ހިޔާގެ ޓަވަރެއްގެ މަތީގައި ސީސީޓީވީ ކެމެރާއެއް ހަރުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
18 ޑިސެމްބަރ 2025 - 15:34
ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި ކެމެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ،" އެޗްޑީސީން ބުންޏެވެ.
ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް، އެޗްޑީސީން ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން.
— Housing Development Corporation (@hdcmaldives) December 18, 2025
މި ކެމެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓަރކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ.#withHDC… pic.twitter.com/sEdbbIYaxs
މިފަހަރު ސީސީޓީވީ ކެމެރާ ހަރުކުރަނީ ހިޔާގެ ޓަވަރުތަކުގެ ބޭރުގަ އެވެ.
ހިޔާގެ ޓަވަރުތަކުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި މިހާރު ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ވެސް އެޗްޑީސީން މި ހަފުތާގައި ވަނީ ތައާރަފުކޮށްފަ އެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފްލެޓުގެ 16 ޓަވަރު ހުޅުމާލެ 2 ގައި ހުރެ އެވެ. އެޗްޑީސީން އަންނަނީ އެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަގަތްފާނު
18 December 2025
ހިޔާ ޓަވަރުތަކުގައި ހުރިހާ އެޕާޓުމަންޓުތަކުގެ ދޮރުކުރިމަތި ފެންނަގޮތަށް ކެމެރާޖަހާފަ އެފީޑު ސަރުކާރު ފުލުހުންނަށްދީފަ ހުންނަކަމަށްވަނީ. ރާއްޖޭ ރަށަކަށް ބަލަންޏާ ކޮންމެ ގެއެއްގެ ދޮރުކުރިމަތީ ކެމެރާ ޖަހައިގެން ސަރުކާރުން ލައިވްކޮށް ބަލަބަލާތިބުމާ ކޮބާ ތަފާތަކީ. މިއީ ނޯތުކޮރެއާތޯ.
އަރާމަގުދޮންކަމަނަގެބިޓު
18 December 2025
ސިފައިން، ފުލުހުން ނެތިގެން، ކެމެރާނެތިގެން ގާނޫނުގެ ލިޔުންގަޑު ކުޑަކަމުން ނުވަތަ ކޯޓުތައްނެތިގެން ބާ އަމުނުއަމާންކަން ގެއްލި މަތަނުކުރެވިގެން މިއުޅެނީ. މާލޭގައި ދާދިފަހުން ދަންނަބޭކަލަކު މަރާލައިގެން ގެންގޮސް ގޭ ސިޑިދަށަށް އެއްްލާލީ، އެމަގާއި އެގޭ ހުރީ ތިބުނާ ސީސީސީސީސީ ކެމެރާތައް އެންމެގިނަ އެއްހިސާބުގައޭ ބުންޏަކަސް ދޮގަކަށްނުވާނެ. ނައިބޮލިމަސް ތޯއްޗެއް އެއްވެސް ކެމެރާއެއް އެރޭ އެވަގުތު މަސައްކަތް ކުރިކަމަކަށް ނުވި..!
ޓަފްސީލު
18 December 2025
މިހާރުވެސް ކެމަރާ ނެތީކީނޫން، އެޗްޑީސީގެ އިހުމާލުން ކެމަޜާތައް ހަލާކުކޮށްލަން، ދޫކޮށްލީ، ސެކިއުރިޓީ ބަލަހައްޓަނީ ނަމަކަށް، ބޮޑު ހަރަދެއްކޮށްގެން
ބެއްޔާ
18 December 2025
ހިޔާޓަވަރުތަކުގައި ހަރުކުރި އެއްވެސް ސީސީ ޓީވީ ކެމެރާއަކުން ހިފޭ ބޭނުމެއް ބެއްޔާއަކަށް ހަމަ އެއްގޮތަކަށްވެސް ނޭގެއެވެ. ހަމަ ޔަގީނުންވެސް އެއްކަމެއް އެގެއެވެ. ހަރުކުރި ބައެއް ކެމެރާ މިހާރުނެތްކަން ޔަގީނެވެ. ހުރިކެމެރާތަކުން އެއްވެސް ވީޑިއޯއެއް ރެކޯޑްވާކަމެއް ނޭގެއެވެ. އެގޭނަމަ ތަންތާގަ ކުނިބަހައްޓާމީހުން ހޯދާފަ އެމީހުންލައްވާ އެތަކެތި ނެގެންޖެހޭނެދޯއެވެ.
ރަށްއިތުމީހާ
18 December 2025
ރައީސް އަށްނާތި ތި ހުރިހާ ކަމެއް ތި ކުރަނި. ހިޔާޓަވަރތައް ކައިރިއާއި ވިނަރެސް ކައިރީ ސެކިއުރިޓީ ވެސް މިއޮށް ހުރިހާ ދުވަހު މީހަކު ނުހުރެ އެކަމް މިއަދު ވިނެރެސް ކޮންމެ ޓަވަރެއް ކައިރީ ސެކުރިޓީ އެއް މި ބަހަށްޓަނި.. ޖޯކު ދޯ.
ކޮރަލް
18 December 2025
ކެމެރާ ގިނަޔަސް އާއްމުންގެ ގެއަކުން ވައްކަން ކުރީމަ ފްޓޭޖް އެއް ނުލިބެ އެވެ . ފްޓޭޖް އަވަހަށް ދޭން ވާނެ އެވެ . ފްޓޭޖް ހޯދަން ރިކުއެސްޓް ކުރެވޭނެ ގޮތެއްވެސް އޮންނަން ވާނެ އެވެ . ޓަވަރު ތަކުގަ އެތައް ހާސް ކެމެރާ އެވަ ހުއްޓެވެ . މާލޭގަ ހާހެއް ހުންނާނެ ހެން ހިއެއް ނުވެ އެވެ .
ސަލްމާން
18 December 2025
މެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންނެއް ނުދާނެ ސަބަބަކީ އެޗްޑީސީ އެއްވެސް ފިޔަވަޅެއް އެޅޭވަރުގެ މީހަކު ތިފްލެޓް ސަރހައްދުގައި ނޫޅޭ. މިހާރުވެސް ތިބޭ ސެކިއރުރިޓީން ނަކީ ބޭނުމެއްނެތް މުސާރަދީފައި ތިބޭ ބަޔެއް . ހަމައެކަނީ ކުނިކަހަނީ ފްލެޓްތަކުގެ ސަރހައްދުގައި. ބީޗް ސަރހައްދު ބަލާބަޔަކުނެތް. ފިޔަވަޅު އަޅާ ބަޔަކުނެތި ތިސަރހައްދުގެ ކަންކަން ރަގަޅެއްނުވާނެ.