ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަން: ސްޓައިޕެންޑް ނުލިބުމުގެ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށް މިނިސްޓްރީން ބުނި. -- ފޮޓޯ: މިހާރު
24 ޑިސެމްބަރ 2025 - 13:09
ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ސްޓައިޕެންޑް ނުލިބިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އޮސްޓްރޭލިއާގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ސުވާލު ކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމުން މިނިސްޓްރީން އެކަން ވަރަށް ގާތުން ބެލި ކަމަށެވެ.
ނަމަވެސް އެ ގައުމުގައި އަދި އެ ނޫން ވެސް ގައުމެއްގައި ކިޔަވާ ދިވެހި ދަރިވަރަކަށް މިހާތަނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޓައިޕެންޑް ނުލިބޭ އެއްވެސް ދަރިވަރަކު ހުރިތޯ މިނިސްޓްރީން އަދިވެސް ބަލާނެ އެވެ.
ސަރުކާރުގެ ސްކޮލާޝިޕާއި ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ފައިސާގެ ވަކި އަދަދެއް ހަމަޖައްސައިދެ އެވެ. އެއީ ދަރިވަރުންގެ ކެއުމާއި ޓިއުޝަން ފީ ފަދަ ކަންކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
24 December 2025
ޔޫކޭ، ސްޕޭން، އާއި އޮސްޓްރޭލިއާގެ ސްކޮލަރޝިޕް ގައި އުޅޭ ކުދިންނަށް ހަރަދު އިތުރަށްދޭކަށް ނުޖެހޭ. އެހެން އޮންނަނީ. މިއީ އެމްޑީޕީގެ ވެސް ގަވައިދު
އަލީ މޫސް
24 December 2025
ސްޓައިޕެންޑޭ؟ ކޮޔާ އެކޯއްޗެއް؟
އަފްރާސިޔާބު
24 December 2025
މެއިލް ފޮނުވިއަސް ސްޓައިޕަންޑް ނުލިބިގެން ކުރާ ޝަކުވާއެކޭ ނުލިޔަންޏާ ޝަކުވާ އެއްކަމަށް ނުބެލޭނެތާ؟ ކުދިން ފޮނުވަނީ ސްޓައިޕަންޑް ނުލިބި ލަސްވާ ސަބަބެއް ހޯދަން. އެއްގޮތަކަށްވެސް ސްޓައިޕަންޓް ނުލިބިގެން އެ ހޯދާކަށް ޝަކުވާއެއް ނުކުރޭ.
ބައްޔާ
24 December 2025
ހުސްދޮގު. ތިވަރަށްދޮގުތިހަދަނީ ކާކަށްއޮޅުވާލަންތަ. ރައީސްގެ ހާއްސަސުކޯލަސިޕު ލިބުނުކުއްޖަކު މެލޭސިޔާއަށް ފޮނުވައިގެން އަމިއްލަޖީބުން މިހަރަދުކުރަނީ. ތިތަނުންއެއްވެސްލާރިއެއްނުލިބޭ. މީދޮގެކޭބުނަންކެރޭނެތަ.
އަލިދީދީ
24 December 2025
ކުދިން ކުރާ އީމެއިލްތަކާއި މެސެޖުތައް ނުބަލާ ބަޔަކު ދައްކާނީ ތިކަހަލަ ވާހަކަ. ދަރިވަރުންނަށް އޮޅުވާލުމާއި ދޮގުހެދުން ފިޔަވާ އިތުރު ކަމެއް ތިޔަ މިނިސްޓްރީއަކުން ނުކުރޭ.
ލަންޑަން ކުއްޖާ
24 December 2025
މީހަކަށް މިވަރަށްދެން ދޮގުހެދޭނީ….
އުއްތަމަ އުސްތާޛް
24 December 2025
ހައިދަރަކީ މުއިއްޒަށް އޮތް ލައިބިލިޓީއެއް ކަން ވިސްނި ވަޑައިގަންނަވާނީ ކޮންއިރަކުން ؟
އިބްރޭ ބިން އަބްޅޯ
24 December 2025
މިހާރު ނިއުސް އިން އެމްއޯއެޗްއީގަ ދަންނަވާލަ ދެއްވާ މެއިލްތައް ޗެކް ކޮށްލައްވަން، ސްކޯލަރޝިޕް ސެކްޝަނާއި ހެލްޕްޑެސްކްގެ މެއިލް... އޭރަށް ފެންނާނެ ޝަކުވާ.. މި ސަރުކަރުން މުޅިންވެސް ކުރަނީ ފައިސާއާއި ނުލާކުރެވޭ ކަންކަން... މާފުކުރުން، ބިންގާ އެޅުން، ލުއިދިނުން... ބިނގާއަޅާ ސިމެންތު ކޮޅަށްވެސް ފަިއސާ ނުދައްކާ ....
އެމްސް
24 December 2025
ޖަވާުބުވެސް ނުދީ އެތައް އަހަރެއްވެފަވީ އޭމެއިލްވެސް ހުންނާނެއެވެ!
ާއުނިމާ
24 December 2025
އެއްބަސް ވާނެތަ ؟
ލާމަސީލު
24 December 2025
މެލޭޝިޔާގަ ކިޔަވާކުދިންގެ ފައިސާނުދައްކައިގެން ރިޒާލްޓް ހިފެހެއްޓި. ތިތަނަށް ގުޅީމާ އެކަމެއްނުވޭ. އެކަމުވެސް ތިބުނަނީ މައްސަލައެއް ނެތޯ. ތިތާ އުޅޭމީހުން މިނިސްޓަރަށް އެވާހަކަ ނުބުނާނަމަ ނެނގޭނެތާ ދޯ. ދެރަކަންކަން.
އެމްސް
24 December 2025
އެތަން ކުރިނާރާ 1 ސަބަބަކަށް ސީދާ ލޯނާއިބެހޭ ބޮޑުމީހާ ހިމެނެއެވެ!