންވީ ކުޱަސް ބޮޱަސް ހުރިހާތަނެއްގަ ވެސް ކެމެރާ ހަރުކުރުން ލާޒިމް ކުރަންވީ އޭގެ ފަހުން މަގުތަކާއި ޕާކުތަކުގަވެސް ކެމެރާ ހަރުކުރަންވީ. ސީއައިޱީ ޕޮލިހުން އިތުރުކުރަންވީބޮޱުތަނުން. އަހަރުދުވަސް ނުވަނީސް ނަތީޖާ ފެންނަން ފަށާނެ. ޕެސެންޖަރުން އުފުލާ ބޯޓް ތަކާއި ލޯންޗް ތަކުގަވެސް ކެމެރާ ހަރުކުރުން ލާޒިމް ކުރަންވީ އަވަހައް.